ނައުޓިލަސް މޯލްޑިވްސް އިން ރިމޯޓްކޮށް މަސައްކަތްކުރެވޭ ގޮތަށް ތިން ލައްކަ އަށް ވުރެ ގިނަ ރުފިޔާގެ "ވޯކް ސްޓޭޝަން" ޕެކޭޖެއް ތައާރަފްކޮށްފިއެވެ. މިއީ ރާއްޖެ އަންނަ ފަތުރުވެރިންނަށް މިފަދަ ހިދުމަތެއް ދިނުމަށް ރިސޯޓެއްގައި ގާއިމް ކުރި ފުރަތަމަ ޕެކޭޖެވެ.
މި މަހު ހުޅުވި ނައުޓިލަސް މޯލްޑިވްސްގެ މި ޕެކޭޖްގެ ދަށުން ހިތްގައިމު މޫދާ ވަރަށް ކައިރީގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބޭނެއެވެ. ފޮޓޯ އިން ފެންނަ ގޮތުގައި މޭޒަކާއި ގޮނޑިއަކާ އެކުގައި ލެޕްޓޮޕެއް ވެސް މޭޒު މަތީގައި ބައިންދާފައި އިނދެއެވެ. އެ ރިސޯޓުން ބުނި ގޮތުގައި އެތަނުގައި އިނދެގެން މަސައްކަތް ކުރަމުން އަންނަ މީހުންނަށް "ލޯންޑްރީ ސާވިސް" އަދި "ރިފްރެޝްމަންޓް ސާވިސް" ވެސް ލިބޭނެއެވެ.
މި ތަނުގައި ވަގުތު ހޭދަކޮށްލަން ބޭނުންވާ މީހުންނަށް އެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށް ނައުޓިލަސް މޯލްޑިވްސް އިން ބުނެއެވެ. އެގޮތުން ދެ މީހަކު އެ ތަނުގައި ހަފްތާއެއް ވަންދެން މަޑުކޮށްލާ ނަމަ، 23،250 ޑޮލަރު (358،515ރ.) ހަރަދު ކުރަން ޖެހޭނެއެވެ. އަދި ދެ ތިން ހަފްތާއަށް އެގޮތަށް މަސައްކަތްކުރާ ނަމަ 52،000 (801،840ރ.) ދައްކަން ޖެހޭނެއެވެ.
އެހެންވެ، މިއީ ރާއްޖެ އަށް އަންނަ ބޮޑެތި މަހުޖަނުންނަށް ހާއްސަކޮށްގެން ތައާރަފްކޮށްފައިވާ ޕެކޭޖެއް ކަމަށް ބެލެވެއެވެ.
ނައުޓިލަސް މޯލްޑިވްސްއާ ހަވާލާދީ ސީއެންއެން އިން ބުނީ އެ ވޯކްސްޓޭޝަން ޕެކޭޖްގެ ދަށުން މަަސައްކަތް ކުރާ މީހުންނަށް ފުރިހަމަ "ޕްރައިވަސީ"ގައި އެ ރިސޯޓްގެ ޕްރައިވެޓް ރަށުގައި އުޅުމުގެ ފުރުސަތު ދޭނެ ކަމަށެވެ. އޭގެ އިތުރުން ޔޯގާއާއި މެޑިޓޭޝަނާއި ލަގްޒަރީ ޔޮޓެއްގައި ޑޮލްފިން ކްރޫސްއަކަށް ދިއުމުގެ ފުރުސަތު ދޭނެ ކަމަށް ވެސް ބުނެފައިވެއެވެ.
ކޮވިޑް-19 އަށް ޓެސްޓްކޮށް ނައްސިކަން ޔަގީން ކޮށްފައި ނޫނީ ރާއްޖެ އަށް ފަތުރުވެރިން ނާދެވޭ ގޮތަށް އުސޫލު ވަނީ ބަދަލުކޮށްފައެވެ.
ޓުއަރިޒަމް މިނިސްޓްރީން ވިދާޅުވީ، އެންމެންގެ ރައްކާތެރިކަަމަށްޓަކައި، ސެޕްޓެމްބަރު 10 ވަނަ ދުވަހުން ފެށިގެން ރާއްޖެ އަންނަ ފަތުރުވެރިން އަންނައިރު، ކޮވިޑް-19 އަށް ނައްސިވެފައިވާކަން އަންގައިދޭ ޕީސީއާރް ޓެސްޓުގެ ނަތީޖާ ދައްކަން ޖެހޭނެ ކަމަށެވެ. އަދި އެ ޓެސްޓު ވާން ޖެހޭނީ ރާއްޖެ އަންނަން ފުރުމުގެ އެންމެ ގިނަވެގެން 72 ގަޑިއިރު ތެރޭ ހަދާފައިވާ ޓެސްޓަކަށް ކަމަށް އެ މިނިސްޓްރީން ވިދާޅުވިއެވެ.
ފަތުރުވެރިންގެ މެދުގައި މަގުބޫލް ބާބެޑޮސް އަދި ބާމިއުޑާ ފަދަ ތަންތަނުން ވެސް މިހާރު ދަނީ ފަތުރުވެރިން ރިމޯޓްކޮށް މަސައްކަތް ކުރުމަށް ރިމޯޓް ވޯކް ވިސާ އަހަރަކަށް ދެމުންނެވެ. އަދި އެމެރިކާގެ ބައެއް ހޮޓަލްތަކުގައި ވެސް މަސައްކަތްތެރިންނަށް ހާއްސަ ޕެކޭޖްތަކެއް ދަނީ ތައާރަފް ކުރަމުންނެވެ.
ދުވާލަކު ބޮލަކަށް 1000 ޑޮލަރު ވީމާ ތީކީ ބޮޑަތި މަހުޖަނުންނަށް ހެދި ޕެކޭޖެއް ކަމަކަށް ނުބެލެވޭ.
ބަރަވެލި ސްޕީޑްގެ އިންޓަނެޓް ގަ....ލޮލް
މަށަކަށް ހިއެއްނުވޭ ކިތަންމެބޮޑު މަހުޖަނެއްވިއަސް ބުއްދިހަމަޖެހެންޏާ ލެޕްޓޮޕަކާ ކުޅެން ތިހާ ގިނަ ލާރި ހޭދަކުރާނެހެނެއް. ކުރިއަސް އެއީ އިސްރާފެއްކަންނޭގެ....