ހދ. ކުޅުދުއްފުށިން ކޮވިޑް-19ގެ އިތުރު ވޭދަނަތައް ފެންނަމުން ދާތީ އެރަށުގެ ސްކޫލްތައް ބަންދު ކޮށްފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީ އިން ވިދާޅުވެފައި ވަނީ އެ ސިޓީގެ ސްކޫލްތައް ބަންދު ކޮށްފައި ވަނީ ހަފްތާއެއްގެ މުއްދަތަކަށް ކަމަށެވެ. ނަމަވެސް ގްރޭޑް 10 އާއި 12 ގެ ދަރިވަރުންގެ އިމްތިހާނުތައް ކުރިއަށް ދާނެކަމަށް އެޑިއުކޭޝަނުން ވިދާޅުވިއެވެ.
ކުޅުދުއްފުށިން ފާއިތުވެދިޔަ ދުވަސްތަކުގައި ކޮވިޑް-19 ގެ ވޭދަނަތައް އިތުރުވަމުން އަންނާތީ އެރަށް އަރައި ފޭބުން މަނާކޮށް ރޭ ވަނީ މޮނީޓަރިންގެ ހާލަތަށްވެސް ގެނެސްފައެވެ. ކުޅުދުއްފުށިން މި ފަހުން ފައްސިވި މީހުންގެ ތެރޭގައި ކުޑަކުދިން ހިމެނޭހެން ޖުމްލަ އެރަށުން މިހާތަނަށް ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު ވަނީ 17 އަށް އިތުރުވެފައެވެ.
ކޮވިޑް-19 އަށް ކުޅުދުއްފުށިން މިފަހުން ފައްސިވި ކުދިންގެ ތެރޭގައި ހިމެނެނީ އުމުރުން 9 އަހަރާއި އުމުރުން 10 އަހަރުގެ ކުއްޖެކެވެ. މި ދެކުދިންގެ އިތުރުން ފައްސިވެފައި ވަނީ އުމުރުން 75 އަހަރުގެ މީހަކާއި 35 އަހަރުގެ މީހެކެވެ.
މި ހަތަރު ފައްސި ވޭދަނަ (ކޭސް) އަކީ ތިލަދުންމަތީގެ ފުލުހުންގެ އިހާ (ކްލަސްޓާ) އާއި ގުޅުން އޮތް ވޭދަނަ ތަކެކެވެ. މިއީ ބުރާސްފަތި ދުވަހު އެރަށުން ފައްސިވި ދެ ފުލުހުންގެ ކޮންޓެކްޓުންގެ ތެރޭގައި ހިމެނޭ ހަތަރު މީހެކެވެ.
މިއީ ރޭވުންތެރި ކަމާއެކު ދައުލަތުގެ މުއައްސަސާ އަކުން ހިންގި ބޮޑު ޖަރީމާ އެއް ފުލުހުންގެ ވެރިންނާ ހޯމް މިނިސްޓަރު މި ކަމުގެ ޒިންމާ ނަގަންވާނެ މި ތިލަދުން މަތިން ކަލޭމެން ނަށް މައާފެއް ނެތް
ކޮޗިންފެރީ އަންނާތީ މައިސަރުކާރުގެ އެންގުމައް ކުޅުދުއްފުށި ހޮސްޕިޓަލުން އަޅަމުންދިޔަ ހަރުދަނާ ފިޔަވަޅުތައް އުވާލީ މައިސަރުކާރުން އަތްބާނައިގެން ޔާސިރުމެން ރަށައް އެރީ ކަރަންޓީނުވުމެއްނެތި މާލެއިންދިޔަ ފުލުހުން ކުއްތާ ހިފައިގެން ރަށައް އެރީ މުޒާހަރާ ރޫޅާލުމާ މަސްތުވާ ތަކެތި އަތުލުމުގެ ނަމުގަ މައިސަރުކާރުން މިކަމުގެ ޒިންމާ ފުރިހަމަޔައް ނަގަންޖެހޭ މީސަރުކާރުގެ އިހުމާލު މިރަށައްގަސްތުގަދިން އަނިޔާ
ސުބް