އަނިޔާވެރި ގޮތަކަށް މަަރާލާފައިވާ ރ. މީދޫ، ފެންފިޔާޒުގެ މުހައްމަދު އަނަސް އަށް ހަމަލާ ދިން ދުވަހުގެ ރޭ އޭޑީކޭ ހޮސްޕިޓަލަށް ފަރުވާ އަށް ގެނައި އިރު ފުރާނަ ގެއްލޭ ފަދަ 24 ޒަހަމެއް ފެނުނު ކަމަށާއި އަނަސްގެ ނޭވާ ވެސް ނެތް ކަމަށް އޭނާ ބެއްލެވި ޑޮކްޓަރު ވިދާޅުވެއްޖެއެވެ.
އަނަސްގެ މަރުގެ މައްސަލާގައި ކްރިމިނަލް ކޯޓުގައި މިއަދު ކުރިއަށް ގެންދިޔަ ޝަރީއަތުގެ އަޑުއެހުމުގައި އޮތީ ސިއްރު ނޫން ހެކިވެރިންގެ ހެކި ބަސް ނެގުމެވެ. އެގޮތުން ހެކި ބަސް ދީފައިވަނީ އަނަސް ހޮސްޕިޓަލަށް ގެންގޮސް ބެއްލެވި އޭޑީކޭގެ އޮޕަރޭޝަން ޑޮކްޓަރ އިބްރާހިމް މުއުމިނެވެ.
އޮންލައިންކޮށް ކުރިއަށް ގެންދިޔަ އެ އަޑުއެހުމުގައި ޑޮކްޓަރު އިބްރާހިމް މުއުމިން ވިދާޅުވި ގޮތުގައި އަނަސް ހޮސްޕިޓަލަށް ގެނައި އިރު އޮތީ މަރުވެފައެވެ. ހަށިގަނޑާއި މަސްކޮޅުގައި އެއްވެސް ހަރަކާތެއް ނެތް ކަމަށާއި ނޭވާގެ ވިންދު ވެސް ނުހިނގާ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެއިތުރުން ފުރާނައަށް ނުރައްކާވާ ގޮތަށް އެތައް ޒަހަމްތަކެއް ހުރި ކަމަށް ޑޮކްޓަރު ވިދާޅުވިއެވެ. އެގޮތުން ކަރާއި މޭމައްޗަށް ދީފައިވާ ހަމަލާގެ އިތުރުން ހަށިގަނޑުގެ 24 ތަނަކަށް އަނިޔާވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ދައުލަތުންނާއި ދިފާއުގެ ފަރާތުން އަމާޒު ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން ޑޮކްޓަރު ވިދާޅުވީ އަނަސް މަރުވި ކަމަށް ބޮޑަށް ބެލެވެނީ ހަށިގަނޑަށް ލިބުނު އަނިޔާތަކުގެ ސަބަބުން ލޭ މަދުވުމުން ކަމަށެވެ.
އެކަމަކު އޮޓޮޕްސީ ގެންދިއުމަކީ އޭޑީކޭގައި އޮންނަ އުސޫލެއް ނޫން ކަން ފާހަގަ ކުރައްވައި ޑޮކްޓަރު ވިދާޅުވީ މަރުވި ސީދާ ސަބަބު ދެނެގަތުމަށް ޖެހޭނީ ފޮރެންސިކް ތަހުލީލެއް ކުރަން ކަމަށެވެ.
މިއަދުގެ އަޑުއެހުމުގައި ދައުވާ އުފުލޭ ހަތް މީހުންގެ ތެރޭޭގައި ހިމެނޭ ލ. ގަމު، ތުނޑީ، ނަންނާރިގެ ޖުނައިހު އަބްދުﷲ އަށް ބޭނުންވާ ބޭސްފަރުވާ ނުލިބޭ ކަމުގެ ޝަކުވާާ އުފުލިއެވެ. އެހެންކަމުން އެ ކަން ކަށަވަރު ކުރަން މައްސަލަ ބެއްލެވި ގާޒީ އެންގެވިއެވެ.
ޑޮކްޓަރގެ ހެކި ބަސް ނަގައި ދިފާއުގެ ފަރާތުން ފާހަގަކުރަން ޖެހޭ ކަންކަން ފާހަގަކުރުމަށް ފަހު މިއަދުގެ އަޑުއެހުންް ނިންމާލިއެވެ. ދެން އަޑުއެހުމެއް އޮންނާނީ އަންނަ މަހުގެ ފަސްވަނަ ދުވަހު ކަމަށް ގާޒީ އިއުލާން ކުރެއްވިއެވެ. އަދި އެ އަޑުއެހުމުގައި އިތުރު ހެކިވެރިންނަށް ފުރުސަތު ދޭނެ ކަމަށް ގާޒީ ވިދާޅުވިއެވެ.
އަނަސް އަށް ހަމަލާދީ މަރާލާފައިވަނީ 2017 ވަނަ އަހަރުގެ ޖުލައި މަހުގެ 31 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ލިޓަސް ސާވިސް ސެންޓަރު ތެރޭގައެވެ.
މި މައްސަލާގައި ހަތް މީހެއްގެ މައްޗަށް ދައުވާ އުފުލާފައިވެއެވެ. އެއީ ދަފްތަރު ނަމްބަރު 1746 ސިމާހު މޫސާ އާއި ސ. ފޭދޫ ވެސްޓަންވިލާ ހަސަން މަހްފޫޒް އާއި ތ. ކިނބިދޫ ގުލްފާމުގޭ މުހައްމަދު ޝާޒް އާއި ލ. ގަން ތުނޑީ، ނަންނާރިގެ ޖުނައިހު އަބްދުﷲ އާއި މ. ދިމިޝްގު އުސްމާން ޝަރީފާއި ޅ. ކުރެންދޫ އަސުރުމާގޭ އަހުމަދު ޒަޔާނާއި ގ. ލޮނުމިދިލިގޭ އަފްރާހު އަބްދުލް ރައްޒާގަށެވެ.
މި ހަތް މީހުންގެ ތެރެއިން ސިމާހު މޫސާއާއި، ހަސަން މަހްފޫޒާއި، މުހައްމަދު ޝާޒް، އަދި ޖުނައިހު އަބްދުﷲ ގެ މައްޗަށް އުފުލާފައިވަނީ ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާއެވެ. އެއީ އަނަސް، ސައިކަލެއް މަތީ އިންދާ އޭނާއަށް ހަމަލާ ދިން މީހުންނަށް އެހީވެ ސައިކަލް ދުއްވަން ތިބީމައެވެ. މި ކުށް ސާބިތުވެއްޖެނަމަ 15 އަހަރާއި 25 އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަންނާނެއެވެ.
އުސްމާން ޝަރީފާއި، އަހުމަދު ޒަޔާނާއި، އަފްރާހު އަބްދުއްރައްޒާގްގެ މައްޗަށް އުފުލާފައިވަނީ، ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާއެވެ. އެއީ ލިޓަސް ސާވިސް ސެންޓަރު ތެރެއަށް އަނަސް ދުވެފައި ވަދުމުން އޭނާގެ ފަހަތުން ވަޅިތަކެއް ހިފައިގެން އެތަނަށް ވަދެ، ވަޅިން އޭނާއަށް ހަމަލާދީ މަރާލާފައިވާތީއެވެ. ކުށް ސާބިތުވާނަމަ އަންނަނީ މަރުގެ ހުކުމެވެ.
އަނަސް މަރާލުމުގައި ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ މި ހަތް މީހުން ވެސް ދައުލަތުން އުފުލާފައިވާ ދައުވާތަކަށް އިންކާރު ކުރެއެވެ.
މަރުވި ގޮތް ނޭގިގެން ކާކުތަ އުޅެނީ؟؟ ކޮށް ލެ އެއް މަދުވެގެނެތް ނޭވާ ނުލައިގެނެން ފޮރެއްސިކެއް ޑީ އެން އޭ އެއް ކިޔާކަށްތަ. މަރުވީ ވަޅި ޖަައިގެން ކަން ނޭގޭތަ؟؟
"އިންކާރުކުރެއެވެ" މި މީހުންގެ ވަކީލުން ހަނދާންނެތީބާ އަދި ދުވަހެއް އޮތްކަން..ކުރެވުނީ މާފު ނުދެވޭފަދަ ކުށެއް..އެވަރުންވެސް އެމައްޗަށް ބޮޑެތި ދޮގު....
އަނަސް މަރާލުމުގައި ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ މި ހަތް މީހުން ވެސް ދައުލަތުން އުފުލާފައިވާ ދައުވާތަކަށް އިންކާރު ކުރެއެވެ. މި ދުނޭގަ އިންކާރުކޮއް ދޮގުހަދައިގެންވެސް ސަލާމަތް ވެވިދާނެ އެކަމަކު ﷲ ގެ ދަރުބާރުގައި ކުރެވޭނެ ކަމެއްނޯންނާނެ. ދެންވެސް ތައުބާވެ ﷲ ހުކުމުގެތެރެއަށް ވަދޭ .
އަނަސް މަރާލުމުގައި ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ މި ހަތް މީހުން ވެސް ދައުލަތުން އުފުލާފައިވާ ދައުވާތަކަށް އިންކާރު ކުރެއެވެ. މި ދުނޭގަ އިންކާރުކޮއް ދޮގުހަދައިގެންވެސް ސަލާމަތް ވެވިދާނެ އެކަމަކު ﷲ ގެ ދަރުބާރުގައި ކުރެވޭނެ ކަމެއްނޯންނާނެ. ދެންވެސް ތައުބާވެ ﷲ ހުކުމުގެތެރެއަށް ވަދޭ .
ތިޔަ އެންމެން މިނިވަން ކުރާނަން.
ހަތަރު އަހަރުވީއިރު އަދި މައްސަލަ ކުރިޔަށް ދިޔަ ހިސާބަކީ މީތޯ؟ ވީޑޯ ބެލީމަ ވަގަތުން އެނގޭ ގަސްދުގައި މަރާލިކަން. ދެންއިތުރަށް ޑޮކްޓަރު ގެނައީ އަނަސް މަރުވިތޯ ބަލަންތަ؟ އަނަސްގެ ފުރާނަނެތް ހަށިގަނޑު ވަޅުލިކަން ހަނދާންނެތުނީތޯ؟ ވަގުތުން މަންޒަރު ފެނުނު މީހުންގެ ހެކިބަސް ނަގާ ވީޑިއޯ އަދި ފޮރެންސިކް ހެކިތައް ބަލާ އެއްދުވަހުން ވެސް ނިިންމޭނެ މައްސަލަތައް ލަސްވަންޏާ މިރާއްޖޭ އަދުލުގެ ނިޒާމެއް އޮތުމުގެ އެއްވެސް ބޭނުމެއްނެތް.
ބޭސްފަރު ނުލިބުނަސް ބަރާބަރައް ފޯނުންގުޅާ މޯބައިލް ފޯނުން އެމީހުންބޭނުން ވަގުތަކު ގުޅާ އަނިޔާވެރިން ނަށް ބާރުއޮވޭ.
ކީއްވެހޭ އިންސާފުލަސްވަނީ.
އިންކާރު ކޮއް އެބައިމީހުން ނުކުމެއްޖެނަމަ ދެން އިންސާފު ހޯދަން ޖެހޭނެ އެހެންގޮތެއް ހޯދަންޖެހޭ.