މިނިސްޓަރ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޯލޮޖީ މުހައްމަދު މަލީހް ޖަމާލަށް އިތުބާރުނެތީ ޓެލެކޮމިއުނިކޭޝަންގެ ޤާނޫނުގެ ދަށުން ކޮމިއުނިކޭޝަންސް އޮތޯރިޓީއިން ހަދަންޖެހޭ އެއްވެސް ޤަވާއިދެއް މަޤާމުގައި ހުންނަވާތާ 2 އަހަރުވީއިރުވެސް މިނިސްޓަރ މުޙައްމަދު މަލީހް ހައްދަވާފައި ނުވުމުން ކަމަށް ވިދާޅުވެ މިނިސްޓަރ މަލީހްގެ އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕަށް ހުށަހެޅުމުން އެމްޑީޕީ މެންބަރުންނަށް "ޤާނޫނު ނޭންގެނީ" ކަމަށް ވިދާޅުވެ މަލީހް އެމްޑީޕީ މެންބަރުންނަށް ރައްދުދެއްވައިފިއެވެ.
މަލީހުގެ މައްޗަށް އިތުބާރުނެތް ކަމަށް ބުނެ އެމްޑީޕީގެ ޕީޖީ ގްރޫޕަށް ދިހަ މެންބަރަކު ސޮއިކޮށް ހުށަހެޅި މައްސަލަ އާއި ގުޅިގެން މަލީހް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ އޭނާގެ މައްޗަށް އިތުބާރުނެތް ކަމަށް ސޮއި ކުރެއްވި މެންބަރުން ހަވާލާދެއްވާފައިވާ ޤާނޫނު އެމެންބަރުން ޝަރަހަ ކުރައްވަނީ ނުބައިކޮށް ކަމަށެވެ.
"އެކަން އިސްލާހް ކޮށްލައްވާ. ތިޔަ މައްސަލަ ވައްދާކަމަށް ވާނަމަ ވައްދާނީ މިނިސްޓަރު ޤާނޫނު އަސާސީގެ 27 ވަނަ މާއްދާ އިން ލިބިދޭ ޙައްޤެއް ޓީވީ ޕްރޮގްރާމެއްގައި ބޭނުން ކޮށްގެން ކަމަށް ލިޔުއްވީމަ ރަނގަޅު ވާނެ." މަލީހް ވިދާޅުވިއެވެ.
މަލީހް އިޝާރާތް ކުރެއްވި ޤާނޫނު އަސާސީގެ 27 ވަނަ މާއްދާއަކީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ކަށަވަރު ކޮށްދޭ މާއްދާއެވެ.
މަލީހްގެ ޓްވީޓްގައި ވަނީ ކޮމިއުނިކޭޝަންސް އޮތޯރިޓީ ހިނގާ ގޮތް އެމްޑީޕީގެ މެންބަރުންނަށް ވިދާޅުވެ ދެއްވުމަށް ޑައިގްރާމަކާއި ލިޔުމެއް ވެސް ހިމަނާފައެވެ. ޤާނޫނު ބުނާ ގޮތުން ކޮމިއުނިކޭޝަން އޮތޯރިޓީ އަކީ ރެގިއުލޭޓަރީ ބޯޑެއްގެ ދަށުން ހިންގަން ޖެހޭ އޮތޯރިޓީއެކެވެ. އެބޯޑުގެ މަޝްވަރާގެ މަތިން އޮތޯރިޓީ ހިންގުމުގައި އިސްކޮށް ހުންނަވާނީ ޗީފް އެގްޒެކެޓިވް އެވެ.
Thiya havaalaadhevifaivaa qaanoonu nubaikoh sharaha thiya kurahvanee. Ekan islaahukohlahvaa. Thiya massala vahdhaa kamah vaanama vahdhanee Minister QA ge 27 vana maahdhaain libidhey hahgeh VTV Prog. ga beynunkohgen kamah liyuhveema rangalhuvaane. CAM hingaa goiy olhunfiluvaa! https://t.co/cfnpdNxIKV pic.twitter.com/SOfxnvwV67
— Mohamed Maleeh Jamal (@maleehjamal) November 16, 2020
އެމްޑީޕީ މެންބަރުންގެ ފާޑުކިޔުން މިހާރު މަލީހަށް އަމާޒުވެފައި ވަނީ މަލީހް "ވީޓީވީ" ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ސަރުކާރުން ހިންގަންވީ ގޮތް މަޖިލިސް މެންބަރުންނަށް ނޭންގޭނެ ކަމަށް ވިދާޅުވުމުންނެވެ.
"ރައްޔިތުންގެ މަޖިލީހަކީ ޤާނޫނު ހަދާ ބާރު. ޤަނޫނު ހައްދަވާ ބޭފުޅުން ޤާނޫނު ހައްދަވާނީ. އެބޭފުޅުން ސަރުކާރު ހިންގެވުމުގެ ކަންކަމުގައި އުޅުއްވާކަށް ނުޖެހޭ. ނަމަވެސް ސަރުކާރަށް ފާރަވެރިވާންޖެހޭ. ނަމަވެސް މިއަދު މަޖިލީހުގެ ބައެއް ބޭފުޅުންނަށް ހީފުޅުވެވަޑައިގެންނަވަނީކަންނޭނގޭ އެބޭފުޅުންނޭ ސަރުކާރު ހިންގަވަނީ. ސަރުކާރު ހިންގަންވީ ސިޔާސަތެއް ރައްޔިތުންގެ މަޖިލީހަށް ކަނޑައެއް ނޭޅޭނެ. އެއީ އެބޭފުޅުންގެ ޒިންމާއެއް ނޫން. ޕީޕީއެމް ސަރުކާރުގައި ޖުޑީޝަރީ ވަރަށް ބާރުގަދަކޮށް އޮތްތަން ފެނުނީ. ސުޕްރީމްކޯޓު މާބާރުގަދަކޮށް ފެނުނީ. މިހާރު އެ ސިފަ މިފެންނަނީ މަޖިލިސް ތެރެއިންވެސް. މިއީ ތިން ބާރު ވަކިވެފައިވާ ނިޒާމެއް ހިންގުމަށް އޮތް ބޮޑު ގޮންޖެހުމެއް." މަލީހް ވިދާޅުވިއެވެ.
މީގެ ކުރިން ވެސް އެމްޑީޕީ އަށް ނިސްބަތްވާ މަޖިލިސް މެންބަރުންގެ ފާޑުކިޔުން އެކިފަހަރުމަތިން މަލީހަށް އަމާޒުވެފައި ވެއެވެ. ގިނަ ފަހަރަށް އެމްޑީޕީ މެންބަރުން މަލީހަށް ފާޑުކިޔާފައި ވަނީ އިންޓަނެޓްގެ އަގުހެޔޮ ނުކުރެވޭތީއެވެ. ނަމަވެސް މަލީހް ތަކުރާރުކޮށް ވިދާޅުވެފައި ވަނީ އިންޓެންޓްގެ އަގު ހެޔޮކުރުމަށް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޯލޮޖީ މިނިސްޓްރީން ކުރަން ޖެހޭ ހުރިހާ ކަމެއް ކޮށްފައިވާ ކަމަށެވެ.
އެބައި މީހުން ދަންނާނީ ވައްކަން ކުރަން... ނުވިތަނަކަށް ޤައުމު ފަސާދަ ކުރަން..
ސާބަހޭ ކޯލިޝަން އޮޅާލާފައި ގާދޫކޮލަށް ސާބަހޭ ދެއުޅިސަރުކާާރު
މޑޕ ގައި ގިނަވާނީ ފަތްކޮޅު ދީގެން ފައްދާފައިތިބި "ރޯނު" އެދުރުންނެވެ ބޮޑުރިޔަލުގައި ވައިއަޅުވާފައި ވައްސިއަ ކުރީމާ ނިމުނީ އެވެ އޮޑި ކޮންމެދިމާލަކަށް ދިއަޔަސް ނުވަތަ ފަރަށް އެރިއަސް ނޭނގޭނެއެވެ. އެތިބީ ހަފޮޅުން އެތެރެ
ވެފައެވެ މަސްބައި ލިބޭނެއެވެ.
ކޯލިސަނާ އެކު އަޅުގަނޑަ މަސައްކަތް ކުރެވޭނެ 2020 ނޮވެންބަރު 11 ގެރި ބޯ
މާބޮޑަށް ޖާހިލު މެމްބަރުންކޮޅެއް.
މި ސަރުކާރެއްވެސް ނު ހިންގޭ މަޖިލީހަކީވެސް ބައިސާ ކަޑާތަނެއް ވާކަމެއް ނެތް.ރައްޔިތުން ތިބީ މާޔޫސް ވެފައި.
ކީކޭ ދެން އަޅެފަހެ ބުނާނީ؟ މަލީހާ އޭނަގެ ކޮއްކޮ އަމީނަކީ ވައިކުޑަ އަޅައިގެން ހުސްވެފަ ހުންނަ މިނިސްޓަރުންގެ މަޤާމަށް ފުންމަށް ނިކަން ފައްކާ ބަޔެއްހެން ހީވަނީ އިނގޭ!
ރީނދޫ ކުލަނުޖެހޭ ނަމަ އިތުބާރެއްނުކުރާނެ. އަންނި ބޭނުން ނުވާ އެންމެން ތިޔަވަޒީރުންގެ މަޖިލީހުން ކޮށްޕާ ނެރޭނެ. ޚާއްސަކޮށް ކޯޅީ ޝަނުގެ މެންބަރުން. ގައުމެއް ނެތް. ޢަދުލެއް އިންސާފެއް ހަމައެއް ލަމައެއްވެސް ލަދެއް ހަޔާތެއްވެސް ހަޖަމުވިޔަސް ނުވިޔަސް މިއީ ހަގީގަތް.
ކަލޭ ދެން އެމީހުންނާއި އެކު މީގެކުރީގައި ކީއްވެގެންބާ އުޅުނީ. ޖަމަލުފޮޑި ވެގެން
ރަގަޅަށް ހިގަހިގާ އޮތް ވެރިކަމެއް އަނިޔާއޭ ކިޔާ ރައްޔަތުން އޮޅުވާލައިގެން ބަދަލު ކުރީމާ ގައުމު ޚަރާބުވަމުންދާ ގޮތަށް ތިއޮތީ މަގާމުވެސް ދޫކޮށްލަން ޖެހިފަ. ކުރުކޮށް ބުނާނަމަ އަތުން ފޭހުނު އިލޮށި ތިއޮތީ ލޮލަށް ހެރިފަ.
މުޅިޔަކުން ދޮގެއްވެސްނޫން!