އިދިކޮޅު އިއްތިހާދު ރޫޅި ބަލިކަށިވެފައިވާާ ކަމަށް ވާހަކަ ދެކެވެމުން ދަނިކޮށް ގުޅިފައިވާ ޕާޓީތަކުގެ ގުޅުން އަދިވެސް އޮތީ ބަދަހިކޮށް ކަމަށް ޖުމްހޫރީ ޕާޓީގެ ނައިބް ލީޑަރު އަބްދުﷲ ކަމާލުއްދީން ވިދާޅުވެއްޖެއެވެ.
އަބްދުﷲ ކަމާލުއްދީން މިހެން ވިދާޅުވީ ޖޭޕީއަށް އަލަށް ގުޅުނު މެމްބަރުންނަށް މަރުހަބާ ކިޔުމަށް މިރޭ އެ ޕާޓީގެ މައި ޖަގަހަ އަދި އޮފީސް ކަމަށްވާ މ. ކުނޫޒުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަމުންނެނެވެ.
ކަމާލުއްދީން ވިދާޅުވީ ވޭތުވެދިޔަ އަހަރުތަކުގައި އިންތިހާބުތަކުން ހިތި ނަތިޖާތަކެއް ލިބިގެން ދިޔަ ކަމަށް ކަމާލުއްދީން ވިދާޅުވިއެވެ. އަދި މިހާރުވެސް އެ ހިތިކަމުގެ އަސަރު ކުރާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ރަނގަޅު ގޮތުގައި ގައުމުގެ މުސްތަގުބަލު ރަނގަޅު ގޮތުގައި ބައްޓަން ކުރުމުގެ މަސައްކަތް ކުރަން ޖެހިފައިވާ ކަމަށާއި، މީގެ އަހަރެއްހާ ދުވަސް ކުރިން ގުޅިފައިވާ ޕާޓީތަކުން އެ މަސައްކަތް ފަށާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑު މިރޭ ޕާޓީއެއްގެ އިސް މަގާމެއްގަ ހުރި މީހެއްގެ ހައިސިއްޔަތުން އަޅުގަނޑުވެސް ވަރަށް ބޮޑަށް ޔަގީންކަން އަރުވަން ބޭނުންވޭ އިރާދަ ކުރެއްވިއްޔާ ގުޅިފައިވާ ޕާޓީތަކުގެ ގުޅުން އޮތީ ވަރަށް ބަދަހިކޮށް. އެއްވެސް ކަހަލަ ބުރުލެއް ނާރާ ބަދަަހިކޮށް އޮތް ގުޅުމެއް އެ ގުޅުމަކީ." އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން ގުޅިފައިވާ ޕާޓީތަކުގެ ލީޑަރުން ޔަގީންކަން ދޭ ފަދައިން އެއް ކެނޑިޑޭޓަކު ނެރޭނެ ކަމަށް ވެސް ކަމާލުއްދީން ވިދާޅުވިއެވެ.
ޖޭޕީގެ ލީޑަރު އެމްޑީޕީއާއި އެއްކޮޅަށް އުޅުއްވުމަށް ފަހު ސަރުކާރާއި ގުޅި އަދި އެފަހުން ސަރުކާރު ދޫކޮށް ދިޔަކަން ފާހަގަކޮށް ކަމާލުއްދީން ވިދާޅުވީ އެކަމުން ދޭހަވެގެން ދަނީ ޖޭޕީގެ ފިކުރަކީ ދެން ތިިބި ޕާޓީތަކުގެ ފިކުރާއި މުޅިން އެއްގޮތް ފިކުރެއް ނޫން ކަމަށެވެ. އަދި މި ރާއްޖޭގެ ތިންވަނަ ފިކުރަކީ ޖޭޕީގެ ފިކުރު ކަމަށް އޭނަ ވިދާޅުވިއެވެ.
މިރޭގެ ޖަލްސާގައި ޖޭޕީއަށް އަލަށް ގުޅުނު މެމްބަރުންވެސް ވަނީ ބައިވެރިވެފައެވެ. އޭގެ ތެރޭގައި މަޝްހޫރު ފުޓުބޯޅަކުޅުންތެރިޔާ އައްސަދު އަލީ (އަޑުބަރޭ) ވެސް ހިމެނެއެވެ.
ގާސިމް އުޅެނީ ވެރިކަމާ ހެދި ކާއްބަގަނެގެން..ގުއި ނުދެކޭ ކާޅައް ގުއި ފެނިގެން އުޅޭހެނ... ވެރިކަމެއް ދުވަހަކުވެސް ގާސިމް އަކަށް ނުލިބޭނެ... މާމިގިލީ މަގުތަކުގައި އެޅި ތާރު ތައްވެސް އަދިވެސް ނުހިކޭ.. 2013ގައ އެޅި. މާމިގިލިން ވޯޓް ހޯދާން ވެގެން ދަންވަރު ގައި ހުރިހާ މަގުތަކަކަށް މޮހޮރު ޖަހައި. ލައްކަ ގިނަ ފަންޑިތަ މީނާގެ އައުވާނުން ހެދި..