އެމްއެމްޕީއާރުސީގެ ހިޔާނާތް ހިންގި އިރު އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އަބްދުﷲ ޒިޔަތު ބަލި ހާލަތު ހުރި ގޮތުން ގޭބަންދަށް ބަދަލުކޮށްފިއެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ މީޑިއާ އޮފިސަރު އާމިނަތު ޔުސްރީން އަހުމަދު "ވަގުތު"އަށް ވިދާޅުވީ، ޒިޔަތު ގެއަށް ބަދަލު ކުރީ ޒިޔަތު ގެއަށް ބަދަލުކުރީ ޖަލުތަކާ ޕެރޯލްގެ ގާނޫނުގެ ދަށުން ކަރެކްޝަނަށް ލިބިފައިވާ ބާރުގެ ތެރެއިންކަމަށެވެ.
ޒިޔަތު ގޭބަންދަށް ބަދަލު ކުރީ މިދިޔަ މަހުގެ 12 ވަނަ ދުވަހުން ފެށިގެން ކަމަށް އޭނާ ވިދާޅުވިއެވެ.
ޔުސްރީން ވިދާޅުވީ، ބަލި ހާލަތު ހުރި ގޮތުން ގެއަށް ބަދަލު ކުރީ ވަކި މުއްދަތެއް ނެތް ގޮތަށް ކަމަށެވެ.
އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތާ ގުޅިގެން ޒިޔަތުގެ މައްޗަށް އުފުލި 30 ދައުވާއަށް އިއުތިރާފްވެ ދައުލަތާ އެކު ގާއިމް ކުރި އެއްބަސްވުމުގެ ދަށުން އޭނާގެ މައްޗަށް އިއްވީ 11 އަހަރުގެ ޖަލު ހުކުމެކެވެ. އޭގެ ކުރިން އޭނާއަށް އަށް އަހަރުގެ ޖަލު ހުކުމެއް ވެސް އިއްވާފައިވެއެވެ.
އެމްއެމްޕީއާރުސީ ބޮޑު ހިޔާނާތުގައި ބައިވެރިވެގެން ހުކުމް އިއްވާފައިވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި ޒިޔަތު ގޭބަންދުގައި ހުންނަވާއިރު އިދިކޮޅު ކޯލިޝަންގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ހުންނަވަނީ މާފުށީ ޖަލުގައެވެ. އެމަނިކުފާނުގެ އެތައް ހާސް ސަޕޯޓަރުންނެއް ދަނީ މިކަމާ ނުރުހުން ފާޅުކުރަމުންނެވެ. ރައީސް ޔާމީންގެ ސަޕޯޓަރުންނާއި އެމަނިކުފާނު ލީޑް ކުރައްވާ ޕީޕީއެމް އާއި ޕީއެންސީއިން ގަބޫލު ކުރަނީ އެއީ އިންސާފުން ބޭރުން އިއްވާފައިވާ ހުކުމެއް ކަމަށެވެ.
ސޯލިބޭގެ ލަދުހަޔާތުގެ ކަންފުޅެ އްވެސް ނެތި އްޔޭ ދުވާދީފަ ހުރީމަތަ މިވަރު ލަދުހަޔާތް ކަޑަވެގެން މި އުޅެނީ
މިއީ ރައްޔިތުންގެ ހަޒާނީ ދަވާލީމާ ހަމަހަމަ އިންސާފުދޯ.
ހިޔާނާތުގެ ފޮރޮންޓް ލައިން އެލަވަންސް.
ވެރިންތިބޭނީ ގޭގަ އެހެންނަވެސް ވަގުން ތިބޭނީ ޖަލުގަ ؟
2017 އާއި2018 ގައި މައުމޫނުވެސް ވަގެއް ވީމާ އޮތީ ޖަލުގައި ދޯ
ޒިޔަތު ވީމަ ވައްކަން ކުރިޔަސް ހުންނަވަނީތަ؟ އާދައިގެ ރައްޔިތު މީހާ ވީމާ ހުންނަނީ. ލިޔުންތެރިކަމުގެ ހުނަރު ހާދަ މޮޅޭ ދޯ؟
އެމްއެމްޕީއާރުސީގެ ހިޔާނާތް ހިންގި އިރު އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އަބްދުﷲ ޒިޔަތުގެ ބައްޕަ (މުޙައްމަދު އަޒީޒު)ގެ ލަދު ހަޔާތް