ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި މޫދަށް ވެއްޓުނު އަށް އަހަރުގެ ކުއްޖަކު ސަލާމަތްކޮށްދިން ދެ މީހަކަށް އެތައް ބައެއްގެ ތައުރީފް ލިބެން ފަށައިފިއެވެ.
މިދިޔަ ހުކުރު ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ރަޝިއާއަށް ނިސްބަތްވާ އުމުުރުން އަށް އަހަރުގެ އެ ކުއްޖާ އެއާޕޯޓްގެ ޖެޓީ ސަރަހައްދު މޫދަށް ވެއްޓުމާއެކު އެ ކުއްޖާ ސަލާމަތް ކުރުމަށް ފުންމާލާފައި ވަނީ، މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑްގައި މަސައްކަތް ކުރާ އަބްދުލް އަޒީޒް އަބޫބަކުރު އާއި ހަސަން ޒަރީރެވެ.
ޒަރީރް އާއި އަޒީޒް އެ ކުއްޖާ ސަލާމަތް ކުރުމަށް ކުރި މަސައްކަތް ފާހަގަކޮށް އެމްއޭސީއެލް އިން ވަނީ ޕޯސްޓެއް ކޮށްފައެވެ.
"ވަގުތު"އާ ވާހަަކަދައްކަމުން އަޒީޒް ބުނީ، ޑިޕާޗާ ޖެޓީ ކައިރީގައި ތިން ކުދިން ސަކަރާތް ޖެހުމުގައި އުޅުނުތަން ފެނިގެން އެތަނުން ކުއްޖަކު މޫދަށް ވެއްޓިދާނެތީ ވަރަށް ބޮޑަށް ހުށިޔާރުވެގެން ހުރި ކަމަށެވެ.
"އެތަނުން ރެޕަކު އަޅުގަނޑު ކައިރީގައި ބުނި އަޒީއޭ ބަލައްޗޭ ތިއިން މީހަކު ފުންމާލަފާނެއޭ އެ އުޅޭ ގޮތުން، އެހެންވެ އަޅުގަނޑުމެން ތިބީ އެ ކުދިންނަށް ފަރާލަައިގެން ތިބީ، އެހެން ހުއްޓާ އަޑު އިވުނީ އެއްޗެއް ވެއްޓުނު އަޑާ ހަޅާ ލަވާގަތް އަޑާ". އަޒީޒް ބުންޏެވެ.
އަޒީޒް ބުނީ، އެ އަޑު އިވުމާއެކު، ބަލަން ނުހުރެ އެ ކުއްޖާ ސަލާމަތް ކުރުމަށް އޭނާ މޫދަށް އޭނާ ފުންމާލި ކަމަށެވެ. އޭނާ މޫދަށް ފުންމާލި ގަޑީގައި ޒަރީރްވެސް ފުންމާލިއެވެ. އަޒީޒް ބުނީ، ޒަރީރް ފުންމާލިކަން ނޭނގޭ ކަމަށާއި، ދެ މީހުންގެ މަސައްކަތުން އެ ކުއްޖާ ސަލާމަތް ކުރި ކަމަށެވެ.
"އިރާދަކުރެއްވީތީ އެ ކުއްޖާ ސަލާމަތް ކުރެވުނު، އަތުގައި ހުރި ހުރިހާ އެއްޗަކާއި އެއްކޮށް ފުންމާލެވުނީ". ޓާމިނަލް ސާވިސްގައި މަސައްކަތް ކުރާ އަޒީޒް ބުންޏެވެ.
އެ ކުދިންނަކީ، ކުރަމަތި ރިސޯޓަށް މައިންބަފައިންނާއެކު ޗުއްޓީ ހޭދަކުރަން އައި ބައެކެވެ. އެ ކުއްޖާ ސަލާމަތް ކުރުމުން އެ މީހުން ޝުުރު އަދާ ކުރި ކަމަށް އަޒީޒް ބުންޏެވެ.
ފުޢްމާލަން އުޅުނުކަން އެނގުނުޢިރު ކުރީބައޢިގަ ނުހިފެޢްޓީ ކީޢްވެ !
ފުންމާލަން އުޅޭކަން އިނގޭވާހަކަ އެބައިންތަ ލިޔެފަ؟ ރަނގަޅަށް ކިޔާލާ. އެމީހުންގެ މަސައްކަތަށް ހިތްވަރު ދިނުމެއްވެސް ނެތްތަ؟
އަޒީ ބެ އަކީ ވަރަށް އިޙްލާސްތެރި ކަމާ އެކު މަސައްކަތް ކުރާ މީހެއް.އޯޤާތެރި ހިތްހެޔޮ ބޭބެ އެއް ޝުކުރިއްޔާ އަޒީބޭ.
ކުރިމަސައްކަތް ތައުރީފް. ޢެހެންފަހަރަކުން ވެއްޓިދާނެހެން ހީވިއަސް އެކަން ހުއްޓުވާނެ ކަމަށް ހީކުރަށް. ޥެއްޓުނީމަ ކޮންމެ ފަހަރަކު ސަަލާމަތްކުރަން ފަސޭހައެއްނުވާނެ
ތި ކުދިން ސަލާމަޠް ކުރި އިރު އެއްބަޑު މީހުން ނާ އަޅާ ނުލާނެ ސަމާލު ކަން ހޯދަން ސުޓަންޓް