ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި ޏ. ފުވައްމުލަކުގެ ނަރުދަމާގެ މައްސަލަ ހައްލުކުރާނެ ކަމަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިންގް ޑިރެކްޓަރު އަހްމަދު ސައީދު މުހައްމަދު މިއަދު ވިދާޅުވެެއްޖެއެވެ.
ފުވައްމުލަކުގައި މިހާރު ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައިގެ ގޮތުގައި ފާހަގަކުރެވޭ ނަރުދަމާގެ މައްސަލައާ ގުޅިގެން "ވަގުތު" އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ސައީދު ވިދާޅުވީ މި މަހުގެ ތެރޭގައި އެ މައްސަލަ ހައްލު ކުރުމުގެ އަމަލީ މަސައްކަތް ފެށޭނެ ކަމަށެވެ. އަދި އެކަމަށް ބޭނުންވާ އާލާތްތަކާއި މެޝިނެރީސްތައް ވަަރަށް އަވަހަށް ލިބޭނެ ކަމަށް ވެސް ސައީދު ވިދާޅުވިއެވެ.
އެ ސިޓީގެ ނަރުދަމާ ނިޒާމުގެ މައްސަލަ ހައްލު ނުވެ ލަސްވެގެން ދިޔައީ ކުރީ ސަރުކާރާއި، ފުވައްމުލަކު ސިޓީގައި އޭރު އޮތް އެމްޑީޕީ މެޖޯރިޓީގެ ކައުންސިލުންގެ މެދުގައި ދެބަސްވުންތަކެއް ހިނގުމުން ކަމަށް ސައީދު ފާހަގަަކުރެއްވިއެވެ. ނަމަވެސް އެމްޑީޕީގެ ސަރުކާރެއް އައުމާއެކު އެ ދެބަސްވުންތަކަށް ނިމުމެއް އައިސްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"ފުރަތަމަވެސް ފުވައްމުލަކު ރައްޔިތުންނަށް ބުނެލަން އޮތީ ތި ކުރި ހިތްވަރަށް އައްސަރިބަހާއި ސާބަހޭ، އިރާދަކުރެއްވިއްޔާ މި މަހުގެ ތެރޭގައި ނަރުދަމާއަށް ދިމާވެފައިވާ މައްސަލަ ހައްލު ކުރުމުގެ އަމަލީ މަސައްކަތް ފެށިގެން ދާނެ. ފުވައްމުލަކު ރައްޔިތުން ކުރި ދިގު އިންތިޒާރަށް ކުރިޔަށް އަޮތް ހަ މަސް ދުވަސް ތެރޭގައި ނިމުމެއް ގެންނާނަން" ސައީދު ވިދާޅުވިއެވެ.
ސައީދު ވިދާޅުވީ ކުރީ ސަރުކާރުން ފުވައްމުލަކުގައި ގާއިމްކޮށްފައިވާ ނަރުދަމާ ނިޒާމަކީ އެ ސިޓީއާ ގުޅޭ ނިޒާމެއް ނޫން ކަމަށެވެ. އަދި އެއީ ދައުލަތުގެ ފައިސާއިން ކޮށްފައިވާ ވަރަށް ބޮޑު އިސްރާފެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ސައީދު ވިދާޅުވި ގޮތުގައި މި ނިޒާމް ގާއިމް ކުރުމަށް ކުރީ ސަރުކާރުން 300 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައިވެއެވެ. އަދި އެ ނިޒާމަށް ޖެހިފައިވާ މައްސަލަ ރަނގަޅު ކުރުމަށް މި ސަރުކާރުން 45 މިލިއަނަށް ވުރެ ގިނަ އަދަދެއްގެ ފައިސާ މިހާތަނަށް ހަރަދުކުރި ކަމަށް އޭނާ ވިދާޅުވިއެވެ.
ފުވައްމުލަކު ނަރުދަމާ އަށް ދިމާވެފައިވާ މައްސަލައާ ގުޅިގެން ޖަންކްޝަންތަކުން ނަޖިސް ލީކްވާތީ ދުވާލެއްގެ މައްޗަށް ދެތިން ފަހަރު ބައެއް ޖަންކްޝަންތައް ރަނގަޅު ކުރަން ޖެހެއެވެ. މި މަސައްކަތަށް އެ ރަށު ކައުންސިލުން 20 ޕިކަޕް ގެންގުޅެއެވެ.
ޖުހާތަ ވެރިކަމުގަ މިހިރީ ރިޔަސީ އިންތިހާބު މަޖިލިސްއިންތިހާބުގަ އެތަށްހާސް ހުވާއާ ވައުދެއްވި ކެހިވެރިކަމުހެ ފަތިހަކުން އަލިވިލުނީ ވީކަމެއްހަރާން ކައުން ސިލްނއިންތިހާބު ބޯމަތިވީމާ މެވާ އަޅާ ގަހަކުން މެވާ އަޅާހެން ވައުދާހުވާތަށް ދޮންވެ ފައްކާނީ 2އަހަރާ ބައިގައެއްކަމެއްވެސް ނުކުރެވުނު މަހިތަަށްވއަރަނީ ދިވެހިންނަކީ މިހާގަމާރު މަންމަން ނުފެއްނަ ބަޔެއްކަމަށް ތި ހީކުރަނީ ފަތިފައްޗަށް ވަދުތަށް މިވަނީ މިފަހަރު މިމީހިންގެ ދަލުގާ ދިވެހިން ޖެހިއްޖިޔާ ދިވެހިންނަކީ މޮޔާން ކަނު ބިރުބައެއް ކުކުޅުހާ ޖަނަވަރުންނަށްވުރެ ނުކުޅެދޭ ބައެއް
ފުވައްމުލަކު ނަރުދަމާގެ ނިޒާމަކީ ދިގުމުއްދަތުގެ ދިރާސާއަކަށްފަހު އެރަށަށް އެންމެ ރަގަޅުވާނެ ކަމަށް ދިރާސާގެ ނަތީޖާއަށްބަލާފައި އޭރުނިންމި ނިންމުމެއް، 20 ޕިކަޕް ކުއްތަށް ނަގައި ކޮންމެ މަހަކު ގުޅުން ހުރި މުއައްސަސާގެ ވަކި ބަޔަކަށް އެއިން ކަމިޝަން ނަގަމުން ދާކަމީ ފުވައްމުލަކު ގިނަބަޔަކު ދަންނަ ހަގީގަތެއް
ޔާމީން އަތޮޅުތެރެއަށް ދީފަ ހުރީ މުޅިންވެސް މި ޒާތުގެ ދޯކާ