ލޯކަލް ކައުންސިލްތަކުގެ އިންތިހާބާ ދިމާކޮށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ތ. އަތޮޅުގެ ރަށްތަކަށް ގިނަ ވައުދުތަކެއް ވެވަޑައިގަނެފިއެވެ.
"ރަށްވެހި ފަތިސް" ގެ ނަމުގައި އެމްޑީޕީއިން ކުރިއަށް ގެންދާ ކެމްޕޭން ހަރަކާތުގައި ބައިވެރިވަޑައިގެން ރައީސް ސޯލިހް ވަނީ ތ. އަތޮޅުގެ މީހުން ދިރިއުޅޭ 11 ރަށަށް ތަރައްގީ ގެނެސްދޭނެ ކަމަށް ވިދާޅުވެ، ކޮންމެ ރަަށަކަށް ވެސް އެކި ވައުދުތައް ވެވަޑައިގަނެފައެވެ.
އެ ގޮތުން އެންމެ ފުރަތަމަ ވެސް ރައީސް ވަނީ ތ. އަތޮޅަކީ މަސްވެރި އަތޮޅެއްކަން ފާހަގަކުރައްވައި މި އަހަރު ނިމުމުގެ ކުރިން އެ އަތޮޅުގެ ތިން ރަށެއްގައި އައިސް ޕްލާންޓް ގާއިމްކޮށްދޭނެ ކަމަށް ވިދާޅުވެފައެވެ.
ރައީސް ވިދާޅުވި ގޮތުގައި އައިސް ޕްލާންޓު ބަހައްޓަން ހަމަޖައްސާފައި ވަނީ މަޑިފުށި ވިލުފުށި އަދި ބުރުނީގައެވެ. އޭގެ ތެރެއިން މަޑިފުއްޓާއި ވިލުފުށީގައި 15 ޓަނު އަދި ބުރުނީގައި ފަސް ޓަނުގެ އައިސް ޕްލާންޓު ބަހައްޓަން ނިންމާފައިވާކަން ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ރަށް ގިރުމުގެ މައްސަލަ ހައްލުކޮށްދީ އެ އަތޮޅުގެ އަށް ރަށެއްގައި ކުނި މެނޭޖްކުރެވޭނެ ނިޒާމެއް ގާއިމް ކުރައްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.
އިންތިހާބަށް ތާއީދު ހޯދުމަށް އެމްޑީޕީއިން ކުރަމުންދާ ކެމްޕެއިން ހަރަކާތުގެ ތެރެއިން ތ. ބުރުނީގެ ރައްޔިތުންނާއި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ އެރަށުގެ ބަނދަރު ހެދުމުގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށެވެ.
ތ. ތިމަރަފުށީގެ ކެންޑިޑޭޓުންނާ ބައްދަލު ކުރައްވައި، ރައީސް ވިދާޅުވީ އެ ރަށު މަގުތައް ހެދުމުގެ މަސައްކަތް މޮބިލައިޒް ކުރެވިގެން ކުރިއަށްދާނެ ކަމަށެވެ. އަދި ތ. ވޭމަންޑޫއާއި ގުޅިގެން ވިދާޅުވީ އެރަށާއި ކިނބިދޫ ގުޅުވައިދޭ ކޯޒްވޭއެއްގެ މަސައްކަތް މިއަހަރު ތެރޭގައި ފައްޓަވާނެ ކަމަށެވެ.
ތ. ކިނބިދޫއާއި ގުޅިގެން ރައީސް ވިދާޅުވީ އަންނަ އަހަރު އެރަށުގެ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފެށިގެން ދާނެ ކަމަށެވެ. އަދިި އޮމަދޫގެ ތަރައްގީއާ ގުޅިގެން ރައީސް ސޯލިޙް ވިދާޅުވީ އެރަށު ބަނދަރުގެ މަސައްކަތް މި މަސް ތެރޭގައި އެއްކޮށް ނިންމާލެވޭނެ ކަމަށެވެ.
ތ. ވިލުފުށީ ރައްޔިތުންނަށް ރައީސް ސޯލިހް ވަނީ ރަނގަޅު ފެންވަރެއްގެ ހޮސްޕިޓަލެއް އަޅޭދޭނެ ކަމަށް ވައުދުުވެވަޑައިގަނެފައެވެ. އަދި ތ. ދިޔަމިގިލީގައި ފެނުގެ ނިޒާމު ގާއިމް ކުރުމުގެ މަސައްކަތް މިހާރު ކުރައްމުންދާ ގެންދަވާ ކަން ފާހަގަކުރެއްވިއެވެ.
ތ. ގުރައިދޫ އާއި ގުޅިގެން ރައީސް ވަނީ އެރަށުގެ މަގުތައް ޑިޒައިން ކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފައްޓަވާނެ ކަމަށް ވިދާޅުވެފައެވެ. އަދި އެރަށު ސިއްހީ ނިޒާމު ވެސް ތަރައްގީކުރަން ޖެހޭ ކަމަށާއި އެކަމަށް ވެސް މަސައްކަތްކުރައްވާނެ ކަމަށް ވިދާޅުވިއެވެ.
ތ. ކަނޑޫދޫއާއި ގުޅިގެން ރައީސް ވިދާޅުވީ މިމަހުގެ ތެރޭގައި އެ ރަށުގައި ސިއްހީ މަރުކަޒެއް ތަރައްގީކޮށްދިނުމުގެ އަމަލީ މަސައްކަތް ފެށިގެން ދާނެ ކަމަށެެވެ. އަދި މި މަހުގެ 20 ހިސާބުގައި ފެނުގެ ނިޒާމުގެ މަސައްކަތްވެސް ފެށޭނެ ކަމަށް ވިދާޅުވިއެވެ.
ތ. ވަންދޫ ގެ ރައްޔިތުންނަށް ރައީސް ވަނީ އެރަށު ސިއްޙީ މަރުކަަޒަށް ބޭނުންވާ އެމްބިއުލާންސް ވަރަށް އަވަހަށް ފޯރުކޮށްދެއްވާނެ ކަމަށް ވައުދުވެވަޑައިގަނެފައެވެ. އަދި ތ. ގާދިއްފުށީ ސްކޫލުގައި 10 ކްލާސްރޫމް ހެދުމުގެ މަސައްކަތް ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ފެށޭނެ ކަމަށް ވިދާޅުވިއެވެ.
ކައުންސިލް އިންތިހާބާއި ގުޅިގެން ރައީސް ސޯލިހް ގެންދަވަނީ އެކި ރަށްރަށަށް ގިނަ ވައުދުތައް ވެވަޑައިގަންނަވަމުންނެވެ. އެހެންމަވެސް ވެރިކަމަށް އައުމަށްޓަކައި ވެވަޑައިގެން ގިނަ ވައުދުތަކުގެ އަމަލީ މަސައްކަތް ދައުރު ދެބައިވެެގެން ދިޔައިރުވެސް ފެށިފައި ނުވާއިރު، ފުރަތަމަ 100 ދުވަހުގެ ތެރޭގައި ފުއްދދަން ވައުދުވެ ވަޑައިގެން ގިނަ ވައުދުތައްވެސް ނުފުއްދި ހުރިކަން ފާޙަގަކޮށްލެވެއެވެ.
ތީން އެއްކަމެއްވެސް ނުވާނެ ތިޔަ ހުރިހާކަމަކީވެސް މިގައުމުގަ ސަގާފަތެއް ހެންހިންގި ކަޑަޖެހުމައްދާނީ ވޯޓް ހޯދަން ޖަހާ ސުޓަންޓްތީ ރައްޔިތުންނައް އާކަމެއްނޫން ޖަޒީރާވަންތައޭކިޔާފަ ރައްރަށުގެ %30 ޕަސަންޓް ވިއްކާލާނެ ފުރުސަތެއް ހޯދަން ކައުންސިލުން ލިބޭތޯ ބަލާކަމައް ދިރާސާއިންދައްކަނީ ޓީއެމްއޭއައް ޓާމިނަލްދިންހެން
ވޭމަންޑޫގަ ހުންނަނީ ތ ހޮސްޕިޓަލް ކަމެއް ސިއްހީމަރުކަޒެއް ރައީސް އަށް އެނގިވަޑައި ނުގެންނެވީތީ ހިތާމަ ކުރަމުން ދަންނަވަން . ރިޔާސީ އިންތިޚާބުގައި ވީ ވައުދު ފުނި ހުރިގޮތަށް ހުއްޓައި އިތުރުވައުދު ތަކެއްވީމައި ވަރަށް ހިނި އައުދޭ ުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުު
ބިރެއް ނެތް މީހަކު ލަދެއްވެސް ނުގަންނާނެ ބޮޑެތި ދޮގުތަށްގަދަން.
އަޅުގަނޑަކީ އެމްޑީޕީއަށް ވަރަށް ފޯރިއެރުވި މީހަކީމު . ނަމަވެސް މިފަހަރު ވޯޓް ދެވޭނީ އެންމެ ރަނގަޅު މީހެއް ބަލާފަ. ތ އަތޮޅު ރަށްރަށުގައި އެމްޑީޕީ ޓިކެޓް ލިބިފައި އެބަތިބި ލިޔަންކިޔަން ނޭގޭ މީހުންވެސް . ކުޑަމިނުން މީހަކަށް މެސެޖެއް ކޮށްލަން ނޭންގޭ މިީހުން .
މިކަހަލަ ތައްޤީގެ ވައުދުތައް ފާރުތަކުގައި ލިޔެލަދީފައި ހަނދާނަށް ފެންނާނެ ގޮތަކަށް ހަދާފައި ބަހައްޓަމާ ހިގާ. މީހާދަ ކުރިއެރުމެކޭ ބަޖެޓުގައި ނެތް ދަރަނި ތަކަކުން ކޮށްދިނުމަށް މިވިދާޅުވަނީ. މިކޮމެންޓް ނެންގެ މިނޫހުން ޖަހަނެކަމެއްވެސް. އެމްޑީޕީއަށް ދެރަބަހަކަށް ވެދާނެތީ
ތ އަތޮޅުގައި އޮންނާނެ 13 ރަށް
ދެއަހަރުބައިވިއިރު އަދިވެސް ވަޢުދުވުންނޫންކަމެއްނެތް ރައްޔިތުން ވިސްނަވާ ރިޔާސީ އިންތިހާބުގަވެސް ވަޢުދު މަޖިލިސް އިންތިހާބުގަވެސް ވަޢުދު އަނެއްކާ އަނެއްވަޢުދުތައްވަނީ ކަމެއްކޮށްދޭނީ ދެވަނަދައުރެއްލިބިއްޖެނަމަ ކެމްޕޭންތަކަށް ޚަރަދުކުރާމީހުންނައް ބަހާފަ ބަޖެޓުގަ ރައްޔިތުންނައް ކަމެއްކޮށްދޭނެއެއްޗެއްނޯންނާނެ ރައްޔިތުންހޭއަރާތިބޭތި
ރަންކޮޅާ ތ. ހިރިލަންދޫއަށް ތިކަހަލަ ފޮޅި، ހޮޅި ވަޢުދު ބަސްތާއެއް ވަނީ ވެފަ. އެއިން އަރަނީ ދުންކަމެއް، ދުވަނީ ވަހެއްކަމެއްވެސް ނޭގޭ. އެކަމަކު ޔާމީނު އަޅައިދިން އައިސް ޕްލާންޓް ބަޑުދަށުލައިގެން އެމްޕްބެ ހީވަނީ ފޭވަޅުގަ މުލިއްސެއް ޖަހައިގެން އުޅޭހެން.
ފޭކު ވައުދު ކިނބިދޫ ކުދިން ވަރަށް ހެއްލޭނެ
ތަމެންގެ ވެރިކަމުގައި ރާއްޖޭގައި ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީން ފޮނުވާލާނަމޭ ބުނެ ކުދި ކުދި ވިޔަފާރި ތަކަށް ޖެއްސުން ކުރަން އެމެންނަށް ކޯޓާ ނުދީ ތަމެން ގަވާއިދާއި ޚިލާފަށް ގެނެސްފައި ތިބި ބަންގާޅުން ލައްވާ ދިވެހިންނަށް މަސައްކަތް ބޮޑު އަގުގައި ކުރުވަން މަޖްބޫރު ކުރުވަން ވެގެން ކުރާ ކަމެކޭ އެމެންނަށް ހިލޭ ވެކްސިން ތިޔާ ދެނީ ކިއެއްވެތޭ ރާއްޖޭގައި ގަވާއިދާއި ޚިލާފަށް އުޅޭ ބަންގާޅުން ނުފޮނުވިގެން އުޅެނީ މީސީދާ ކެނެރީގެ ނަޝީދުގެ ސަބަބުންނޭ މިކަން މިހެން މިވަނީ ކެނެރީގެ ނަޝީދު ރާއްޖޭން ފެއްސެންވީއޭ މިހާރުން މިހާރަށް ފެއްސޭ ފެއްސޭ ފެއްސޭ ދެން...
ރައީސްގެ ވައުދުފުޅަށް ފުޅައެރި އިރުވެސް ވަޢުދު ނުފުއްދި އަނެއްކާވެސް ފުޅައެޅުމަށް ވަޢުދުފުޅު ވަނީތޯ؟
މުޅުންވެސް ހޮޅި ވާހަކަ ދައްކައިގެން ރައްޔިތުން ގުނބޯ ހެއްދުން ނޫން ކަމެއް ސްލޯމޭން ނުކުރޭ. އޭނައައް ކުރެވޭނެހާވެސްް ކަމަކީ ރުއިން.
ހޮޅި ވައުދާއަ ކަޑަ ޖަހާ ސަރުކާރު.
ހޮޅި ވާހަކަ