ދިޔަނެރު ފަޅުގައި ޕިކްނިކް އައިލެންޑެއް ތަރައްގީކުުރުމުގެ ވިސްނުން ސަރުކާރުގެ އެބައޮތް ކަމަށް މިއަދު ވިދާޅުވެއްޖެ އެވެ.
މާލޭ ރައްޔިތުން ޕިކްނިކްދާން ވަކި ރަށެއް ތަރައްގީކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ޞާލިހްގެ ފުރަތަމަ 100 ދުވަހުގެ ވައުދުގެ ތެރޭގައި ހިމެނޭ ވައުދެކެވެ.
މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަޒީޒު ވިދާޅުވީ އެ ވިސްނުމުގެ ތެރެއިން މިހާރު ކޮންސެޕްޓް ޕްލޭން ތައްޔާރުކޮށްފައިވާ ކަމަށާއި، ލޭންޑް ސްކޭޕިންގ އާއި އިތުރު މަސައްކަތްތަކުގެ ޑީޓެއިލް ޑިޒައިންގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
މީގެ ކުރިން، އެނބުދޫ ފިނޮޅުގައި ހިއްކާފައިވާ ކްރޮސްރޯޑްގައި ޕިކްނިކް އައިލެންޑެއް ތަރައްގީ ކުރުމަށް މަސައްކަތްފ ފެށިއެވެ. ނަމަވެެސް ކޮވިޑާއި ހެދ އެ ޕިކްނިކް އައިލެންޑްގެ މަސައްކަތްތައް އޮތީ ހުއްޓިފައެވެ. މަބްރޫކް މިއަދު ވިދާޅުވީ، އެ މަސައްކަތް އަލުން ފެށުމަށް ތައްޔާރުވަމުންދާ ކަމަށެެވެ.
"ކްރޮސްރޯޑްގައި ތަރައްގީ ކުރަން ބުނި ވަކި ރަށެއްގެ މަސައްކަތް ކުރިއަށް އެބަދޭ. ކޮވިޑްގެ ތެރޭގައި އެ މަސައްކަތް ހުއްޓިފައި އޮތުމަށްފަހު އެ މަސައްކަތް އަލުން ފެށުމަށް ކުރިއަށް ދަނީ".
އެނބޫދޫ ފިނޮޅު ތަރައްގީކުރަނީ ތައިލެންޑުގެ ސިންހާ އެސްޓޭޓްގެ ސީއެސްއާރު މަޝްރޫއެއްގެ ގޮތުގައެވެ.
މީގެ ކުރިން މާލެ ސަރަހައްދުގައި ދަތުރުދާން ބޭނުންކުރި ކުޑަ ބަނޑޮސްއެވެ. އއތ
މާލޭ މީހުނައް 14 ވިލޭރޭގެ ހަނދު ވެސް މިދުވަސް ކޮޅު ބާލަދޭނެ އަންނަ މަހު 10 އެއްގެ ފަހުން އެވާނީ ދިރޭ ރަހަޔައް..
މަބްރޫކް ކޮބާ ކޮވިޑް ފްލޯޓިން ހޮސް ޕިޓަލް؟ކޮވިޑް ގެ ހާލަތު ސީރިއަސް ނުވޭދެއްތޯ؟ 2023 ގެ ކުރިން ސޯލިހުގެ ވެރި ކަމަށް 100 ވާނެބާ؟
އެހެންވީމަ ފުލޯޓިންސިޓީއަކީ ތާކުންތާކުޖެހޭ ކަމެއް ނޫނޭ، ޕިކުނިކު ހަދަން ފަޅެއް ހަލާކުކުރަން އޯކޭއިއްޔާ ދިރިއުޅެން ހަތަރުފަޅު ހަލާކުކުރުންވެސް ގޯސްވެގެނެއްނުވާނެ.
އިސްތައްޓޭ ނުކިޔާ އިސްތިއުފާ ދީފަ ރަށައް ޅިބަލަ
2އަހަރުވެ ގެންދިޔަ އިރު އޮތީ ހިތުގަ މިހާރުވެސް އޮތީ ހިތުގަ ގައުމުގަ ފައިސާ ނެތް 934 މިލިއަން ޑޮލަރުގެ ރިޒާވް ހުސް ވިއިރު ނުވިކަމެއް މިހާރު ނުކުރިޔަސް ހެޔޮ.ދައުލަތް ދަރަނިވެރި ނުކުރޭ ދަވްލަތުގެ އާމްދަނިއާ އެއްވަރަށް ހަރަދު ތިރިކުރޭ ރާއްޖޭގެ ރަށްތަކުގަ ކުރާނެ އެއްވެސް މަސައްކަތެއނެތި ވަކިމީހަކަށް ނާޖާ އިޒް ފައިދާ ހޯދަދިނުމާ ތިމާގެ އަމިއްލަ ސަޕޯޓް ހޯދުމަށް ދަވްލަތުގެ ފައިސާއިން ކުރާހަރަދުކަމަށް ތުހުމަތު ކުރެވޭފަދައަކުން ސިޔާސީމަގާމް ހަދާ މީހުނަށް ވަޒިފަދި އެއްވެސް ކަމެއް ނުކުރާއެތައްބަޔަކަށް ދަރަނިން ނަގައިގެން މުސާރައިގެ ނަމުގަ ބަހަމުން ދިއުމަކީ ގައުމަށް ހިޔާނާތް ވުން ނޫންބާ؟
އަޅުގަނޑުމެން ހުރިހާ ވައުދެއް ފުއްދާނަން 100 އަހަރު އެކަމަށް ނެގިކަމުގަ ވިޔަސް.
މިމަހުގެ 10 އެތަންނިންމާފަ 11ވަނަދުވަހުންފެށިގެން އެތަނައް ދަތުރުދެވޭނެ އެކަމުއެތަނައްގޮސް ހުރިހާމީހުންވެސް ތިބެންވާނީދޯނީގައެތަނައްގޮސްދޯނީގަތިބެ މޫދައްއެރިފައަންންނާނީ އޭރުންއެނިމުނީ
އެބޫދޫ ސަރަހައްދުގެ ކަނޑު އެއީ ވަރަށް ގަދަ ސަރަހައްދެއް ޕިކްނިކް ދަތުރުދާން ކަމުދާ ސަރަހައްދެއްނޫން !