ރިޔާސީ ލޯންޗު " ފިނިފެންމާ" ގައި އެއްޗެއް ގޮއްވާލި މައްސަލައިގައި ޖަލަށް ލާފައިވާ ސިފައިންގެ މާލޭ އޭރިއާގެ ކުރީގެ ކޮމާންޑަރު ކެޕްޓަން އަހުމަދު ފަޔާޒު (ޕާޕާ) މިނިވަންވެއްޖެއެވެ. ޕާޕާ މިނިވަންވެފައިވަނީ ހުކުމުގެ މުއްދަތު ހަމަވުމުގެ ސަބަބުންނެވެ.
ރިޔާސީ ލޯންޗުކޮޅު ގޮވި ހާދިސާ ހިނގިއިރު، ސިފައިންގެ ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕާއި ބަޑި ގުދަނުގެ ވެރިޔާގެ މަގާމުގައި ހުރި ޕާޕާގެ މައްޗަށް ކޮށްފައިވަނީ އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސްއެޅުމުގެ ދައުވާ އާއި ގާނޫނު ތަންފީޒު ކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްތުގައި ހުރަސްއެޅުމުގެ ދަޢުވާއެވެ. މިދެ ދަޢުވާވެސް ޕާޕާގެ މައްޗަށްވަނީ ސާބިތުވެފައެވެ.
2016 ވަނަ އަހަރު ޖޫން މަހުގެ 19 ވަނަ ދުވަހު ޕާޕާގެ މައްޗަށް ކުރި ދެ ދަޢުވާ ސާބިތުވެ އޭނާ ޖަލަށް ލުމަށް ޙުކުމް ކުރެވުނެވެ. ޕާޕާާގެ މައްޗަށް އުފުލި ދެ ދައުވާގެ ތެރެއިން އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސްއެޅުމުގެ ދައުވާ ސާބިތުވުމުން އޭނާއަށް އިއްވީ ދެ އަހަރުގެ ޖަލު ހުކުމެކެވެ. ގާނޫނު ތަންފީޒު ކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްތުގައި ހުރަސްއެޅުމުގެ ދައުވާ ސާބިތުވުމުން ފަޔާޒަށް އިއްވީ ތިން މަހާއި 18 ދުވަހުގެ ޖަލު ހުކުމެކެވެ.
ލޯންޗުގައި އެއްޗެއް ގޮވުމުގެ ޙާދިސާ ހިގުމަށްފަހު ޕާޕާ އަދާ ކުރަމުން ދިޔަ ދެ މަޤާމުން ވަކިކޮށް އޭނާވަނީ ސިފައިންގެ ގޭގައި ބަންދުކޮށްފައެވެ.
ޖަލުގަ މީހުންނަށް އަނިޔާކުރި މީހެއް މީ. މިއަދު އެއްވެސް ބާރެއްނެތް.
ކެއްތެރި ކަމާއެކު ހުއްނަކޮމެ މީހަކަވެސް އަވަހައް ނަސުރު ދެއްވާނެ