ނިޝަން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ އަލްއަމީރު މުހައްމަދު ނޫރައްދީނުގެ އަނބިކަނބަލުން މއ. ތާނގީދޮށުގޭ ފާތިމަތު ނާސިރާ (ކޮލިގޭ ނާސިރާ) އަވަހާރަވެއްޖެއެވެ.
ނާސިރާ އަވަހާރަވެފައި ވަނީ ގިނަ ދުވަސްތަކެއް ވަންދެން އާލާސްކަންފުޅާ އުޅުއްވުމަށްފަހު މިރޭގެ ވަގުތެއްގައެވެ. ނާސިރާ އަވަހާރަވިއިރު އުމުރުފުޅަކީ 87 އަހަރެވެ.
ނާސިރާގެ ކަށުނަމާދު އޮންނާނީ މިރޭގެ ފަތިސް ނަމާދަށްފަހު އާސަހަރާ މިސްކިތުގައެވެ.
ނާސިރާގެ ބޭފުޅުންގެ ތެރޭގައި ޔޫރޯ ސްޓޯރުގެ ވެރިޔާ އިސްމާއީލް ނޫރައްދީނާއި ބޭންކް އޮފް މޯލްޑިވްސްގެ ޑެޕިއުޓީ ސީއީއޯ އާއިޝަތު ނޫރައްދީން، އަދި ޝެފް ގިލްޑް އޮފް މޯލްޑިވްސްގެ ރައީސާ މަރިޔަމް ނޫރައްދީން ހިމެނެއެވެ.
ނާސިރާއަކީ ޔުނިވާސަލް އެންޓަޕްރައިޒެސްގެ ވެރިޔާ މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު)ގެ އެއްބަފާ ދައްތައެވެ.
މައްޔިތާގެ ފުރާނައަށް ހެޔޮ ރަޙްމަތް ލައްވާށި. އާމީން.
މަރުހޫމާއަށް ސުވަރުގެ މިންވަރު ކުރައްވާށި.
ޢެ އާއިލާ އައް ތައުޒިއާ ދަންނަވަން