ރާއްޖޭގެ ގާނޫނު އަސާސީއާއި ގާނޫނުތަކާ ޚިލާފަށް އެއްވެސް ކަމެއް ކުރައްވާފައި ނުވާނެ ކަމުގެ ޔަގީން ކަން ދެއްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު އަހުމަދު އީސަ ވިދާޅުވެއްޖެއެވެ.
ގެވެށި އަނިޔާގެ ތުހުމަތު އަމާޒުވެފައިވާ އީސަ މިހެން ވިދާޅުވީ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީގެ މުގައްރިރު ކަމުން އިސްތިއުފާ ދެއްވި ކަމުގެ ލިޔުމުގައެވެ. މަޖިލީހުގެ އިދާރާއަށް ފޮނުވި އެ ލިޔުމުގައި އީސަ ވިދާޅުވީ އެ މަގާމުން އިސްތިއުފާ ދެއްވީ ވެސް އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައިގެ ތަހުގީގަށް އެއްބާރުލުން ދިނުމުގެ ގޮތުން ކަމަށެވެ.
މީގެ އިތުރުން، ރާއްޖޭގެ ގާނޫނު އަސާސީއާއި ގާނޫނުތަކާ ޚިލާފަށް އެއްވެސް ކަމެއް ނުކުރައްވާ ކަމުގެ ޔަގީން ކަން ކެނދިކުޅުދޫގެ ރައްޔިތުންނަށް އަރުވާ ކަމަށް އީސަ އެ ސިޓީގައި ލިޔުއްވާފައިވެއެވެ.
އީސަގެ މައްޗަށް ތުހުމަތު ކުރަނީ އޭނާގެ ކުރީގެ އަނބިކަނބަލުން އަސްރާ ނަސީމަށް ގެވެށި އަނިޔާ ކުރި ކަމަށެވެ. އެ މައްސަލަ ފުލުހަށް ހުށަހަޅާފައިވާއިރު، އީސައާ ދެކޮޅަށް އަސްރާ ވަނީ ފުލުހުންނަށް ބަޔާން ވެސް ދެއްވައިފައެވެ.
އަސްރާއަކީ ނައިބު ރައީސް ފައިސަލް ނަސީމްގެ ކޮއްކޯފުޅެވެ.
އީސަ ހައްޔަރު ކުރުމުގެ އަމުރެއް ހުށަހަޅަން އެދި ފުލުހުން ވަނީ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގައި އެދިފައެވެ. ޕީޖީން ވަނީ އީސަ ހައްޔަރު ކުރުމުގެ އަމުރެއް ނެރެދިނުމަށް އެދި ކްރިމިނަލް ކޯޓަށް ހުށަހަޅައިފައެވެ.
ކޮމިޓީގެ މުގައްރިރު ކަމުން އީސަ އިސްތިއުފާ ދެއްވާފައި މި ވަނީ، އޭނާ އެ މަގާމުން ވަކިކުރުމަށް އިތުބާރު ނެތް ކަމުގެ މައްސަލައެއް ވެސް ކޮމިޓީއަށް ހުށަހަޅާފައިވަނިކޮށެވެ. އެ މައްސަލަ ފާސްކުރަން މިއަދު މެންދުރުފަހު ކޮމިޓީ ބައްދަލުވުމެއް ވެސް ބޭއްވިއެވެ. އެކަމަކު ކޯރަމް ހަމަނުވެގެން އެ މައްސަލައަށް ވޯޓަށް އެހޭ ގޮތެއް ނުވިއެވެ.
ދުލަށް އުފުލޭތެ . ޤާނޫނުގައި އޮތީ ނިކަމެތި އަންހެނުންނާއި ޅަދަރިންނަށް އަނިޔާވެރިވާންދޯ.
ޙަޔާތެއްނެތް. އަގަލެއް ނެތް. ލަދުޙަޔާތުގެ ކަންފުޅެއްވެސް ހުރިނަމަ އަނގަ ވެސް ގުޅުވަން މިއަދު ނުކެރުނީސް. ކަލޭ އިސްތިއުފާދީ . ޢީސަ އަޙައްމަދާ
އެކަމަނާ އާއި އެއްގޭގައި ހުރުމަކީދީނީގޮތުން ހުއްދަކަމެއްނޫން އީސަގެ އެޕާޓްމަންޓުން ނުކުންނަށް އެންގުމުން ނުުތުން އުޒުރުވެރީމާ ބާރަށް އެއްޗެއްބުނުމުން އެއީ ގެވެށިއަނިޔާތަ ވަރިކުރުމުންވެސް ގެވެށިއަނިޔާ މީހުންގެ އަބުރު ކަތިލުން ކިހާދެރަކަމެއް ކީއްވެހޭ އީސާ ތިތާ ގޭގައި ވަރިކުރިފުޅު ބެހެއްޓީ ނިކަން މި ސުވާލަށް ޖަވާބުދީބަލަ
މިމީހުނައް ކޮންމެކަމަކުންވެސް ސަލާމަތްވެވޭ އެބުނީނު ނުކުރަމޭ . ނިމުނީ ވަރައްސިންޕަލް
ގާނޫނީގޮތުން ހުއްދަ ހޯދާގެން ކަމަށްވާނީ އީސަ އަނބިމީހާ އަށް އަނިޔާކުރީ ، އެހެނވީމަތާ ގާނޫނާއި ޚިލާފް ކަމެއް ނުކުރާކަމަށް އެބުނަނީ
ކާަކު އެއްބަސްވާނީ !! ލޮލަށްފެނި އަތުން ހިފިޔަސް އެއްބަސް ވަނީ އެއްނޫން !! ކޮށްފަ ހުންނަ އަނިޔާތަށް ފެންނަން ހުއްޓަސް އެއްބަހެއް ނުވާނެ!! ތީ ފިރިހެނުންގެ ހަޤީޤަތް މުލައްދަނޑީގެ ބާރުން އަނބިން ގެންގުޅެން ބޭނުންވަނީ !! މިހާރު އެގޮތަށް އަނިޔާ އަށް ކެތްކޮށްގެން އަންހެނުން ނުތިބޭނެ!! އެއަށްވުރެ އަންހެނުންގެ ހިތްވަރު މިހާރު މާގަދަ ! “ ކަނބަލުން” ކިޔަނީ އަންހެނުންގެ އަޒުމް ވަރުގަދަ ވީމާ!! އަނިޔާވެރި ފިރިން ސައިޒް ކޮށްފަ ދެން ބަހަޢްޓާނީ !!!
އީސަ ބުނަން ވީ ތިހެންނެއްނޫން ދޯ؟ ބުނަން ވީ އެކަން ކުރީ ހެޔޮނިޔަތުގައޭ އެހެން ބުނީމަ ޕީޖީން އެކަން ވަރަށ ފަސޭހައިން ޤަބޫލް ކުރާނެ، އެކަހަލަ ކަންތަށް ޕީޖީން ވަރަށް ގޯތެރިވެފަ މީގެ ކުރިންވެސް ހުރީ.