ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން އޭނާ އަށް މާފުކޮށްފައިވާ ކަމަށް އެމްޑީއޭގެ ލީޑަރު އަދި ދ. މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު މިރޭ ވިދާޅުވެއްޖެއެވެ.
ހިސާންގެ ކިބައިން ސަން ސިޔާމް މައާފަށް އެދިވަޑައިގަތީ ހިސާން "ދަންޖައްސަން" ޖެހޭ ކަމަށް މަޖިލީހުގައި ވިދާޅުވި މައްސަލައިގައެވެ. އެ މައްސަލައިގައި އިމްތިޔާޒް ކޮމިޓީން އަންގާފައި ވަނީ ސިޔާމް، ހިސާންގެ ކިބައިން މާފަށް އެދިވަޑައިގަތުމަށެވެ.
"ސީއެންއެމް" އިން ގެނެސް ދިން "އިތުރުކާފު" ޕްރޮގްރާމްގައި ސިޔާމް ވިދާޅުވީ ކޮމިޓީން އެގޮތަށް އެންގުމުގެ ކުރިން ވެސް ހިސާންގެ އަރިހުން މާފަށް އެދިވަޑައިގެންފައިވާނެ ކަމަށެވެ. އަދި ހިސާން މިހާރު މާފްކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ސިޔާމް މިރޭ ވެސް ވިދާޅުވީ ކޮމިޓީ ކޮޓަރިއެއްގެ ތެރޭގައި ހިސާން އާ ދިމާލަށް "އެއީ މަރަަންވެފައި ހުރި މީހެކޭ"، ނޫނީ "ދަންޖައްސަންވެފައި ހުރި މީހެކޭ" ވެސް ބުނެފައި ނޯންނާނެ ކަމަށެވެ. ރައްޔިތުންގެ މަޖިލީހަކީ ވަރަށް ގިނަ ބަހުސް އާއި ވަރަށް ގިނަ މަޝްވަރާތައް ކުރިއަށް ގެންދާ ތަނެއްްކަމަށާއި އެމަނިކުފާނު ނޫނަސް ވަރަށް ގިނަ އެހެން މެމްބަރުން އެ ޖަޒުބާތުގައި އެކަހަލަ ކަންތައްތައް ދާ ކަމަށް ވިދާޅުވިއެވެ.
"ތި ކޮމެޓީން މައްސަލަ ބެއްލެވުމުގެ ކުރީގައި އަޅުގަނޑާ ހިސާން އާ ވާހަަކަދައްކައިގެން އަދި އަޅުގަނޑު ވިދާޅުވިން އަޅުގަނޑަށް އަދި ހަރުކަށިކޮށް އެއްޗެއް ބުނެވުނަސް އަޅުގަނޑު ވިދާޅުވިން މާއާފަށް އެދެމޭ. ހިސާން ވިދާޅުވި އާ މައާފުކޮށްފީމޭ" ސިޔާމް ވިދާޅުވިއެވެ.
ސިޔާމް ވިދާޅުވީ، މަޖިލީހުގެ ކޮމެޓީތެރޭ ދައްކާ ވާހަކައަކަށް އެއްވެސް ފަރާތަކަށް ގާނޫނީ ފިޔަވަޅެއް ނޭޅޭނެ ކަމަށާއި އެއީ މަޖިލީހުގެ ތެރެއިން ނިންމަން ޖެހޭނެ ކަމެއް ކަމަށެވެ.
މި މައްސަލަ އިމްތިޔާޒު ކޮމިޓީގެ އިތުރުން ފުލުހަށާއި، ޑިފެންސް މިނިސްޓްރީއަށް ވެސް ހުށަހަޅައިފައެވެ. އިދާރާތަކަށް މި މައްސަލަ ހުށަހެޅީ، ހިސާން މަޖިލީހުގެ ރިޔާސަތުގެ ސަމާލު ކަމަށް މި ކަން ގެނައުމުން މަޖިލީހުގެ ރިޔާސަތުންނެވެ.
ހިސާން "ދަންޖައްސަން" ޖެހޭ ކަމަށް ސިޔާމް ވިދާޅުވަނީ މަޖިލީހުުގެ ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީ (241 ކޮމިޓީ) ގެ ބައްދަލުވުމެއް ނިންމާލި ވަގުތެއްގައެވެ. އެ ކޮމިޓީގައި ވެސް އިންނަވާ ހިސާނަށް ސިޔާމް ފާޑުވިދާޅުވެ ދެއްކެވި އެ ވާހަކައިގެ އޯޑިއޯއެއް ވަނީ ލީކުވެފައެވެ.
ޖޭއެސްސީ އާއި ހިސާނަށް ސިޔާމް ފާޑުވިދާޅުވެފައި މި ވަނީ، މަޖިލީހަށް ހާޒިރުވަޑައިނުގެން އަހަރު ދުވަހު ހުންނެވުމަށް ފަހު ކުއްލިއަކަށް އެ ކޮމިޓީއަށް ވަޑައިގަތަމުން އެމްޑީޕީގެ މެންބަރުން ސިޔާމަށް ފާޑުވިދާޅުވެފައިވަނިކޮށެވެ.
ސިޔާމް ހާޒިރުވި ކޮމިޓީ ބައްދަލުވުމަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ސެކުއިރިޓީ މިދިޔަ މަހުގެ ހަވަނަ ދުވަހުގެ ރޭ ފޫއަޅުވާލި ގޮތުގެ މައްޗަށް ހިންގާ އިންކުއަރީއަށް ބޭއްވި ބައްދަލުވުމެކެވެ.
ހިސާނު އެއީ ދިރިތިބި މީހުން ދުނިޔޭގަ ނެތްކަމަށް ހަދާ. އަސްލު ކިޔާނަން އެއީ އެމީހާގެ ރަނގަޅު ނަން ނޫންކަމަށް ހަދާ ދޮގުހެކިބަސްދީ ސަރުކާރު އޮފީހުގެ ތައްގަޑު ޖަހާ ދިން މީހެއް. އެހާ ސެކިއުލާ ނިޒާމައް ގެންގުޅެން ބޭނުން ވާމީހެއް
ކިޙާވަރެއް ދީގެންބާ ހަމަ ހިލޭސާބަހައް މާފެއް ނުކުރާނެ ޔަގީން ސިޔާމު އަކައް ހެހެހެ
ތި ތ ތިބޭ ބަ އެއް ބޭކަލުން ގެ ނުހުރޭ ލަދު ޙަޔާތުގެ ކަންފުޅެއް ވެސް
ޅާދީނީ ބިލައް ތާއީދުކުރުމެއްނެތް
ޜައީތުން މަޖިލީހެކޭ ދެން ކީކޭބުނާނީ ބުނަން އޮތްއެތި ބޮޑުކަމުން ބުނާކަށްވެސް ނުކެރޭނެ އެނެތްކާ ހައްޔަރުކޮށްފާނެ މިހާރު މީހަކާދިމާލަށް ބަލާލާ ނުނީ ބިނެވޭ ބަަކުންވެސް ހުކުމެތް އަތުވެދާނެ
މާފުކުރުމާއި މާފަށް އެދުން ނުހަނު ރީތި ކަމެއް
ސިޔާމް އާއި ޖާބިރު މެން ކަހަލަ މީހުން ދެކެ ސިޔާސީ އެންމެން ބިރުގަންނާނެ. އެހެންވެ ތިހާ ފަސޭހައިން ތިމާފްކުރީ. ތިއީ ތަންކޮޅެއް އާދައިގެ މީހަކު ކުރިކަމެއްނަމަ މިފަހަރު އުލުބައިންދާނެ.