އައްޑޫ ސިޓީގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި، ހަރުކަށި ފިކުރު ފަތުރަމުންދާ ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މަފްތޫހް ސައީދު ސުޕްރީމް ކޯޓުން ދޫކޮށްލާފައިވަނިކޮށް، އަނެއްކާ ވެސް ހައްޔަރުކޮށްފިއެވެ.
އައްޑޫ ސިޓީން މަފްތޫހާއެކު ފަސް މީހަކު ހައްޔަރުކުރިއެވެ. އެ މީހުން ދޫކޮށްލަން ދަށު ކޯޓުން ނިންމުމުން ދައުލަތުގެ ފަރާތުން ހައި ކޯޓުގައި މައްސަލަ އިސްތިއުނާފް ކުރިއެވެ. އެ މީހުން ބަންދު ކުރަން ހައި ކޯޓުން ނިންމިއިރު މަފްތޫހްގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުން އެ ކޯޓުން އެންގީ އޭނާ ދޫކޮށްލުމަށެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް "ވަގުތު" އަށް ވިދާޅުވި ގޮތުގައި މަފްތޫހް ދެވަނަ ފަހަރަށް ހައްޔަރު ކުރީ މިދިޔަ ބުރާސްފަތި ދުވަހުގައެވެ. އެއީ ކޯޓު އަމުރެއްގެ ދަށުން ކަމަށާއި އޭނާގެ ބަންދަށް ކޯޓުން 14 ދުވަހުގެ މުއްދަތެއް ޖަހާފައިވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.
ގއ. ކޮލަމާފުށި މީހެއް ކަމަށްވާ މަފްތޫހް ދޫކޮށްލަން ސުޕްރީމް ކޯޓުން އަމުރު ކުރިއިރު، އެ އަމުރުގައި ވެސް އޭނާއާ ދެކޮޅަށް ފުލުހުން ހުށަހަޅާފައިވާ އިންޓެލިޖެންސް ރިޕޯޓްގެ އިތުރުން އެހެން ހެކިތައް ހުރިނަމަ އަލުން ކޯޓަށް ހުށަހަޅައިގެން ބަންދުގެ އަމުރަކަށް އެދެވިދާނެ ކަމަށް އޮތެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާއަށް ފަހު، އެ ތަހުގީގުގެ ތެރެއިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފުލުހުންނާއި ސިފައިން ގުޅިގެން ބޮޑެތި އޮޕަރޭޝަންތަކެއް ހިންގައި ގިނަ ބަޔަކު ހައްޔަރުކުރިއެވެ.
އޭގެ ތެރެއިން ރައީސް ނަޝީދަށް ދިން ބޮމުގެ ހަމަލާގެ ފަހަތުގައި ފަސް މީހަކު ހިމެނޭ ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.
ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ހައްޔަރުކުރި މީހުންގެ ފުލުހުން މިހާތަނަށް ވަނަވަރު ހާމަކޮށްފައިވާ މީހުންނަކީ ވ. ތިނަދޫ އަދުހަމް އަހުމަދު ރަޝީދާއި، މއ. ފޭރުގޭ މުޖާޒް އަހުމަދާއި ގއ. ކޮނޑޭ ތަހުމީން އަހުމަދުއާއި، ލ. ގަން އަހްމަދު ފާތިހުގެ އިތުރުން ނ. މަނަދޫ އަލީ ހައިޝަމްއެވެ.
ފްރީ ގަލޯ.
އަދިވެސް ދޫކޮށްލާނެ.މީނަޔަކީ އަންނިގެ ވަރަށް އަރިސްބޭފުޅެއްގެ ދައްތަގެ ދަރިޔެއް.