އައިޖީއެމް ހޮސްޕިޓަލަށް ގިނަ އަދަދެއްގެ ނަރުހުން ހޯދަން މިއަދު އިއުލާންކޮށްފިއެވެ.

އެ ހޮސްޕިޓަލަށް ހޯދަނީ ރެޖިސްޓާޑް ނަރުހުންނާއި، ސީނިއާ ރެޖިސްޓާޑް ނަރުހުން އަދި ކްލިނިކަލް ނަރުުހުންގެ ގޮތުގައި މަސައްކަތްކުރާނެ 12 މީހެކެވެ.

ރެޖިސްޓާޑް ނަރުހުންގެ ހުންނަން ޖެހޭ ޝަރުތުތަކުގެ ތެރޭގައި ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް ފަހެއް ނުވަތަ ހައެއްގެ ސަނަދެއް ހާސިލްކޮށްފައިވުން އަދި ސީނިއާ ރެޖިސްޓާޑް ނަރުހުންގެ ހުންނަ ޖެހޭ ޝަރުތުތަކުގެ ތެރޭގައި ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް ހަތެއް ނުވަތަ އަށެއްގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، ނާސިން ދާއިރާއިން ޖުމްލަ ދެ އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން ހިމެނެއެވެ.
ކްލިނިކަލް ނާސްގެ ޝަރުތުތަކުގެ ތެރޭގައި ލެވެލް ނުވައެއްގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، ނާސިން ދާއިރާއިން ޖުމްލަ ދެ އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން ހިމެނެއެވެ.
މި ފަރާރްތަކަށް ސިވިލް ސާވީސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ އަދި ބަންދު ދުވަހުގެ ފައިސާ ލިބޭނެ ކަމަށް އިއުލާނުގައިވެއެވެ.
މަގާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި މި މަހުގެ 12 ވަނަ ދުވަހުގެ 13:00 ގެ ކުރިން އީމެއިލް މެދުވެރިކޮށް ހުށައަޅަން އައިޖީއެމްއެޗުން ވަނީ އެދިފައެވެ.
މަގާމަށް ހޮވުނު މީހުންގެ އިންޓަވިއު އޮންނާނީ މި މަހު 13 އިން އޮގަސްޓު ފަހަކާ ދެމެދުއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ވިސްނާލުމަށް އެދެމޭ

    އަނެއްކާ ކޮންގައުމެއްގަ އިއުލާންކުރީ...ގުރުއާން އަރަބި ޓީޗަރުންހޯދަންވެ ސް އިއުލާނުކުރީ ކަރުނާޓަކާގަޔޯ...މީވާ ސަރުކާރެއް..

  2. ޓަކަފިރޯށި

    ދިވެހި ނަރުހުން ތިކަމާ އުޅޭނެ ކަމެއްނެތް! ތިކަން އޮތީ މިހާރު އިންޑިއާ މީހުނަށް ހަމަޖެހި ނިމިފަ!

    3
    1
  3. ބޮއިހަލާކު

    ވަޒީފާއަށް އެދޭ ފޯމު ހުށަހަޅަން ޖެހޭނީ އިންޑިޔާ ހައިކޮމިސަނަށް ތޯއްޗެއް.

    1
    1
  4. ކިޔުންތެރިއެއް

    މިހާރުވެސް އިންޑިޔާއިން ގެއްނަހާ ނަރުހުންކޮބާ؟ ގައިމުވެސް ދުވާލެއްގެ މަށްޗަށް އެތަށް ބައިވަރު އިންޑިއާ ނަރުހުންނެއް ތިތަނަށް ވައްދާ. އަދި ނުވީތާކަށް އޭޑީކޭގަ އުޅޭނަރުހުން އެތަނުގެ މުސާރަ ރަނގަޅު ނުވުމާ ބޭނުން ވަރަކަށް އޯޓީ ނުޖެއްސޭތީ އައީޖީމެއްއެޗް ގަ ނަމުގަ އުޅޭ އަދި ރާއްޖޭގެ ހުރި ހުރިހާ ހޮސްޕިޓަލް ތަކެއްގަ އައުޓްޕުރެކްޓިސް ކުރާ ޑޮކްޓަރުންނާ ގުޅިގެން އައިޖީއެމްއެޗް އަށް ބަދަލުވާ އިންޑިއާ ނަރުހުންތަށް ކޮބާ؟ އައިޖީއެމްއެޗްގަ ގިނަ މުހިންމު އިސް މަގާމުތަކުގަވެސް އިންޑިއާމީހުން. މުސާރަ ރަނގަޅުވެފަ، ބޭނުންވަރަކަށް އޯޓީ ލިބިފަ، ލިވިންއެލަވަށް ލިބިފަ، ހުއްނާނެތަންލިބިފަ، ދިވެހި މުއައްޒަފަކަށްލިބޭ ހުރިހާ ޗުއްޓީއެއްލިބިފަ، އުޅޭނެ ގޮތަކަށް އުޅެން ފުރުސަތު ލިބޭތަނެއް އައިޖީއެމްއެޗް އަކީ. އަމިއްލަ މީހުން ހިންގާ ހޮސްޕިތަލްތަށް ކުރިއެރުވުން މަގުސަދަކީ. އިހުލާސްތެރިންނެއްނޫޅޭ. ތިމަށްނަގެ ޖީބު ފުރުނީމައެނިމުނީ. އައިޖީއެމްއެޗް ތީ ފެއިލްވެފަ އޮތްތަނެއް. ޑޮކްޓަރަށް ނޫނީ ސުކޭނެއްހަދަން އެންއަހަރުކުރިން އެޕޮއިންޓްމަންޓް ހަދަންޖެހޭ. ރުފިޔާހުއްނަމީހަކު ބޮޑު އަދަދުދީގެން އަމިއްލަ މީހެއްގެ ހޮސްޕިޓަލަށްދާއިރު ހަމައެއްކަލަ އައިޖީއެމްއެޗް ގަ ލިސްބޮޑުވެގެން އަވަހަށް ނުހެދޭނެކަމަށް ބުނެ އެހެން ހޮސްޕިތަލަކަށް ދާން ރިފާ ކުރި ޑޮކޮޓަރުމިތާވެސް މިހުންނަނީ. ލޮލް.

  5. ސާބަސް

    އިންޑިޔާ އަކަށްނޫންތަ އިއުލާނުކުރީކީ؟!