ނަފުރަތުގެ އަމަލުތަކަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައަޅާ ގޮތަށް ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމަށް ސަރުކާރުން މަޖިލީހަށް ހުށައެޅި ބިލް ދިފާއުކުރަން، ސަރުކާރުން މަސައްކަތް ނުކުރައްވާތީވެ އެމްޑީޕީ މެންބަރުންގެ ފާޑުކިޔުން އަމާޒުވެއްޖެއެވެ.

މަޖިލީހުގެ ތަޅުމުގައި ކޮމިޓީ ރިޕޯޓް އިއްވަމުން ޖުޑިޝަރީ ކޮމިޓީގެ މުގައްރިރު އަދި މާފަންނު އުތުުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ ވިދާޅުވީ، އެ ބިލަކީ ކިތަންމެ ކުރު ބިލެއް ކަމަށްވިޔަސް ކޮމިޓީ މަރުހަލާގައި ގިނަ އަދަދެއްގެ ހިޔާލުތައް ލިބިވަޑައިގެންނެވި ކަމަށެވެ.

އޭގެ ތެރޭގައި ބިލު އަނބުރާ ގެންދިޔުމަށާއި ބިލު ފާސްކުރަން ކޮމިޓީއަށް ސިޓީތައް ލިބިވަޑައިގެންނެވިކަން އިންތި ފާހަގަކުރެއްވިއެެވެ.

"ބައެއް ފަރާތްތަކުން މުހިއްމު ހިޔާލުތައް ހުށައަަޅާފައިވޭ" އިންތި ވިދާޅުވިއެވެ. އިންތި ވިދާޅުވީ ބިލުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ ވަކި ގޮތަކަށް ވިސްނުން ބެހެއްޓުމުގެ ބަދަލުގައި ގައުމުގެ މަސްލަހަތަށް ބަލައިގެން ކަމަށެވެ.

އިންތި ވިދާޅުވީ، އާއްމު ތަނެއްގައި މީހަކު މުރުތައްދުވެއްޖެނަމަ ކާފަރަކަށް ގޮވޭނެ ކަމަށް ބިލަށް އިސްލާހު ގެނައި އިސްލާމިކް މިނިސްޓްރީން ކޮމިޓީއަށް ހިޔާލު ހުށައެޅީ ގޮތަށް ކަމަށެވެ.

"އިސްލާމިކް މިނިސްޓްރީން އެހެން ލިޔުނީމާ ހިތާ ދެކޮޅަށް މިބައި އިތުރުކުރީ،" އިންތި ވިދާޅުވިއެވެ.

މި ބިލަކީ ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށައެޅީ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިންއެވެ. އިންތީ ވިދާޅުވީ ބިލުގައި ހުރި ކަންތައްތަކަކީ ބަލައިނުގަނެވޭނެ ކަންކަންކަށް ގޮތުގައި މެންބަރުންގެ ފުރާނައަށް ނުރައްކާވާ ވަރަށް ބައެއް ފަރާތްތަކުން މަސައްކަތް ކުރަމުންދާ ކަމަށެވެ.

ސަރުކާރުން މަޖިލީހަށް ބިލް ހުށައެޅުއްވީ މުޖުތަމައުގެ ތެރޭގައި ދީނާ ގުޅުވާ މީހުންގެ ފުރާނައާށް ގެއްލުން ދިނުމަށް ގޮވާލުމާއި މީހުން ކާފަރު ކުރަން ގޮވުން ފަދަ ކަންތައް އިތުރުވަމުންދާތީކަން ފާހަގަކުރައްވާ އިންތި ވިދާޅުވީ ބިލު ހުށައެޅުމަށް ފަހު ބިލު ދިފާއުކުރަން ސަރުކާރުން މަސައްކަތް ނުކުރައްވާތީވެ ހިތާމަކުރައްވާ ކަމަށެވެ.

"އިންތިހާއަށް ކަންބޮޑުވަން. ބިލް ދިފާއުކޮށްދޭން ސަރުކާރުން ނިކުމެވަޑައިގަންނަވާތަން ނުފެންނާތީ އިންތިހާއަށް ކަންބޮޑުވަން،" އިންތި ވިދާޅުވިއެވެ.

ބިލު ހުށައެޅުމުން ހިސާނަކީ ލާދީނީ މީހެއްގެ ގޮތުގައި ލޭބަލްކޮށް އޭނާގެ ފުރާނައަށްވެސް ނުރައްކާވާ ހިސާބަށް ގޮސްފައިވާތީވެ އިންތި ކަންބޮޑުވުން ފާޅުކުރިއެވެ.

ބިލަށް ވާހަކަ ދައްކަވަމުން އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވީ، އސަރުކާރުން ބިލު ދިފާއު ކުރަން މާ ގިނަ ކަމެއް ނުކުރައްވާ ކަމަށެވެ.

ބިލުގެ ހަބަރުތައް މީޑިއާއިން ގެނެސްދޭއިރު "ހިސާނު ބިލް" ކިޔާތީވެ އެކަމަށްވެސް ފާޑުކިޔަމުން ވައްޑެ ވިދާޅުވީ ދައުލަތުގެ މީޑިއާގައި ވެސް ރިޕޯޓްކުރަނީ "ހިސާނު ބިލް" ކަމަށެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ފާޑުވިދާޅުވެ ވައްޑެ ވިދާޅުވީ ސަރުކާރުން މަޖިލީހަށް ބިލު ފޮނުވާފައިވަނީ "ހިސާނު ހަވަރަށް" ދޭ އުސޫލުން ކަމަށެވެ.

"ރައީސުލްޖުމްހޫރިއްޔާއަށް ދަންނަވާލަން ހިތްވަރު ނެތިއްޔާ ނުކުރާނީ މި ކަހަލަ ކަންކަން" ވައްޑެ ވިދާޅުވިއެވެ.

ބިލުގެ ބަހުސްގައި ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއިލް ނަސީމްވެސް ވަނީ ހިސާނު ދިފާއުކުރައްވާ ވާހަކަ ދައްކަވާފައެވެ.

"ހިސާނު ބިލް" އެއް ނޫން ކަމަށާއި އެ ބިލަކީ ނަފުރަތު އާންމުކޮށް ބައެއްގެ ފުރާނަ ގެއްލުން ވާނެތީވެ ސަރުކާރުން ހުށައެޅި ބިލެއް ކަމަށް ވިދާޅުވެ ހިސާނަށް އަމާޒުވާ ފާޑުކިޔުންތަކަށް މީކާއިލް ރައްދު ދެއްވިއެވެ.

އެކަމަކު ބިލު މަޖިލީހަށް ފޮނުވުމަށް ފަހު ސަރުކާރުން ދިފާއުކުރަން އުޅުއްވާ ތަނެއް ފެނިވަޑައިނުގަންނަވާ ކަމަށް މީކާއިލް ވިދާޅުވިއެވެ.

"މިއީ އިބްރާހީމް މުހައްމަދު ސޯލިހްގެ ބިލް، އެ ކޯލިޝަންގައި ހިމެނޭ ގާސިމް އިބްރާހީމާއި އިމްރާން އަބްދުﷲ ގެ ބިލް، ހިސާންގެ ބިލެއް ނޫން މިއީ" މީކާއިލް ވިދާޅުވިއެވެ.

އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން ފާސްކުރީ ނަފުރަތުގެ ބިލު އަނބުރާ ކޮމިޓީއަށް ފޮނުވާލުމަށެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

  1. އަބްދޫ

    ނަފްރަތު އުފެދެ ގޮތަށް އެކަކުވެސް ނޫލެބަލަ . މީހުންގެ ލޯބި ހޯދަން އުލެބަލަ. ކަންކަން އުގެނި ދަސްކޮށްބަލަ. ތިމާއަކީ މުސްލިމަކު ކަން އަމަލާއި ބަހުން ދައްކަދީބަލަ. އޭރުންއެއްވެސް މުސްލިމަކު އެމިހަކަށް ނަފްރަތު ނުކުރާނެ. ގާނޫނު ހަދައިގެން އިސްލާމަކު ކަމަށް ދައްކައިގެންހުރެ އެމީހަކު ބޭނުންވާގޮތަކަށް ގައިރު މުސްލިމުން ކުރާކަންކަން ކުރުމުންވެސް ތިޔަކުރަނީ މުސްލިމުން ކުރަންހެޔޮ ނުވާ ކަމެކޭ ވެސް ބުނިޔަނުދިއަނގަތަށް ބަންދު ކުރީމަ ނަފްތު ބޮޑަށް އިތުރުވާނެ. ހަރުކަށިކަންވެސް އިތުރުވާނެ. އިންތިމައީ ފޭރާން ވެސް އިތުރަށް ވީދެންފަށާފާނެ.

    23
    1
  2. އިބްރާހިމް

    ލާދީނީ ބައިގަނޑު ހަމަ ކެކިނަގަނީ.

    13
  3. ޤާދިރު

    ލާދީނީ ސެކިއުލާ މީހުން ރުޅިއަންނާނެ ތި ބިލާ ދެކޮޅަށް ވާހަކަ ދެއްކީމަ

    13
  4. ޞތ

    މަޖިލީހުގަ ތިބި 3 މޮޔަ

    11
  5. ދިވެހިރާއްޖެ

    މިބިލުގެ ދިފާއުގައި ވާހަކަދައްކާތަން މިފެންނަނީ މަޖިލީސް ތެރޭ އެއްމެ ބޮޑަށް ނަފުރަތު އުފެދޭ ކަހަލަ ވާހަކަތަށް ކޮންމެ ދުވަހަކުވެސް ގޮވަމުންދާ މެމްބަރުން ' މިކަމުން ވެސް އެނގިގެންދަނީ ވަކިބަޔަކު ނޫނީ ވަކަި މީހަކު ގެ ދިފާއުގައި ފާސްކުރަން އުޅޭ ބިލެއްކަމަށް ، ކިތައްމެ ބިލެއް ފާސްކުރިޔަސް ލާދީނީ ވީމަ ލާދީނީއޭ ގޮވާނަން ތިޔަ ބިލަށް ވޯޓްދޭ އެއްމެންނަކީ ލާދީނިއްޔަތަށް ސަޕޯޓްކުރާމީހުން #އަދިވެސް ގޮވާނަން

    14
  6. ހުސޭނުބޭ

    ތިކިޔާ ނަފްރަތުގެ ބިލަކީ ވަފްރަތު އުފައްދާ ބިލެއް! ދެން ކީއްކުރަން ތިއަކައިގެން އުޅެންވީ

    12
  7. ސަރްކާރް

    ލާދީނީ އަށް އަހަރެމެން ބުނަނީ ނޫނެކޭ.

    12
  8. ހައްނާން

    އަންނަ އިންތިޚާބުގައިވެސް އެމްޑީޕީގެ ކެންޑިޑޭޓަކީ އިބްރާހިމް މުހަންމަދު ސޯލިހު އިނގޭތޯ..

    5
    6
  9. ރީދޫ

    ލާދީނީ ބިލު ބޭރުކުރޭ

    16
  10. ޙހހހ

    މިޤައުމުގައި ނަފްރަތު އޮތީ ދީނީ ހިޔާލްތަފާތުވެގެނެއްނޫން ، އެކަކު އަނެކެއްގެ ޒާތަށް އަރާ ފުރައްސާރަކޮށް ، މަޤާމާއި ބާރުގެ ބޭނުން ބަދަލު ހިފުމުގެ ރޫހުގައި ކުރައްވާތީ ، ތިމާ ނުރުހޭ ކޮންމެ މީހަކަށް ދުނިޔޭގައި އުޅެންވެސް އުނދަގޫ

    10
  11. ފިލްމް އެނަފްރަތު

    "އިސްލާމިކް މިނިސްޓްރީން އެހެން ލިޔުނީމާ ހިތާ ދެކޮޅަށް މިބައި އިތުރުކުރީ،" އިންތި ވިދާޅުވިއެވެ އަމި އްލަ އަތަށް ގޮވާ ފަޅީހަތްވާ އިރުވެސް ނޭނގޭ. ހެ ހެ ހެ

    11
  12. އާދަމްބޭ

    ދިވެހި ޤައުމަށްވެސް އަމާންކަމާ ފާގަތިކަމާ ސުލްޙަވެރިކަން އޮތީ ރައްޔިތުން އެމީހުންގެ ނަފްސުތަށް އިސްލާމީ ތަރުބިއްޔަތުގެ ދަށުން ތަރުބިއްޔަ ކޮއްގެން. ޢަމަލުތަކާއި ބަސްމަގު އިސްލާމީ ތަރަހައިގެ ތެރޭގާ ބައްޓަން ކޮއްގެން.
    . އެހެން ނޫނިއްޔަކާ އިސްލާމް ދީން އެ މުޖުތަމަޢެއް ބިނާކުރުމަށް ގޮވާލާ މުޖުތަމަޢެއްގެ ބިންގަލެއް ނޭޅޭނެ.
    އެހެންނޫނީއްޔަކާ މަޖިލިސް މެންބަރުކަމުގާ ވަކި މީހެއް ހުރުމެކޭ ނުހުރުމެކޭ ވަކި ތަފާތެއް ނާންނާނެ..
    މިހާރު މިވާ ގޮތަކީ އިސްލާމް ދީނޭ އިސްލާމީ ޝަރިއްޔަތޭ ކިޔާ ބައެއް ފަހަރަށް ވަޟައީ ޤާނޫނުތައް ވެސް ހަ ދާ ނިންމާލަނީ މަޖިލިސްތެރޭގާ ﷲ ގެ އަމުރާ ޙުކުމާ އި ދިިކޮޅަށް. ބަލާބެލުމަށް ގިނަ މެންބަރުން ގެ ބަސްމަގު ހުންނަގޮތުން ކާފިރު ފާޖިރެކޭ އެއްގޮތް.. ތައުޙީ ދަކީ ކޯންޗެއްކަން ޝިރުކަކީ ކޯންޗެއްކަން ނޭނގޭ ކަހަލަ...
    އެހެންވީމާ އަހަރުމެން ވެރިންނަށް ޢައްޔަންކުރަންވީ ވާހަކައެއް ދައްކައިފިއްޔާ ތެ ދުހަ ދާ މީހުން. އަމާނާތް ތަކަށް ރައްކާތެރިވާ މީހުން.... އަ ދަބު އަޚްލާޤް ރަނގަޅު ކަމަށް ޤާބިލް ދީން އުނގެނިގެން ތިބި ޢިލްމުގެ ދަރިވަރުން...

    ކުލުނެއް ހުރި ނަމަ ވަޒަނުގެ މައްޗަށް ޚުލްޤުގެ ހެޔޮކަން ދެއްކޭނީ ވެސް އޭރުން

    7
    1
    • އަހުމަދު

      110% އެއްބަސް

  13. ނާސް

    ލާދީނީ މީހުންނާއި އެމީހުންގެ ނުރައްކާތެރި ވިސްނުން ބޭޒާރު ކުރެއްވީތީ ﷲ އަށް ހަމްދުކުރަން. އަދި އެމީހުން މި ގައުމުގް އެންމެހާ އާރަކާއި ބާރުން ދުރުކުރުވައި ބަލިކުރެއްވުމައް އެދި އިޚްލާސްތެރިދުއާ ދަންނަވަން.

  14. މަ

    މަށާ ދިމާލަށް ކާފަރޭގޮވާ ދުވަހު ތީގެން އެ އްޗެއްގެ ދަތްޕިލަ ލުހެލާނަން

    3
    2
  15. މަރު

    ކާފަރޭ ގޮވާބަލަ ދިމާލަށް ނިކަން

  16. ވިސްނާފިކުރުކުރޭ

    ދިވެހި ޤައުމަށްވެސް އަމާންކަމާ ފާގަތިކަމާ ސުލްޙަވެރިކަން އޮތީ ރައްޔިތުން އެމީހުންގެ ނަފްސުތަށް އިސްލާމީ ތަރުބިއްޔަތުގެ ދަށުން ތަރުބިއްޔަ ކޮއްގެން. ޢަމަލުތަކާއި ބަސްމަގު އިސްލާމީ ތަރަހައިގެ ތެރޭގާ ބައްޓަން ކޮއްގެން.
    -އާދަމްބޭ-

  17. ޙަސަނާ

    އިސްލާމްދީނައް މަޖިލިހުގެ ތަޅުމުގަ އެންމެގިނައިންބަދުބަސްބުނާ މި3މީހުން ކޮންނަފުރަތުގެބިލެކޭކިއާކައްތަ.ބިލަކީ ހަމަސީދާ100ޕަސެންޓު ލާދީނީބިލެއް މި މީހުންތަޅުމުގަ ތިބެގެންކުރާކަމަކީ މިގައުމުގެ އިސްލާމީރައުސްމާލުންކަމުގާވާ އިލްމުވެރިންނައްފުރައްސާރަކުރުމާ ދިވެހިރައްޔިތުންގެ ހިތްތަކުަގަ އިލްމުވެރިންނާ އިސްލާމްދީނާ މެދު ނަފުރަތު އުފެއްދުމައް ވާހަކަދެއްކުން ކެރެންޔާ 3މީހުން އިސްތިއުފާދީފަ އަލުން ހޮވިލަބަލަ ދާއިރާގަވެސް ތިތިބީފެއިލްވެފަ ތިބި މަރުމޮޯލުތަކެއް އަދިބުނަން މިގައުމަކީ މިގައުމުގެ ރައްޔިތުންނަކީ ނަސީދު ކުޅޭހާ ކުޅިއެއްކުޅެންދޫކުރާނެ ބައެއްނޫންވީމަ އިންދިއާސިފައިންގެނެސްގެން މިގަެުމުގެ ސަލާމަތީބާރުތަކަެްފާރަލަމުންތިގެންދުވަނީ.