ސިޔާސީ ބޭފުޅުން ނުތިއްބަވާ ގޮތަށް، ފަނޑިޔާރުންގެ ކަންކަން ބަލަހައްޓަން އޮންނަ މުއައްސަސާ ކަމުގައިވާ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ބަދަލު ކުރަން ގާނޫނުއަސާސީއަށް އިސްލާހު ގެންނަ ބިލެއް ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިގް ހުށަހަޅުއްވައިފިއެވެ.
މިއީ މި ބިލު ތޯރިގް ހުށަހަޅުއްވާ ދެ ވަނަ ފަހަރެވެ. މިދިޔަ އަހަރު މި ބިލު ހުށަހަޅުއްވައިގެން، 87 މެންބަރުން ތިއްބަވާ މަޖިލީހުގެ 50 މެންބަރަކު ވޯޓު ދެއްވީ ބިލު ބޭރުކޮށްލުމަށެވެ. ބިލު ބަލައިގަންނަން ވޯޓު ދެއްވީ އެންމެ 13 މެންބަރުންނެވެ.
ގާނޫނުގައިއަސާސީގައި ޖޭއެސްސީ އެކުލެވިފައި އޮންނަ ގޮތަށް ބަލާއިރު އެ ކޮމިޝަންގައި ގިނަ އަދަދެއްގެ ސިޔާސީ ބޭފުޅުން މިހާރު ތިއްބަވައެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާގެ މެންބަރަކާއި، މަޖިލީހުގެ ރައީސްއާއި، މަޖިލީހުގެ މެންބަރަކާއި، ބަންޑާރަ ނައިބު އިންނަވައެވެ.
އެހެންވެގެން ޖޭއެސްސީ މެދުވެރިކޮށް އެ ކޮމީޝަންގައި އޭރަކު ތިއްބަވާ ސިޔާސީ ބޭފުޅުން ބޭނުންވާ ގޮތަކަށް ޝަރުއީ ނިޒާމު ބައްޓަން ކުރަމުންދާ ކަމަށް ބުނެ، މީގެ ޝަކުވާ އަބަދުވެސް އޮވެއެވެ.
ތޯރިހް ހުށަހެޅުއްވި ބިލުގައި އޮތް ގޮތުން، ޖޭއެސްސީގައި މި ހަތަރު ބޭފުޅުންނެއް ނުތިއްބަވާނެއެވެ. ޖޭއެސްސީގައި ތިއްބަވަނީ އުއްތަމަ ފަނޑީޔާރާއި، މިހާރު ވެސް އެކުލެވުމުގައިވާ ގޮތަށް ހައި ކޯޓުން އިންތިޚާބު ކުރާ ފަނޑިޔާރަކާއި، ދަށު ކޯޓުން އިންތިޚާބު ކުރާ ފަނޑިޔާރަކާއި، ވަކީލުން އިންތިޚާބު ކުރާ ވަކީލެކެވެ.
އޭގެ އިތުރުން މިހާރު ނެތް ދެ މެންބަރަކު ހިމަނަން ބިލުގައި އޮތެވެ. އެއީ ސިޔާސީ ބޭފުޅުންގެ ބަދަލުގައި، ގައުމީ ފަންނު ފިޔަވައި އެހެން ފަންނުތަކުގެ ތަޖުރިބާކާރުންގެ ތެރެއިން މަޖިލީހުން ރުހުންދޭ ތަޖުރިބާކާރަކާއި، ޝަރީއާ މުދައްރިސުންގެ ތެރެއިން މުދައްރިސެކެވެ.
ޖޭއެސްސީގައި މިހާރު ތިއްބެވި އެމްޑީޕީގެ ބޭފުޅުން ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވާ ކަމުގެ ތުހުމަތު ވެސް ކުރެވެއެވެ. މި ގޮތުން އިދިކޮޅު ކޯލިޝަންގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތަށް ނުފޫޒު ފޯރުވާ ކަމަށް ޕީޕީއެމްއާއި ޕީއެންސީގެ އިސް ބޭފުޅުން ތުހުމަތު ކުރައްވައެވެ.
ޖޭއެސްސީގެ އެކުލެވުން ބަދަލު ކުރުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދުފުޅެކެވެ. ރިޔާސީ ދައުރު ނިމުމުގެ ކުރިން އެ ކަން ކުރައްވާނެ ކަމަށް ރައީސް އޮފީހުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސްގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވެސް ވަނީ ވިދާޅުވެފައެވެ.
އެކަމަކު މިހާތަނަށް އައި އިރު ވެސް ޖޭއެސްސީގެ އެކުލެވުން އެ އޮތް ގޮތަށް ބާއްވައިގެން ކުރިއަށް ދާތީ އާންމުންގެ ގިނަ ފާޑުކިއުމެއް އެމްޑީޕީއަށާއި ސަރުކާރަށް ދަނީ އަމާޒު ކުރެވެމުންނެވެ.
ޖޭއެސްސީގައި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވެސް އިންނަވައެވެ. މީގެ އިތުރުން ޖޭއެސްސީގެ ރައީސްއަކީ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިނެވެ. މިއީ ޖޭއެސްސީގެ ރައީސްކަން ސިޔާސީ ބޭފުޅަކު ކުރައްވާ ވެސް ފުރަތަމަ ފަހަރެވެ.
މިގައުމުގަ ޕޮލިހުންނާ ފަނޑިޔާރުގެ ސިޔާސީ މީހުން އަތްދަށުން މިނިވަން ކުރުމަކީ އޭނުވާނެ ކަމެތް
ތިކަމުން ސާފްވަނީ ރައީސް ޔާމީންގެ ޝަރީޢަތަށް ސިޔާސީ ވަދެފައިވާ މިންވަރެވެ. ރައީސް ޔާމީން އެހުންނެވީ ޞާލިޙްގެ ޖައްބާރުކަމުގައި ގައިދުކޮށްފަ! ހަމަ މިހާރުން މިހާރަށް ރައީސް ޔާމީން މިނިވަންކުރޭ!
ﷲ އައް ބިރުވެތިގެން ނޫންގޮތަކަށް ސިޔާސީ ނުފޫޒުން އެއްކިބާ ވެވޭނެ ގޮތެއް ނޯންނާނެ އެއީ އެމީހުން އައްޔަން ކުރާނީ ކޮއްމެވެސްބައެއް މުސާރަ ދޭނީވެސް ކޮށްމެވެސްބައެއް އިންސާނުންކަމައްވާތީ އެކިއެކި ހާޖަތްތަކުގާ އެހީތެރިކަން ހޯދާނީވެސް ކޮށްމެވެސް ބައެއްގެ ކިބައިން.
ތޯރިގު ހުށަހެޅުއްވި ބިލަށް ތާއީދު ކުރަ މެވެ ވީހާ އަވަހަކަށް
ޖޭ އެސް ސީ އިސްލާހް ކުރަން ޖެހެއެވެ ސިޔާސީ ތަޣައްޔަރުކަން ފިލުވައި އަދުލު އިންސާފު ގާއި މު
ކުރު މަށްޓަކައެވެ.
އިޚްލާސްތެރިކަމެއްގަ ކުރި ކަމެއް ނަމަ ބާރު އޮތް ދުވަހު ތިކަން ނުކުރީ ކީއްވެތޯ؟؟
ތިޔަބިލްމިފަހަރުވެސް ބޭރުކޮށްލާނެ ތިޔަކޮމިޝަނައް މިސަރުކާރުންބަދަލުގެންނާނީ ރައީސް ޔާމީން އަށް 2023 ގައި ކުރިމަތިނުލެވޭނެކަން ޔަގީންކޮށްްފަ އެއީ މިސަރުކާރުގެބޭނުމަކީ