ނިމިގެންދިޔަ އޮގަސްޓް މަހުގައި އެންމެ ގިނަ މީހަކު ޖަލަށްލާފައިވަނީ މަސްތުވާތަކެތީގެ މައްސަލަތަކާއި ގުޅިގެން ކަން ކަރެކްޝަންސްގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
ކަރެކްޝްޝަންސްއިން ނެރެފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، މިދިޔަ މަހު 46 މީހަކު ވަނީ އެކި ޖަލުތަކަށް ގެންގޮސްފައެވެ.
އެގޮތުން ޖަލަށް ގެންދިޔަމީހުންގެ ގެ ތެރެއިން 61.1 އިންސައްތަ މީހުންނަކީ މަސްތުވާތަކެތީގެ މައްސަލަތަކުގައި ޖަލަށް ގެންގޮސްފައިވާ މީހުންނެވެ. މަސްތުވާތަކެތީގެ މައްސަލަތަކުގެ އިތުރުން ދެން އެންމެ ގިނަ މީހުން ޖަލަށް ގެންގޮސްފައިވަނީ ފޭރުމާއި ލޫޓުވުމުގެ މައްސަލަތަކުގައެވެ. އެގޮތުން އެފަދަ މައްސަލަތަކުގައި 11.1 އިންސައްތަ މީހުން ޖަލަށް ގެންގޮސްފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.
އަދި ކުޑަކުދިންގެ އެކި މައްސަލަތަކުގައި 2.8 އިންސައްތަ މީހުން ޖަލަށް ގެންގޮސްފައިވާއިރު، އެހެނިހެން މައްސަލަތަކުގައި 13.9 އިންސައްތަ މީހުން ވަނީ ޖަލަށް ގެންގޮސްފައެވެ.
ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ މަހު ޖަލަށް ލާފައިވާ 46 މީހުންގެ ތެރެއިން 36 މީހަކަށް ވަނީ ހުކުމް ކޮށްފައެވެ. އަދި 10 މީހެއްގެ ތަހުގީގު އަދިވެސް އަންނަނީ ކުރަމުންނެވެ.
މިދިޔަ މަހު 46 މީހަކު ޖަލަށްލާފައިވާއިރު، ހުކުމް ތަންފީޒު ކުރުމަށްފަހު 37 މީހަކު ވަނީ މިނިވަންވެފައެވެ. އަދި ޕެރޯލްގެ ދަށުން 7 މީހަކު ވަނީ މިނިވަން ވެފައެވެ.
ތަފާތު ހިސާބު ޖަހައިގެން އިންސަތަށް ކިޔަސް ކަން ހައްލެއްނުވޭ ބޯމީހުން ބޮނީ !
ޖަލަކަށް ނޫން ލާންވީ. ކޯޓުގެ ބިތުގައި އެލުވާފައި އޮންނަ ދުއްރައިން އަދަބުދޭންވީ. ޖަލަށް ލައިގެން ހޭހަންކުރާހައި ދުވަހަކު ތިޔަކަމެއް ނުހުއްޓޭނެ.
ރާވިއްކާހާ ހިނދާކު މިކަން ހައްލެއް ނުވާނެ .
އެތެރެ ކުރާމީހުން މަރަންޖެހޭ.
ލިބުނު ގޮތް ކިޔާ ނުދެވޭ މުދާ ދައުލަތައް ނެގެންޖެހޭ.
މީހުރިހާސަރުކާރު ތަކުންވެސް ހީލަތްތެރިކަމާއެކުކުރާކަމެއް ބޭނުމަކީ ވެރިކަން ގިނަދުވަހުކުރުން ޒުވާނުން ތައްުލިމްހާސިލްކޮއްގެން ޑުރަގްގަވަބާގަނުޖެހި މުޖުތަމައުތެރެޔައް ނިކުމެއްޖެއްޔާ މިބޭފުޅުންގެ މަގަމްތައްގެއްލި އެމާގްތަކުގަ ތިބޭނީޒުވާނުން އެހެންވީމަ ރޭވުންރެތިކަމާއެކު ހިންގާ ޖަރީމާއެއް ނޮވެމްބރ 3 ގެފަހަކުން ފަޓަހެއް ނުފެނޭ އެއީކީއްވެގެންތޯ ސަރުކާރުންމަނާކަމަކައްވެ މަނާކުރަތީ ވެދުން ދެންކީއްތޯ ކެރާނޫ