ނިރުބަވެރިން ބަންދު ކުރަން އަދިވެސް ގާނޫނުން ފުރުސަތު ނުލިބޭ ކަމަށް ހޯމް މިނިސްޓަރ ޝޭހް އިމްރާން ވިދާޅުވެފައި ވަނިކޮށް، މިހާރު ހުރި ގާނޫނުތަކުން ނިރުބަވެރިން ބަންދުކޮށް ރިހިބިލިޓޭޓްކުރުމުގެ ފުރުސަތު އެބަ އޮތް ކަމަށް އެޓަރނީ ޖެނެރަލް އިބްރާހިމް ރިއްފަތު ވިދާޅުވެއްޖެއެވެ.
އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އެޓަރނީ ޖެނެރަލް އަލްއުސްތާޒް އިބްރާހިމް ރިއްފަތު އާއި ސުވާލު ކުރެއްވީ މުޖުތަމައު އަށް ނުރައްކާތެރި ފަރާތްތައް ބަންދުގައި ބައިތިއްބާ، އެ މީހުން ރިހިބިލިޓޭޓް ކުރުމަށް އަދިވެސް ގާނޫނުން ޖާގަ ނުލިބޭ ކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ މަޖިލީހުގައި ވިދާޅުވެފައި ވާތީ އެ ފުރުސަތު ގާނޫނުން ނުލިބި ވަނީ ކީއްވެތޯ އާއި އެ މައްސަލަ އަށް ހައްލު ނުލިބި ވަނީ ކީއްވެގެންތޯއެވެ.
އެ ސުވާލަށް ޖަވާބުދެއްވަމުން ރިއްފަތު ވަނީ ޓެރަރިޒަމްގެ ގާނޫނުގެ ޒަރީއާއިން އެފަދަ ކުށްތައް ކުރާ މީހުން ދެނެގެނެ އެ މީހުންނާއި މެދު އަމަލުކުރާނެ އުސޫލުތަކެއް ކަނޑައެޅިފައިވާ ކަމަށާއި ގާނޫނުން އެކަމަށް ހައްލު ހޯދޭގެ ކަމަށެެވެ.
ގާނޫނުގެ ދަށުން ބޮޑެތި ބާރުތަކެއް މުއައްސަސާ އަށް ލިބޭއިރު މުޖުތަމައު އަށް ނުރައްކާވާ ފަދަ ފަރާތްތައް މޮނިޓަރކުރުމަށް މޮނިކޮން އަމުރެއް ނެރުމުގެ ބާރު ހޯމް މިނިސްޓަރަށް ލިބިދިނުމާއި އެފަދަ މީހުން ހައްޔަރުކުރުމަށް ބާރު ދީފައިވާކަން ރިއްފަތު ފާހަގަކުރެއްވިއެވެ. އަދި އެފަދަ މީހަކު ދަތުރު ފަތުރުކުރާ ގޮތް ބެލުމާއި، އެ މީހެއްގެ މުދާ ހިފެހެއްޓުމުގެ ބާރު ވެސް ލިބިފައިވާ ކަން ފާހަގަކުރައްވާ ރިއްފަތު ވަނީ ޓެރަރިޒަމްގެ ތުހުމަތު ކުރެވޭ މީހުން ބެލެހެއްޓުމަށް ގާނޫން މަގުފަހިކޮށްދީފައިވާ ކަމަށް ވިދާޅުވެފައެވެ.
މީގެ އިތުރުން މައްސަލަތަކުގައި ތުހުމަތު ކުރެވޭ މީހަކު ދޫކޮށްލައިފި ނަމަ މުޖުތަމައުގެ ސަލާމަތައް ނުރައްކަލެއް ދިމާވެދާނެ ފަދަ ހާލަތާއި ހަނގުރާމައަށް ދިއުމަށް ފަހު އަނބުރާ އަންނަ މީހުންނަކީ މުޖުތަމައު އަށް ނުރައްކަލެއް ކުރިމަތިވެދާނެ ފަރާތްތައް ކަމަށް ބަލާ އެ މީހުން ބަންދުގައި ބޭތިއްބުމުގެ ފުރުސަތު ވެސް ގާނޫނޫން ފަހިކޮށްދީފައިވާކަން ރިއްފަތު ފާހަގަކުރެއްވިއެވެ.
އެގޮތުގެ މަތީން 30 ދުވަސް ވަންދެން މީހުން ބަންދުކުރެވޭ ކަމާއި އޭގެ ތެރެއިން ފުރަތަމަ 24 ގަޑި އިރު ކޯޓު އަމުރަކާއި ނުލާވެސް ތުހުމަތު ކުރެވޭ މީހުން ހައްޔަރު ކުރެވޭނެ ކަން ރިއްފަތު ފާހަގަކުރެއްވިއެވެ. އަދި އެފަދަ މައްސަލަތަކުގައި ތުހުމަތު ކުރާ މީހާގެ މައްޗަށް ކުށް ސާބިތު ނުވި ނަމަވެސް އެ މީހުންނަށް ރިހިބިލިޓޭޝަންގައި ބައިވެރިކުރަން ލާޒިމް ކުރުމުގެ ފުރުސަތު ގާނޫނުން ހޯދާދީފައިވާ ކަމަށް ވެސް ރިއްފަތު ވިދާޅުވިއެވެ.
"ކޮންމެ ގާނޫނަކީ ވެސް ވަގުތާއި ހާލަތަށް ބަލާ ބަދަލު ގެންނަން ޖެހޭ ގާނޫނެއް. މިގޮތުން ޓެރަރިޒަމް ގާނޫނު ތަންފީޒުކުރުމުގައި ދަތިތައް ހުރިކަން މޯލްޑިވްސް ޕޮލިސް ސަރވިސް އިންނާއި މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ފާހަގަކުރުމާއި ގުޅިގެން 10 މޭއި 2021 ގައި އެ ދެ އިދާރާ އާއި ބައްދަލުކޮށް އެ މަޝްވަރާގެ މަތިން ގެންނަން ޖެހޭ ބަދަލުތައް ހިމަނާ ބިލެއް މިހާރު މަޖިލީހަށް ހުށަހަޅާފައިވާކަން ފާހަގަކުރަން." ރިއްފަތު ވިދާޅުވިއެވެ.
ޓެރަރިޒަމްގެ މައްސަލަތަކުގައި ހައްޔަރު ކުރާ މީހުން ދައުލަތުގެ އިހުމާލުން ދޫވެގެންދާ ކަމަށް ބުނެ އާއްމުންގެ ފާޑުކިޔުން ވަނީ ވަރަށް ބޮޑަށް އަމާޒުވެފައެވެ. އަދި އެމްޑީޕީގެ ޗެއަރޕަރސަން ހަސަން ލަތީފް ހިމެނިވަޑައިގަންނަވާހެން އެމްޑީޕީގެ އިސް ފަރާތްތަކުން ދަނީ އެފަދަ މައްސަލަތަކުގައި ތުހުމަތު ކުރެވޭ މީހުން ދޫކޮށްލާތީ އެކަން ހިނގާ ގޮތާއި މެދު ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ނިބުރުވެރިން
ޙުކުމް ސާބިތުނުވަނީސް ނިރުބަވެރިއެކޭ ބުނެވޭ 50 ކިލޯ ޑްރަގް ކަމަށް ޝައްކުވާ / ބެލެވޭ
އިމްރާން ބޭނުންވަނީ ޓެރަރިސްޓުން ދޫކޮށްލާފައި އައްނި ގެންނަން.
އެމިހެއްގެ ފަރާތުން ނިރުބަވެރި އަމަލެއް ނުފެންނަނީސް އެއީ ނިރުބަވެރިއެކޭ ކިޔާ ކަނޑައަލައިގެން ހައްޔަރުކުރުމުގެ ހައްގު ގާނޫނަކުންވެސް ލިބި ދިނުމަކީ ގަނޫނުއަސަސީ އާއި އިސްލާމްދީނުގެ އުސޫލުތަކާވެސް ހިލާފު އަމަލެއް. އެންމެން ތިބީހަމަހަމަ ގޮތުގަ އެހެން މީހުންނެކޭ ތަފާތެއްނެތް އިރު މުޖްތަމައުގެ ބައެއްމީހުންގެ އަމަލުން ނުފެންނަ ކަމަކަށް ތުހުމަތު ނުކުރެވޭނެ. ހައްޔަރުވެސް ނުކުރެވޭނެ. ގާނޫނުއަސަސީގަ ބުނާގޮތުން.އެފަދަ ގާނޫނުވެސް ވާނީ ބާތިލް ގާނޫނަކަށް. ހަްގަކާނުލާ ލިބެންނުޖެހޭ ބަދަލު ދޭއުސޫލުން މީހުންހައްޔަރުކުރަން ނޫޅުއްވާ.
ޓެރެރިސްޒޓުންނާއި ޓެރެރިޒަމްއަކީ މިގައުމުގެ މިހާރުގެ ސަރުކާރުާއި ޝަރުއީ ކޯޓްތަކާއި ފަނޑިޔާރުންނާއި ހޯމްމިނިސްޓަރުް ދަންނައެއްޗެއްނޫން ނޫންތޯ؟ ދަންނަނަމަ ރައީސް ޔާމީންއާއި އާއިލާ ދަތުރެއްގައިތިބި ލޯންޗް ގޮއްވާލައި އެތައްބަޔަކަށް އަނިޔާވެ ނަފުސާނީ ބަލިޖެހެންދިމާވި، އެނުރުބަވެރި ހާދިސާ ހިންގި ޓެރެރިސްޓުން އެއްބަސްވެ ސާބިތުކޮށް ޝަރީއަތްހިންގާފަ ހުކުމް ތަންފީޒުކުރަމުންއައި ޓެރެރިސްޓުން ކަލޭމެން ސަދޫމުވެރިކަމަށްއަރާ އެއްމެފުރަތަމައަށް ނިންމިކަމަކީ އެޓެރެރިސްޓުންނަށް އާޒީންގެ އެވޯޑުދީފަ މިނިވަންކުރީކަން މިކަން ނެއެގޭ ރައްޔިތެއް އެބަހުރިތަ؟؟، ދެން މިހާރު ކޮން އިންސާފުވެރި ލަވައެއްތިކިޔަނީ؟؟؟