ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް އަބުދުﷲ ޔާމީިން އަބުދުލްގައްޔޫމް 52 ޕަސަންޓުން އިންތިހާބު ކާމިޔާބު ކުރައްވާނެ ކަމަށް ޕީޕީއެމްގެ ޕީޖީ ލީޑަރު އަހުމަދު ނިހާން ހުސެން މަނިކު ވިދާޅުވުމުން، އެކަމަށް ރައްދުދެއްވައި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފް ސުވާލު ތަކެއް އަމާޒު ކޮށްފިއެވެ.
ނިހާނަށް ރައްދުދެއްވައި މަހުލޫފް ކުރެއްވި ޓްވީޓެއްގައި ވަނީ، ރައީސް ޔާމީން އިންތިހާބު 52 ޕަސެންޓުން ކާމިޔާބު ކުރައްވާނެކަން ޔަގީންވާނަމަ އަވަހަށް އިންތިހާބު ބާއްވަން ގޮވާލާ ކަމަށެވެ.
52% yageen vaanama avahah inthikhaabu baavan govaalan.
MP @ahmed_nihan kairin alhugandu yageenkollan beynumee:
• 23 Sep ga inthikhaab onnaanetho ?
• @ibusolih ge nan vote karudhaahuga onnaanetho ?
• QA ga vaagothah vote laa marukazuga vote gunaa natheejaa iulaan kuraanantho ? https://t.co/bo4tNny5ga— Ahmed Mahloof (@AhmedMahloof) July 1, 2018
މަހުލޫފް ވަނީ ނިހާނާ ތިން ސުވާލެއް ކުރަށްވާފަ އެވެ. އެއީ އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް އަދި އެޕާޓީގެ ޕާލިއަމަންޓް ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު، އިބޫގެ ނަން ވޯޓް ކަރުދާހުގައި އޮންނާނެތޯ އާއި 23 ސެޕްޓެމްބަރުގައި އިންތިހާބު އޮންނާނެތޯ އާއި ގާނޫން އަސާސީގައިވާ ގޮތަށް ވޯޓްލާ މަރުކަޒުގައި ވޯޓް ގުނައި ނަތީޒާ އިއުލާން ކުރާނަންތޯ އެވެ.
ނިހާނު ވިދާޅުވިގޮތުގައި އިދިކޮޅު ފަރާތްތަކުން ހިސާބު ޖަހާނެ ގޮތަކަށް ޖެއްސެވުމަށާއި ނެރޭނެ އަދަދަކަށް ކެންޑިޑޭޓުން ވެސް ރަނިންމޭޓުންވެސް ނެރެންވީ ކަމަށެވެ. ނަމަވެސް ދިވެހި ރަތްޔިތުން ދެން ތަރައްގީއަށް ނޫނީ އާނއެކޭ ނުބުނާނެކަމަށް ނިހާން ވިދާޅުވިއެވެ. އަދި މިއަހަރު ބޭއްވޭ އިންތިހާބު 52 އިންސައްތައަށް ވުރެ ބޮޑު އަދަދަކުން ރައީސް ޔާމިން ކާމިޔާބުކުރައްވާނެ ކަމަށް ވެސް ނިހާން ވިދާޅުވިއެވެ.
ނިހާންގެ މިވާހަކައަށް ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެއިން ވެސް ވަނީ ރައްދު ދީފައެވެ. އަލީ ހުސެއިން ވިދާޅުވީ މިހާރު ރައީސް ޔާމީން ހުންނަވާނީ ވަރަށް ބޮޑަށް ސިހިސިހި ކަމަށާއި އެމަނިކުފާނުގެ ފަހަތުގައި މަސައްކަތް ކުރައްވާނެ ބަޔަކުވެސް ނެތްއިރު ރައްޔިތުންގެ 20 ޕަސެންޓް ވޯޓުވެސް އެ މަނިކުފާނަށް ނުލިބޭނެ ކަމަށެވެ.
މަ ހީކުރީ ވަރަށް މޮޅު ސުވާލުތަކެއް ގޮށްގެން އުޅެނީ ކަމަށް. މޮޔަ ނުގޮވާ!
??????
ތިޔަކަމަކީ އިލެކްޝަން ކޮމިޝަނުން އެންމެންގެ ކުރިމަތީ އިއުލާން ކޮއްފައިވާކަމެއް، ދެން ކޮން ސުވާލެއް ކުރާކަށް، ކަލޭ ހާދަ ގަމާރޭދޯ، ބުންޏަސް ނޭގޭނެ ކަލެއަކަށް،
މަހުލޫފްގެ ސްވާލުގެ ޖަވާބު އަޅުގަނޑު މެދެނީ
1- ސެޕްޓެންބަރ 23 ގައި އިރާދަކުރެއްވިޔާ އިންތިޚާބް އޮންނާނެ
2-ސަރުކާރުބޭނުންވިޔަސް ވަގުތުން އިންތިޚާބެއްނުބޭއްވޭނެ
3-އިރާދަކުރެއްވިއްޔާ 55 ޕަސެންޓައްވުރެ ބޮޑު ޕަސެންޓެއްރައީސް ޔާމިންހޯދާނެ
އަދި އެމަނިކުފާނު އެކުރައްވާ ބުރަމަސައްކަތް އަޅުގަނޑުމެންބަލައިގަންނަން
އަޅުގަނޑުވެސް ދެތިން ސުވާލެއް މަހުލޫފާ ކުރަން ބޭނުން!
1-ކަލޭ އުޅެނީ އުޑުދަށުގައިތޯ؟
2-ކަލޭ އުޅެނީ ބިންމަތީގައިތޯ؟
3-ކަލޭތީ ކޮންޖިންސެއްގެ މީހެއްތޯ؟
އެކަން ޔަގީންވާތީ ސެޕްޓެމްބަރުގަ އިންތިޙާބު ބާއްވަން އެއޮތީ އިއުލާނުކޮއްފަ... އެކަން އެގޮތަށް ހިގާނެކަން އިގޭތީ އިދިކޮޅުން އެންޑިޑޭޓެނެރެން އިއްޔެފާސްކުރީ... އެކަން އެގޮތަށް ދާނެކަން އިގޭތީ އިދިކޮޅުން ކެމްޕޭނުކުރަނީ... އެކަން އެހެންވާނެކަމަށް ލަފާކުރެވޭތީ އިދިކޮޅުން ރޔާމީނާ ދެކޮޅަށް އެންޓި ކެމްޕޭނުކުރަނީ... މިހެން މިކަންކަން ހުރީމަަހުލޫފުމެން ބިރުންތެޅި ބާލަނީ ދައުރު ހަމަނުވަނީސް ވެރިކަން ފުރޮޅާލަން.... މަހުލޫފު ދެން ސިޔާސީދާއިރާއިން ނުފެނުމަކީ މަގޭ އުއްމީދު... ރީލޯޑުކޮއްގެން އަބަދަކު ރައްޔިތުން ހަނާކުރާ ސިޔާސީ މުނާފިގުން މިރާއްޖޭން ސާގުވާން އެބަޖެހޭ.... ރޔާމީނަށް ރައްޔިތުންގެ ތާއިދުނެތްކަމަށް ޔަގީންކުރެވެންޏާ މިހުރިހާ ތެޅުމެއް ނުތެޅި މަޑުންނުބީކީއްވެ...
މަހުލޯފު ކަލޭތީ ސިހުރުޖެހެ ހަލާކުވެފަ ހުރިމީހެއް
ގުރާދޫގައި މިކަލޭގެ ގެންގުޅެ ދައުލަތުގެ އެހީގައި ބޭސްފަރުވާ ކޮށްދޭން އެބަޖެހޭ، ޒުވާން އުމުރު މޮޔަގޮވުމުގައި ނެތިދާނެކަމުގެ ބިރުހީވޭ
މަހުލޫފުގެ 3 ސުވާލުގެ ޖަވާބު
1- އިބޫގެ ނަން ވޯޓު ކަރުދާހުގައި ނުބޭއްވުމަށް ސަރުކާރުން ވަރަށް މަސައްކަތް ކުރާނެ ނަމަވެސް އެކަން ކާމިޔާބު ނުވާނެ
2- 23 ގަ އިންތިޚާބު ނުބާއްވާ ވޭތޯ ސަރުކާރުން މަސއްކަތް ކޮށްފާނެ އެހެންނަމަވެސް އެކަން ކާމިޔާބު ނުވާނެ އެހެންވީމަ އިންތިޚާބު އޮންނާނެ ޢިންޝާﷲ
3- ރައީސް ޔާމީނަކީ.އެއް އިރަކުވެސް ރައްޔިތުންގެ ތާއީދު އޮތްމީހެއް ނުން 2013 ގަ ހޮވުނީ މައުމޫނާއި ފުޅާ ކޯލިޝަނުގެ ބުރަ މަސައްކަތުން . ޢެހެނވީމަ 2018 ގަ %15 ވެސް ނުލިބޭނެ ސަބަކީ ޔާމީނު މިއަދު އެވަނީ އެކަނިވެފަ
ޙެހެހެެ
ޕްރީޕެއިޑް ކުރާ ސުވާލުތައް ވަރަށް ތާކުން ތާކު ނުޖެހޭ!!
އިންތިޚާބެއް ޔާމީނަކު ނުބާއްވާނެ ކޯޓްތަކުން ގޮތްނިންމާނީ ޔާމީންގެ އުމުރަށް ވެރިކަމުގަހުންނަން
މަހުލޫޓުއާ ކޮއްލާ 3 ސުވާލު
1. ބްރޯއަތުން މިލިއަނުން ރީލޯޑްކުރީމެއްނު
2.ގާޒީއަކު ވަގައް ނަގައިގެން އަންނި ޖަލައްލާނަމޭ.ބުނީމެއްނު
3. ޢަންނި އަކީ ނުބައި ނުލަފާ މަކަރުވެރިއެކޭ ބުނީމެއްނު.
މަ ބުނާނީ ބިރުން ނުކެރޭނޭ އިންތިހާބު ބާވަންވެސް
އަނހަ ރީލޯޑް އެބައުޅެމުތަ ކަލޯ؟
މަހްލޫފުގެ ތި 3 ސުވާލު މަހުލޫފުގެ މާމަޔާ ކުރެއްވުން މާ ބުއްދިވެރިކަމަށް ފެނޭ.
ތިޔަ ކުދިންނަށް ސުވާލެއްކުރާކަށެއްނޭގޭނެ . މަހީކުރީ ވަރަށް މޮޅު ސުވާލުކުރާނެކަމަށް ހީޙި ހަލާކުވާކަހަލަ ސުވާލު .އިންތިހާބުވެ އިންތިގާލީ ދޮޅު އަހަރެއްގަ ވާހަކަ އާ ގިނަކަންކަން ކުރަން ވާހަކަދައްކާއިރު 2008 ގަ އިންތިހާބުވެގެން 2 އަހަރު ދުވަހުގެ ގާނޫނީ އިންތިގާލީ މަރުހަލާ އެއް ލިބުމުންވެސް އެއްވެސް ކަމެއް ކުރީކީނޫން. ދެން މިކިޔަނީ ކޯޓްތަކަށް ދޮންމީހުން ގެންނަވާހަކަ ، ކުރިން ދޮންމީހުންގެނެސްލީ ރައީސް އޮފީހަށް ދޮންމީހުން ރައީސްއޮފީހުގަ ނެރުނުކަންކަން ތަންފީޒު ކުރަން އުޅެންހަދައިގެން ވެރިކަން ދިޔައީވެސް . މިފަހަރު ދޮންމީހުން ގެނެސް ވައްދަން މިއުޅެނީ ކޯޓްތަކަށް މިއީ ވަރަށް ވިސްނަން ޖެހޭކަމެއް އިހަކަށްދުވަހު އެނުކުތީ ކޯޓް އަމުރެއް ބަޔަކު ދޫކޮށްލާށޭ ކިޔާފަ ސްޕްރީމްކޯޓަށް.ދޮންމީހުންލައިގެން މިރާއްޖޭގަ އިޮންނަނީ އެމީހުންގެ ދީންކަމުގެ އަމުރެއް ސްޕްރީމްކޯޓުން ނެރެފާނެ މިކަމަށް މަގުފަހި ކުރަން އުޅެނީކަމަށް ލަފާކުރެވޭ މިހާރުވެސް އީޔޫ އދ ކޮމަންވެލްތު ތަންތަނަށް މިދެނީ އެކަން ކުޮށްދޭނެކަމުގެ ސިގްނަލް ދެން ބުނާނީ އެކަންކުރީ ކޯޓުން އަމުރު ނެރުނީމަޔޯ .
ނިހާން އަވަހައް ޖަވާބްދީ ބަލަ
މަގޭ ސުވާލަކީ އަންނީގެ ނަން ވޯޓް ކަރުދާސް ކޮޅުގައި އޮންނާނެ އޭ ބުނި މީހުން ކޮބާތޯއެވެ
މަހުލޫފު ކައިރި އަޅުގަނޑު އަހާލަނ ބޭނުންވަނީ ތީގަ ނިހާނު ބުނެފަ އެބަ އޮތްތޯ ވޯޓުލާ ދުވަހެއް ބުނެފަ
ތާކުއްތާކުނުޖެހޭމީހުންކުތިޔަކަހަލަސުވާލުކުރާނެގައިމުވެސްނަޝިދުގެނަމެންނެއްތައަދިވެސްމޮޔަގުވަނީތަ
އޭ މިހިރަ ގަމާރާ، ކަލޭ ނިކަން ބުނެބަލަ:
މިތާގަ ނުވާ ބައެއް، ފިލާ ތިބިި ބައެއް،
އެކަމަކު މިތާގަ ކަންތަކާ އަނގަ އަރުވާ
ބައެއް، އެއީ ކޮން ބައެއް؟