ރާއްޖޭގެ ފޮރިން މިނިސްޓަރު ކަމަށް ގާބުލު ޒުވާން ބޭފުޅަކު އައްޔަން ކުރުމަށް ޕީއެންސީގެ ނައިބް ރައީސް އާދަމް ޝަރީފް ގޮވާލައިފިއެވެ.
އާދަމް ޝަރީފް މިގޮތަށް ގޮވާލައްވާފައި ވަނީ ރާއްޖޭގެ ފޮރިން މިނިސްޓަރު އަދި އދ. ގެ އާންމު މަޖިލީހުުގެ ރައީސް އަބްދުﷲ ޝާހިދު އާއްމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން މިއަދު ރާއްޖެ ވަޑައިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު ހުންނަވާ މަންޒަރު ފެންނަ ފޮޓޯއެއް ޓްވީޓް ކުރައްވަމުންނެވެ.
އެގޮތުން އާދަމް ޝަރީފް ވިދާޅުވީ، އަބްދުﷲ ޝާހިދުގެ ފަހަތުގައި ރައީސް ސޯލިހް ހުންނެވުމަކީ އެއީ ސީރިއަސް "ހައިރާކީ" މައްސަލައެއް ކަމަށާއި އެކަމުގެ ސަބަބުން ރައީސް ސޯލިހްގެ ބާރުދަށްވާނެ ކަމަށެވެ.
"އދ ގައި ރާއްޖޭ ޕޮޒިޝަން ނަގަހައްޓަން ދަތިވާނެ؟ ދެ މަގާމު ފުރުއްވުމުން ރާއްޖެއަށް ލިބޭ ގެއްލުން ބޮޑު. ފޮރިން މިނިސްޓަރުގެ މަގާމަށް ގާބިލު ޒުވާން ބޭފުޅަކު އައްޔަން ކުރުމަށް ގޮވާލަން" އާދަމް ޝަރީފް ކުރެއްވި ޓުވިޓުގައި ވިދާޅުވިއެވެ.
#foreignminister ge fahaiypulhugai #RJ hunnevumakee serious hierarchy issue eh! RJ ge authority undermine vaane. #UNGA gai Raajjeyge position nagahattan dhathivaane? Dhe maqaamu furuvvumun Raajjeah libey gellun bodu. FM ge magaamah qaabil zuvaan beyfulhaku ayyan kurumah govaalan. pic.twitter.com/VPaxXeBwwP
— Adam Shareef Umar (@Adamshareefz) October 6, 2021
އދ.ގެ އާންމު މަޖިލީހުގެ ރައީސްގެ ގޮނޑި ޝާހިދަށް ލިބިވަޑައިގަތީ ގިނަ ގައުމުތަކެއްގެ ރުހުމާއެކުގައެވެ. ދުނިޔޭގެ 193 ގައުމުގެ ތެރެއިން 143 ގައުމުގެ ވޯޓު ހޯއްދަވައިގެންނެވެ. މިއީ މިހާ މަތީ ޝަރަފެއް ދިވެއްސަކަށް ލިބުނު ފުރަތަމަ ފަހަރުވެސްމެއެވެ.
ރާއްޖޭގެ ފޮރިން ސާވިސް އޮފިސަރެއްގެ ގޮތުގައި ޝާހިދު ޚިދުމަތް ކުރައްވަން ފެއްޓެވީ 1983 ގައެވެ. އޭނާ ވަނީ އެމެރިކާގެ ދަ ފްލެޗާ ސްކޫލުން، އިންޓަނޭޝަނަލް ރިލޭޝަންސް އިން މާސްޓާސް ޑިގްރީ ހާސިލު ކުރައްވައިފައެވެ. ފޮރިން ސާވިސް އޮފިސަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވިތާ 10 އަހަރު ފަހުން ރާއްޖޭގެ އިންޓަނޭޝަނަލް އެފެއާޒްގެ ޑިރެކްޓަރުގެ މަގާމު ވެސް އަދާކުރެއްވެވިއެވެ.
ޚާރިޖީ ދާއިރާގައި ހުރި އެންމެ ތަޖުރިބާކާރު އެއް ބޭފުޅާ ކަމަށްވާ ޝާހިދު ވަނީ 1987 އިން 1994 އަށް ބޭއްވި އދ. ގެ ހުރިހާ އާއްމު މަޖިލީހެއްގައި ބައިވެރިވެވަޑައިގެންފައެވެ. މި ހުރިހާ ތަޖުރިބާއާއެކު ފޮރިން މިނިސްޓަރު ކަމަށް ޝާހިދު ފުރަތަމަ ވަޑައިގެންނެވީ 2007 ގައެވެ. އޭގެ ކުރިން، 2005 އިން ފެށިގެން ހުންނެވީ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށެވެ. އަދި ދެ ވަނަ ފަހަރަށް ފޮރިން މިނިސްޓަރު ކަމާ ހަވާލުވެވަޑައިގެންނެވީ ނޮވެމްބަރު 17، 2018 ގައެވެ. ވޭތުވެދިޔަ ތިން އަހަރެއްހާ ދުވަހުގެ ތެރޭގައި ޝާހިދު ވަނީ ބުރަ މަސައްކަތްތަކެއް ކުރައްވައިފައެވެ.
އަމިއްލަ އަށް ފެނިގެން އިސްތިއުފާ ނުދިނެވެ. ދެން އިހްލާސްތެރި ކަމާ މެދު ވިސްނާލަ ބަލާށެވެ.
ދިވެހިރާއްޖޭގެ ގާނޫނުއަސާސީގަ ބުނާގޮތުން ދެމަގާމެއް އެކަކަށް ނުފުރޭނެ. ފޮިން މަނިސްޓަރުކަމުގަ ހުރެހެން ފޮރިންމިނިސްޓަރު ކަމުގެ މަސްއޫލިއްޔަތް އަދާނުކޮށް މުސާރަ ނުނެގޭނެ. އދ. ގެ މަގަމެއްގަ ނަމަވެސް ހުރެގެން ފޮރިންމިނިސްތަރުކމެއނުކުރެވެނެ. މަގާމުން އިސްތިއުފަދީ ނުވަތަ ވަކިކުރޭ ނޫނީ ރައީސް ބައިވެރިވާ ކަރެޕްސަނުގެ ނާޖައިޒް ފައިދާ ހޮދާދިންކަމަށް ބެލެވިދާނެ.
އުޞޫލަކަށްވެސްވާނީ އޮޓޮމެޓިކުންވެސް މަޤާމުން ވަކިވުން. ޤާނޫނު އަސާސީގެ ހަމަޔަށް ބަލާއިރުވެސް ވަޒީރަކަށް އެހެން ފޮރިން މަޤާމެއް އަދާނުކުރެވޭނެ