ހދ. ކުޅުދުއްފުށިން ފުރައިގެން ށ. ފީވަކަށް ވަންނަން ދިޔަ ދޯންޏެއް ބަންޑުން ޖަހާލައިފިއެވެ.
މި ހާދިސާ ހިނގާފައި ވަނީ މިއަދު ހަވީރު 4:30 ޖެހި ހާއިރުއެވެ.
އެ ދޯނި ބަންޑުން ޖަހާލާފައި ވަނީ ފީވަކު ފަޅަށް ވަންނަން ދަނިކޮށެވެ.
ފީވަކު ކައުންސިލް ރައީސް އަލީ ރަޝީދު ހަސަން ވިދާޅުވީ، ބަންޑުން ޖަހާލީ ކުޅުދުއްފުށީ ދޯންޏެއް ކަމަށާއި، ދޯނި ބަންޑުން ޖަހާލީ ފަޅަށް ވަންނަނިކޮށް ކަމަށެވެ.
އަލީ ރަޝީދު ވިދާޅުވީ، އެ ދޯނީގައި މުދަލެއް ނެތް ކަމަށެވެ.
އެއީ ވަރަށް ކުޑަ ދޯންޏެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި އެ ދޯންޏާއި ގުޅޭ މައުލޫމާތު ނޭނގޭ ކަން ފާހަގަކުރައްވަމުން އަލީ ރަޝީދު ވިދާޅުވީ، އެ ދޯނީގައި ތިބީ ކިތައް މީހުންކަން ސާފް ނުވާ ކަމަށެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ވެފައެއް ނުވެއެވެ.
ފުުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އެ ދޯންޏަކީ ތިން މީހުންނައެކު ދަތުރު ކުރަމުންދިޔަ ދޯންޏެއް ކަމަށެވެ.
އަދިވެސް ފީވަކު ކައިރިޔަށްތަ ދޯނި ބަނޑުން ޖަހާލީ؟ ފީވަކު ފަޅަށް ބަނޑުންޖަހާލީ. ދެން ޖަހާބަލަ ށ. އަތޮޅުކައިރިން ދޯންޏެއް ބަނޑުން ޖަހާލިވާހަކަ.
ހެޑިން ކިޔާފަ ފޮޓޯ ބެލިއަކަސް ނުވާނެ. ހަބަރު ކީމަ ވާނީ. ފަޅަށް ވަންނަން ދަނިކޮށް ބަންޑުން ޖަހާލިކަމަށް އޮތީ. ފޮޓޯ ނަގާފަ އޭނީ ފަޅު ތެރޭގަ އޮއްވަ. ބަންޑުން ޖެހިފަހުން ރާޅާއެކު ފަޅުތެރެއަށް ވަނީކަމަށްވެދާނެ.