ގަސްދުގައި މަރާލާފައިވާ ކަމަށް ތުހުމަތު ކުރެވޭ، އައިޖީއެމްއެޗްގައި މަސައްކަތް ކުރި ފިލިޕީންސް ނަރުސްގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހަދަން އިންޑިއާ އަށް ގެންގޮސްފިއެވެ.

ހީމޯޑަޔަލެސިސް ނަރުހެއްގެ ގޮތުގައި މަސައްކަތް ކުރި މޭރީ ގްރޭސް ޕިނޭޑާ މަރުވީ މިދިޔަ އަންގާރަ ދުވަހުއެވެ. އޭނާ މަރުވީ ދަން ޖެހިގެން ކަމަށް ފިރިމީހާ ބުނެއެވެ. ނަމަވެސް ގްރޭސްގެ ހަށިގަނޑުން ފެނުނު ކަންތައްތަކުގެ ސަބަބުންނާއި އަދި ފިރިމީހާގެ އަމަލުތައް ހުރި ގޮތުން އެމައްސަލައިގައި ޝައްކުތަކެއް އުފެއްދިގެން އަންނީ ތަހްގީގު ކުރަމުންނެވެ.

މިމައްސަލައިގައި ގްރޭސްގެ ފިރިމީހާ ހައްޔަރުކޮށް ބަންދުގެ މުއްދަތު ވެސް ވަނީ އިތުރު ކޮށްފައެވެ.

ގްރޭސްގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހަދަން އިއްޔެ އިންޑިއާ އަށް ގެންގޮސްފައިވާކަން ފުލުހުން މިއަދު ވަނީ ކަށަވަރު ކޮށްދީފައެވެ. ގްރޭސް އޭނާގެ ފިރިމީހާއާ ކައިވެނިކޮށްފައި ވަނީ މީގެ ފަސް އަހަރު ކުރިން 2016 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގަ އެވެ. ދެމަފިރިންނަށް ކުއްޖަކު ވެސް ލިބިފައި ވެއެވެ.

ގްރޭސްގެ ދެމަފިރިންގެ ދެމެދުގައި ފަހަކަށް އައިސް މައްސަލަތައް ޖެހެމުން އަންނަކަމަށް އައިޖީއެމްއެޗްގައި މަސައްކަތް ކުރާ ބައެއް ނަރުހުން ފާހަގަ ކޮށްފައި ވެއެވެ. ދެމަފިރިންގެ ދެމެދުގައި މައްސަލަތައް ޖެހެން ފެށީ ގްރޭސްގެ ފިރިމީހާ އައިޖީއެމްއެޗްގެ ދިވެހި ނަރުހަކާއި ލޯބީގެ ގޮތުން ގުޅުނު ހިސާބުން ކަމަށް ވެއެވެ. ގްރޭސްގެ މަރުގެ މައްސަލައިގެ ތަހްގީގަށް ދިވެހި ނަރުސްގެ ފޯނު ވެސް ފުލުހުން ހިފަހައްޓާފައި ކަމަށް ވެއެވެ.

ނަމަވެސް މިމައްސަލަ އާއި ގުޅޭ ގޮތުން ފުލުހުން އަދި މައުލޫމާތު ހާމައެއް ނުކުރެއެވެ. އެހެންކަމުން ދިވެހި ނަރުސްގެ މައްޗަށް އެއްވެސް ތުހުމަތެއް ފުލުހުން ކުރާކަށް ނުވަތަ ނޫންކަން އަދި ކަށަވަރެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ދިވެހި/ބޭރުމީހާ

    ދައުލަތުގެ ފައިސާއިން ކުށުގެ މާހައުލަށް ނުވަތަ ކުށުގެ ވެއްޓަށް ދިއުމަށާއި ތަހްގީގް ހިންގުމަށްޓަކައި އިންތިހާއަށް ފައިސާ ހަރަދުކުރަންޖެހޭހިނދު އެކަމުންވެސް ލުއިއެއް ލިބޭނެ ގޮތެއް ހޯދާކަށް ނުވިސްނަމުތޯ؟ އަމަންކަމާއި ހަމަޖެހުމާއި ފައިސާ ހަރަދުކުރުމުގެ ލުއި ގޮތް ހޯދިފައިއޮތީ އިސްލާމީ ޝަރިއަތަށް ފުރިހަމައަށް ތަބާވެ ހުކްމް ތަންފީޒްކޮށްގެން.... އަވަސް ކުރޭ ތަންފީޒްކުރޭ ގާތިލުންވެސްބުނަނީ ވާރިސުންވެސްބުނަނީ ތަންފީޒްކުރާށޭ...

  2. ބަލަން ބޭނުން

    ތި ދިވެހި ނަރުހުގެ ވަނަވަރު ކީއްވެތަ ހާމަނުކުރެވެންވީ....އެއީ ކާކުކަންވެސް އެބަޖެހޭ ދޯ އެނގެން

  3. ދިވެހި ފިރިހެނާ

    އެކަމު ގޯސްވާނީ ދިވެހި ފިރިހެނުން.
    ދިވެހި ގިނަ އަންހެނުންނަކީ ވަރަށް ލަދުހަޔާތް ކުޑަބައެށް.
    ގަބޫލު ކުރަން ބޭނުން ނެތަސް މީހަމަ ހަޤީޤަތް.
    ވަރަށް ވެދުން.........