ނ. އަތޮޅު ރިސޯޓަކަށް ޖެއްސި އެއާ ޓެކްސީއެއްގައި ޖެހި ގިނަ އަދަދެއްގެެ ކިރު ދޫނިތަކެއް މަަރުވި މައްސަލައެއް ފެންމަތިވެއްޖެއެވެ.
މި ހާދިސާ ހިނގާފައި ވަނީ މިއަދު މެންދުރު 2:00 ޖެހި އެހާކަންހާއިރު އެވެ.
މި ހާދިސާގެ ވާހަކަ މީސް މީޑިއާގައި ހިއްސާ ކުރި ފަރާތުން "ވަގުތު" އަށް ބުނީ މި ހާދިސާގައި 40 ވުރެ ގިނަ ކިރު ދޫނި މަރުވެފައިވާ ކަމަށެވެ. އަދި ގިނަ ކިރު ދޫނި ތަކަކަށް އަނިޔާ ވެފައިވާ ކަމަށްވެސް ބުންޏެވެ.
"މިކަން ހިނގާފައިވަނީ މިއަދު މެންދުރު ގާތްގަނޑަކަށް ދޭއް ޖަހަން އުޅެނިކޮށް މި ރިސޯޓުގެ ޑައިވް ސުކޫލު ކައިރީގައި. މޫދުގައި 40 ދޫނި މަރުވެފައި އޮންނާނެ. އަނިޔާވެގެން ގެނައިން ހަ ދޫނި ތެރެއިން ވެސް އެކަތި ސަލާމަތްވީ" ރިސޯޓްގެ ނަން ހާމަ ނުކޮށް މަންޒަރު ގާތުން ފެނުނު އެ މީހާ ބުންޏެވެ.
އޭނާ މީސް މީޑިއާގައި ކުރި ޕޯސްޓްގައި ވަނީ، މިއީ ވަރަށް ދެރަވަރުގެ ކަމެއް ކަމަށެވެ. އޭނާ އެ ޕޯސްޓްގައި ވަނީ މަރުވެފައިވާ ކިރު ދޫނިތަކުގެ ފޮޓޯތައްވެސް ހިއްސާ ކޮށްފައެވެ.
އޭނާގެ އެ ޕޯސްޓާއި ގުޅިގެން ބައެއް އެއާ ކުރާފްޓް އިންޖިނިއަރުން އަދި ޕައިލެޓުންގެ ވާހަކަތައް ހިއްސާ ކުރާ ޕޭޖްތަކުން ބުނެފައި ވަނީ، މިއީ އެއްވެސް ޕައިލެޓަކު ގަސްތުގައި ކުރާނެ ކަމެއް ނޫން ކަމަށެވެ.
"އެއްވެސް ޕައިލެޓަކު ގަސްތުގައި ދޫނިތަކުގެ ތެރެއަށް ޖައްސަން ނުދާނެ، އެއީ އޭގެ ސަބަބުން ބޯޓަށްވެސް ގެއްލުންވެދާނެ ކަަމަށް ބަލާފައި". އެ ޕޭޖްތަކުގައި ކޮށްފައިވާ ޕޯސްޓްގައި ވެއެވެ.
ތީ އިންޑިއާ އިން އައި ގުޑު ގުޑާ ދޫންޏައް ނުވާތީ ތިކަމަށް މިސަރުކާރުގެ މާބޮޑު ކަންބޮޑުވުމެއް އޮންނާނެ ކަމަކަށް ނުފެނޭ. # އިންޑިއާ އައުޓް #
ތިޔައީ ހަޤީގަތެއް ނޫން ކިރު ދޫނި ބޯޓްގައި ނުވެސް ޖެހޭނެ އެއީ އަޑު އިވޭއިރަށް ބާރަށް ފުލައި ކުރާ ދޫނިތަކެއް !
މާއެނގޭ. މަންޡަރު ދުށްމީހުނަށް ވުރެރީތިކޮށްމިފެނުނީ އެހެން ރަށެއްގަ ހުރި މީހަކަށް
ޖައްސާފަ އޮންނާނީ
2021 ވަނަ އަހަރު 80މިލިއަން ހަރަދު ކުރި ދޫނި ހިމާޔަށް ކުރަން.2022 ވަނަ އަހަރަށް 250 މިލިއަން ދޫނި ހިމާޔަކުރަން ޖަހާފަ ވަނީ.މަރު ދޫނިތަކަށް އިންސާފު ލިބޭނެކަމަށް އުމްމީދު ކުރަން.
ހިމާޔަތް ކޮށްފަ ވާ ދޫންޔެކެވެ. މައްސަލަ ބަލަން ޖެހެ އެވެ.
ކޮއިމެން ދޫނި ގެންގުޅޭތީ ވާ ގޮތޭ ތިޔާއީ
އަޅުގަނޑުމެންގެ ވެރިކަމެއްގައި ދޫންޏަށްވެސް އޮންނާނެ މިނިވަންކަން، ދެން ގެނެސް ދޭނީ ދީނީ މިނިވަންކަން.
އިބޫ 2 ވަނަދައުރަ ކަކަށް
އިންޑިއާ އިން ޗައިނާ އައުޓޫ
ނ. ވެލާ އަށް ޖައްސަން އައި އެއްޗެއް އެކަމަކޫ ދޫނި ތަކުގެ ޓާގެޓް ގެއްލިގެން އައީ ބޯޓާ ދިމާއަށް ކަމަށް ރިގާ (ބޯޓު ކުއްޖެއް) ބުނީ، ދެން ބަޮޓު އަންބުރައިގަނެގެން ވެސް ސަލާމަތެއް ނުވާނެތާ ދޯ؟ އެއީ 100 އެއްހައި ދޫނި، ގިނަ ދޫނީގައި ނުޖެހެޔޭ ރިގާ ބުނުއްވީ
ދޫންޏާ ދިމާއަށް ދިޔަ ފުލައިޓެއްނޫނެ ތީ ބަލަ ފޮއިފުޅާ
ހޫން.. ދެން ތިހެން ދޮގު ހަބަރުވެސް ފަރުތާން ނުވާނޭ ކޮއިފުފާ
އަބޫބަކުރު އާދަމް / މަނަދު ބަިކުރިު
އެބުނީ ތެދެއް ބޯޓުގެ ކުށެއް ނެތޯ ރިގާ ސަރ ބުނުއްވީ، އެއީ ކާރިށާއެއް ކަމަށް ބެލެވޭނީ އާނއޭ .
ބޯޓު ދުއްވި މީހާގެ ލޯ ކޮބާ؟ ކޮބާ ދޫނިތަކުގެ ހައްގު؟ ކޮބާ އީޕޭ؟ ޖޫރިމައިނާ ނުކުރަނީތަ؟
ވަރަށް ހިތާ މަވެރި ހަބަރޭ ތިޔާ
ހާރޭ-
ތިޔަކަން މަ ކުއްވެރި ކުރިޔަކަސް
ތިޔަ އީ ކުށެއް ނޫން އެސޮރަކަށް
ވިޔަވެސް ނުވާ ބޮޑު ގެއްލުމެއް
ތިޔަ ދެން ދިނީ ޤައުމިއްޔަތަށް!
ކެބިން ކުރޫ އިސްތަފާ، ބޯޓު އިސްތިގުފާ
ދޫނިތައް ގެންނަގާ ފިހެލައިގެން ކައިލާނނނނން
ހިމާޔަތްކޮށްފަވާ އައިންމަތީ ދޫނިތައް މަރާލި މައްސަލައިގަ އެ ދޫނިތަކުގެ މަރުގެ ދިޔަ ދޭންޖެހޭނެ އަދި ޤަނޫނުގެ ދަށުން މިލިއަން މިލިއަން ރުފިޔާގެ ޖުރުމަނާ ކުރަންޖެހޭނެ ހަމަ އެކަނި ރައްޔިތުމީހާ އެކަންޏެއްނޫން ޖުރުމަނާ ކުރަންޖެހޭނީކީ
ދޫނިހިމާޔައް މިޔަރު ހިމާޔައް ރައްޔިތަކު ހިމާޔަތެއް ނުކުރެވޭ ދޫނި ހިމާޔައްކޮއްފައި އުސޮރުމެން އުޅޭނެ މާހޯލެއް ބިސް އަޅަން އަރާލާނެ ފަޅުރަށެއްނެތް ހީހީ ހަލާކް ގައުމު އަޑިއައްދާވާހަކަ ދައްކާފަ ރައްޔިތުންނައް އޮޅުވާލާފައި 99 އަހަރައް ފަޅުރައްތައް މިވެރިން ކުއްޔައްނަގާ މިލްކްކޮއްލައިގެން ގާނޫނެއްގެ އަލީގައި ހީހީހަލަކް
މީ އަޅެފަހެ ދޫނިރާއްޖެތަ؟ ދޫނި ދޫނި. ކީއްވެތަ ގަސްތުގަ މަރާފަވާހާ މީހުންގެ ހައްގުގަ ބަހެއްވެސް ނުބުނަނީ؟
ޢިންނާ އިލައިހި ވައިންނާ އިލައިހި ރާޖިއުން
ދޫންޏާ މިޔަރާ އިންޑިޔާ ޙިމާޔަތް ކުރާ ދިވެހި ސަރުކާރަށް ދިވެހި ރައްޔިތުންނަށްވުރެ މުހިންމީ އިސްވެ ދެންނެވުނު 3 އެތި
އެއީ ކާރިސާއެއް ، ދޫނިތަކުގެ ތަޢުޒިޔާ ފޮތެއް ބާއްވާ ދިދަ ތިން ދަޑިޔަށް ތިރި ކުރޭ !
އިންސާފު ހޯދަން ކޯޓަށް ދޭ.