މާލޭގައި އެކްޓިވްކޮށް އުޅޭ 9-10 ގޭންގެއް އުޅޭ ކަމަށާއި ފުލުހުންނާއި ސިފައިން "ގުޅިގެން" ނަމުގައި އޮޕަރޭޝަނެއް ފެށީ ކުށްތަކަށް އަރައިގަނެ އާއްމުންގެ ތެރޭގައި ބިރުވެރިކަން އުފައްދާ މީހުންނާ މެދު ފިޔަވަޅު އަޅަން ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު މިރޭ ވިދާޅުވެއްޖެއެވެ.
ޕޮލިސް ކޮމިޝަނަރު "ވަގުތަށް" ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ރާއްޖޭގައި މިދިޔަ ގާތްގަނޑަކަށް 2006-2007 އިން ފެށިގެން މިއަދާ ހަމައަށް އައިއިރު ވެސް ގޭންގް ނުވަތަ ގްރޫޕް ހަދައިގެން ކުށްތަކަށް އަރައިގަނެ، ކުށްކޮށްގެން ފައިސާ ހޯދައި މުއްސަނދިވެ، ރަށު ތެރޭގެ އަމާންކަން ނަގާލައި، މީހުންގެ ހިތަށް ބިރުވެރިކަން އަންނަ ގޮތަށް އެކި ވައްތަރުގެ ހަތިޔާރު ހިފައިގެން މަގުމަތީގައި މަރާމާރީ ހިންގަމުންދާ ކަމަށެވެ.
މާލެ ކަހަލަ ތޮއްޖެހިފައިވާ ސިޓީއެއްގައި މީހުންނަށް ހިނގާ ބިނގާވެ ނޫޅެވޭ ސަރަހައްދުތަކެއް ކަނޑައަޅައިގެން ގްރޫޕް ނުވަތަ ގޭންގްތަކުގެ ބާރު ހިންގައި އެ ބިރުވެރިކަން ފަތުރަން އުޅޭ ބަޔަކު ހަރަކާތްތެރިވާކަން އެއީ އޮޅިފައި އޮތް ކަމެއް ނޫން ކަމަށް ވެސް ޕޮލިސް ކޮމިޝަނަރު ވިދާޅުވިއެވެ.
"މާލެ ސަރަހައްދުގައި އެކަނި ވެސް އެކި ނަން ނަން ކިއައިގެން، އެކި ކުޅިވަރުތައް ކުޅޭ ގްރޫޕްތައް ކަމަށް ދައްކައިގެން މިގޮތަށް ކަންތައް ކުރަމުން، ކަންކަންމަތީގައި އެކި ގްރޫޕްތައް އެބައޮވޭ. އަހަރުތަކެއްވެއްޖެ މިކަން މިގޮތަށް ހިނގާތާ،" ޕޮލިސް ކޮމިޝަނަރު ހަމީދު ވިދާޅުވިއެވެ.
ޕޮލިސް ކޮމިޝަނަރު ވިދާޅުވި ގޮތުގައި މާލޭގައި ހަރަކާތްތެރިވާ ގޭންގްތަކުގެ ބޭނުމަކީ މާރާމާރީ ހިންގުމާއި މަސްތުވާތަކެތީގެ ވިޔަފާރި ކުރުމާއި މަސްތުވާތަކެތި ޓްރެފިކް ކުރުމާއި މަސްތުވާތަކެތި މީހުންނަށް ވިއްކުމާއި އެންޓަޕްރައިޒަޒް ގޮތުގައި ހިންގުމެވެ. އެމްއެންޑީއެފް އާއި ފުލުހުން ނުކުމެފައި ވަނީ މި ކަންކަން ހުއްޓުވައި އެކަން ކުރާ މީހުންނާ ދޭތެރޭގައި ފިޔަވަޅު އެޅުމުގެ ބޭނުމުގައި ކަމަށް އޭނާ ވިދާޅުވިއެވެ.
"ހުރިހާ އެންގަލަކުން އެކްޝަން ޕްލޭނެއް ކަނޑައަޅައިގެން އަޅުގަނޑުމެން ފަށައިގެން މިއުޅޭ އޮޕަރޭޝަނަކީ ހަމައެކަނި މަގުމަތީގައި ވިޒިބިލިޓީ އިތުރުކޮށް އެންޓި ސޯޝަލް ބިހޭވިއާ އަށް ފިޔަވަޅުތައް އެޅުމަށްޓަކައި ހަރަކާތްތެރި ވަނީ." ޕޮލިސް ކޮމިޝަނަރު ވިދާޅުވިއެވެ.
ގޭންގު ކުށްތައް ހުއްޓުވަން ޓާސްކް ފޯހެއް އުފެއްދީ، މަސްތުވާތަކެއްޗާ ދެކޮޅަށް ގައުމީ ޓާސްކް ފޯހެއް އެކުލަވާލުމަށް ފަހު ކަމަށް ޕޮލިސް ކޮމިޝަނަރު ވިދާޅުވިއެވެ. މީއީ މީގެ ދެ މަހެއް ވަރު ކުރިން ސަރުކާރުގެ އެންމެ މަތީ ފަންތީގައި ހިމެނޭ ސޯޝަލް ކައުންސިލަށާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ހިއްސާ ކުރެއްވި ކަމެއް ކަމަށް ވެސް ޕޮލިސް ކޮމިޝަނަރު ވިދާޅުވިއެވެ.
"މި ދެ އިޝޫ އަށް އެޑްރެސް ކުރުމަށް ފުލުހުން ފިޔަވަޅުތަކެއް އަޅަން ނިންމީ." ހަމީދު ވިދާޅުވިއެވެ.
ޕޮލިސް ކޮމިޝަނަރު ވިދާޅުވި ގޮތުގައި މިއީ އެންމެ ދުވަހެއް ނޫނީ ދެ ދުވަހަކުން ނިންމާލެވޭނެ ވަރުގެ ކަމެއް ނޫނެވެ. އަދި މިއީ އެއް މަސް ދުވަސް ވަންދެން ހިންގާ އޮޕަރޭޝަނެއް ކަމަށް ބައެއް މީޑިއާތަކުން ހަބަރު ފެތުރި ކަމުގައި ވިޔަސް، އެއީ ވެސް ހަގީގަތެއް ނޫން ކަމަށް ވިދާޅުވިއެވެ.
ފުލުހުންނާއި ސިފައިން ގުޅިގެން ހިންގާ މި އޮޕަރޭޝަންގައި އެކި ތަންތަން ބަލައި ފާސްކޮށް، ތުހުމަތު ކުރެވޭ މީހުން ހައްޔަރުކުރާނެއެވެ.
ސީޕީ ހަމީދު ވިދާޅުވި ގޮތުގައި ގޭންގްތަކުގެ މީހުންނަކީ ފުލުހުންގެ އަމުރަށް އަދި ގާނޫނު ތަންފީޒު ކުރާ ފަރާތްތަކުގެ އަމުރަށް ވެސް ކިޔަމަންތެރި ވާން ނުޖެހޭ ބައެއްގެ ގޮތުގައި އެމީހުން ގަބޫލު ކުރެއެވެ.
އެހެންވެ ގާނޫނާއި ގަވައިދުގެ ތެރެއިންނާއި ހަމަޖެހިފައިވާ އުސޫލުތަކުގެ ތެރެއިން ފިޔަވަޅުތައް އެޅުމަށް ސިފައިންގެ އެހީއާ އެކު، އޮޕަރޭޝަން ކުރިއަށްދާނެ ކަން އޭނާ ފާހަގަ ކުރެއްވިއެވެ.
ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް މާލޭގެ އަމާންކަމާއި ރައްކާތެރިކަން ޔަގީން ކުރުމުގެ ގޮތުން ފުލުހުންގެ އެދުމުގެ މަތިން އެމްއެންޑީއެފްގެ އެހީތެރިކަމާ އެކު "ގުޅިގެން" އޮޕަރޭޝަން ފެށީ މިދިޔަ އާދިއްތަ ދުވަހުއެވެ.
ސާބަހޭ ހަމީދޫ .....ވޯކް ހާޑް އެސް ޔޫކޭން.......
ސާބަސް ސިޔާސީ މީހުން އުމަރު ދުއްވާލި ގޮތަށް ތިކަން ނުވޭތޯ ދުޢާ އަކީ.. ވަރިހަމަ ކޮންމެ ބަޔަކު ވެރިކަމުގައި ތިބިޔަސް ތިކަމަށް މަސައްކަތް ކޮށްދީ..ޝުކުރިއްޔާ ޕޮލިސް އެމްއެންޑީއެފް
ގޭންގު އުޅެޔޭކިޔާފަ ނިންމާކެވޭކަށެއްނެތް.. އިނގެންޏާ ހުރިހާ ގޭންގުތައް ހައްޔަރުކުރަންވީނުން. ގޭންގަކީ ޣައިރުގާނޫނީ އެއްޗެއްނުން.؟
ބަލަގަ އިރެއްގަ އިއްޒަތްތެރި މަޖިލީހުން ގާނޫނެއް ފާސްކުރި ގޭންގް ރަޖިސްޓްރީކުރަން. ހަމީދުވެސް މޮޅުވާހަކަ ދައްކާނީ. ޕީޖީއަކަށް މިހަަރު އެހެރަމީހާ ހުއްޓާ އެކަމެއް ނުވާނެ. އޭނަ އެތަނުން ބޭރުކުރަންވީ ފުރަތަމަ.
ގޭންގްތަށް ހުއްޓުވާ ބަލަ... ރައްޔިތުންނަށް ދަޅަދައްކަން ތިޔަ އުޅެނީ...
ހިނގާ ތިކަމުގެ ނަތީޖާ ނުކުންނަ ގޮތެއް ބަލަން ތިބެން. މިއަދުވެސް ފެނުނު މަންޒަރުގަ ފުލުހުންނާއި ސިފައިން އެފަދަ ބައެއްގެ އަނގަދަށުން ސަލާމަތްނުވެ ވެހިކަލްގަ ދިޔައީ... އެ ގްރޫޕް ތިބި ހަމަ އެ މީހުންގެ ގޮތުގަ ތިބިތާގާ ހާސްކަނޑާލާފަ.
ތިއޮތީ ޗަކޮއެ މެންނަ ވޯޓު ލިބިފަ....
އެވެރިންގެ ދިފާއުގައި ވަކަލާތުކުރާ ވަކީލުންގެ ވަކީލުކަން ނިކަން ބާތުލު ކޮށްލަބަލަ. އިނގޭނެ ގާނޫނު ނުހިގަކަން.
ހަމީދު އަކީ މިރާއްޖޭގައި އުފެދުނު އެންމެ ބޮޑު ގޭންގް ގެ ނައިބު ރައީސް. ހަމީދުމެން ގޭންގޭ ހަރުކައްޓޭ ކިޔައިގެން ތިކުޅޭ ޑުރާމާ ގިނަ ދިވެހިންނަށް މިހާރު އެނގެޔޭ. އިންޑިއާ އައުޓް ގެ އަޑުކަނޑުވާލަން މިފަހަރު ކުޅޭ ޑުރާމާ.
ގޭންގު ނަމުގައި ތިޔަ އުޅެނީ އިންޑިޔާ އައުޓް ކެމްޕެއިން ހުއްޓުވަން. ކޮބާތަ ބާއީ ފުލުސް އަދި ސިފައިންގެ ގޭންގު
ތިޔަ އުޅެނީކީ ގޭންގްތަށް މާތިރި ނުކުރެވިގެން ނޫނޭ.. އަހަރުމެން ތަންކޮޅެއް ކުރީގައި ދެކުނިއް ދިވެހި ފުލުހުން ނިކުންނަ ކޮންމެ ރެއަކު މާލޭގެ ގޭންގްތަކުއް ފިލާ ތިބޭ ތަން. ހެޔޮނުވާނެ ފުލުހުންނަށް ފުލުހުންގެ ބާރުތައް ދީފައި ނެރިބަލަ ވާއެއްޗެއް ބަލައް.
ހަހަހަހަ ސްޓާ ފޯސްދޯ، އެއީ ފައްކާ އެއްޗެއް
އިންޑިޔާ އައުޓު ހަމަކިޔާނެ ކިތަންމެ މަޅިއެއްޖެހިޔަސް
ކޮން ކަމެއް ނުވެގެން މިއުޅެނީ. ރައްޔިތުންނަށް ބިރުދައްކަން! މިފަހަކަށް އައިސް ގޭންގު މާރާމާރީއާއި، އެމީހުންގެ ހަރަކާތެއް މާލެއަކު ނުހިނގާ. ދެން ކޮން ކަމެއް މިއީ. މިއީ، ސިޔާސީ ކަމެއް. އިންޑިއާ އައުޓް ކެމްޕޭން ގައި ބައިވެރިވާ ލޮބުވެތި ރައްޔިތުންނަށް ގޯނާ ކުރުމާއި ޖެއްސުން ކުރުން މީގެ މަޤްޞަދަކަށްވާނީ. ނޫނީ، ގޭންގުތައްކަމަށް ގަބޫލުކުރާ ގްރޫޕްތަކާއި ކްލަބްތަކުގެ މީހުންއެއްކޮށް، އެމީހުން އެކްޓިވޭޓް ކުރުމަކީ މިބައިމީހުންގެ މަޤްޞަދެއްކަމަށް ވެދާނެ.
ހައްޔަރުކުރިމީހުންނާ ޗެކުކުރި ތަންތަނުގެ ލިސްޓްކޮބާ
#ޑްރަގް އެތެރެ ކުރެވޭ.
#ފައިސާ ލިބޭގޮތް ނޭންގި އަގުބޮޑެތި މުދާ ގަނެވޭ.
#ޖަލައް ވައްދާ ތަކެތި ނުހުއްތުވޭ.
#މާލޭގަ 10ގޭންގު އޮވޭ.
#މާރާމާރީ ހިންގޭ.
#މުޅިމުޖުތަމައުގަ ރާފުޅިތައް އެކްސް ޕްރެސް ޑެލިވާ.
#އެމީހަކައް ބޮވުނު ވަރަކައް ބޮއެގެން އުޅެވޭ.
##ހުކުން ތައް ފައިސާ ގިނަކޮޅަކައް.
#ކޮވިޑް ނަތީޖާ ޕާޓީ ތަކާ ގުޅިފަ.
#ރާއްޖެއިން ބޭރައް ކުރާ އާސްންދަހަރަދުން ވައްކަން.
ޢެކި ކަަހަލަ ކުޅިވަރުތަކުގަ ގޭންގު ނަން ކިޔައިގެން ބައިވެރިވެ ގޭންގު ޕޮރޮމޯޓުކުރޭ އަސްލު މީޑިޔާޔަށް ތިލަވަނީ މަދުކަމެތް އަޅުގަނޑު ހުޅުމާލެ ދިޔަދުވަހަކު 4 ވަރަކަށް މީހުން އައިސް އަޅުގަނޑު ކަރުގަ ވަޅި ޖައްސާފަ ވޮލެޓާ ފޯނު ފޭރި ގަތީ މިކަހަލަ ކިތަށްމެ ކަމެތް މި ގޭނގު ތަކުގެ މީހުން ކުރޭ ގޭނގުތަށް ހަދައިގެން އުޅެވިގެން ނުވާނެ މިގައުމުގަ ސާބަހޭސާރ
ގޭންގޭ ކިޔައިގެން އެހެން ކަމެއް ކުރަންް ތިއުޅެނީ ރާއްޖޭގަ އެ އުޅޭ ގުރޫޕް ތައް ރޫޅާލަން ނަމިގައި މީގެ ކިރިން ވެސް މަސައްކަތް ތަކެއް ކުރި އެކަމު އޭރު ކުރީ އެމީހުނައް ހަރަދު ދެން މިއަދާހަމަޔަށް އައި އިރު އެ ގްތޫޕް ތައް ކިހާޕްރޯ ވާނެ ލާރިހަރަދު ކުރި ވަރެއް އޮންނާނީ އަންނަން އޮތް ރިޔާސީ އިންތިހާބަށް ވަރަށް ފައިދާ ކޮށްދޭނެ އެ ގުރޫޕް ތަކުން.. އަގުކިޔާ ބަޔަކު ލައްވާ އެފަދަ އަމަލުތަށް ހިންގުމުގެކުރިން މިނޫން ދުވަހެއް އަދި އެބައިތް ކަން ދަނެބިރުވެތިވެބަލަ
ބަލަ އިންޑިޔާ ބޭރު ކުރާވާހަކަތަ މިދައްކަނީ ގޭނގުތަށް މައިތިރި ކުރާވާހަދޯ އެބުނީ ސީޕީ ގޭންގުތަކުގެ މީހުން މިހާރު އިންޑިޔާ ބޭނުންކޮށްގެން ގޭންގު ދިފާއުކުރަން މިއުޅެނީ
މިތާ ކޮމެންޓު ކުރަންވެސް ގޭނގު ތަކަށް ނިސްބަތްވާމީހުން އުޅޭހެން ހާދަހީވެޔޭ ގޭނގު ހަދައިގެން ޖަރީމާހިންގަން މީ އިތިއޯޕިޔާތަ ފުރަތަމަ ގައުމު ތަރަށްގީއަށް ގޮވާއިރު މީހުން ތަހުޒީބުވެބަލަ ހުސްޒޮންބީން އުޅޭތަނެތްގަ އޮންނާނީ ކޮން ހިއްހަމަ ޖެހުމަކާ އުފަލެތް
ރާ އްޖޭގަ އި ގޭންގުތަ އް އުފެ އްދީ ނަސީދު އެވެ މަ އުމޫންގެ
ވެރިކަމުގައ އި ސަރުކާރާ ތޮޅޭށާ އި ގަ އުމުގަ އި ހަމަނުޖެހުން
އުފަ އްދަ އިގެން ވެރިކަން ވަ އްޓާލުމަށްޓަކާ އެތަށްކަމެ އް
އޭނާ ކުރި އެވެ އެކަންކަން އޭނާގެ ބަހުވަ އިން ނަމަ އެ އީ
ޑިމަކްރަސީ އެވެ އެބުނާ ޑިމަކްރަސީ ތެރޭގަ އި ރާއ އްޖޭގަ އި
މިފެންނަ ހުރިހާ ކުށްތަކެ އް ހިމެނެ އެވެ.