ޅ. ނައިފަރު ކައުންސިލްގެ އިހުތިސޯސްގައި އެ ރަށުގެ ދެކުނުން އޮންނަ ފަޅު ރަށެއް ކަމަށްވާ ވޭވަށް ހިމަނަން ނައިފަރު ކައުންސިލުން ސަރުކާރަށް ގަރާރެއް ހުށަހަޅައިފިއެވެ.
ކައުންސިލްގެ ރައީސް ވެސް ހިމެނޭހެން ހަތް ކައުންސިލަރުން ސޮއިކުރައްވައި ނެރެފައިވާ މި ގަރާރުގައި ވަނީ ނައިފަރަކީ އާބާދީ ބޮޑު ރަށަކަށްވެފައި ބިމުގެ ދަތިކަން އޮތް ރަށެއް ކަމުން ރައްޔިތުންނަށް އިގްތިސޯދީ މަސައްކަތްތައް ކުރުމަށް ދަތިތަކެއް އޮންނަ ކަމަށެވެ.
ރައްޔިތުންނަށް ހިތްފަސޭހަކޮށްލައި މޫދަށް އެރިލައި އުޅެވޭނެ ފަދަ ގޮނޑުދޮށެއް ވެސް ނެތްކަން ފާހަގަކޮށް ގަރާރުގައި ވަނީ ކައުންސިލްގެ އާމްދަނީ އިތުރު ކުރަން ގޮންޖެހުންތަކާއި ވެސް ކުރިމަތިލާން ޖެހޭ ކަމުގައެވެ.
"ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ހައްލެއް ހޯދުމަށްޓަކައި ނައިފަރުގެ ދެކުނުން އޮންނަ ފަޅު ރަށެއް ކަމަށްވާ ވޭވަށް ނައިފަރު ކައުންސިލްގެ އިހުތިސާސްގެ ތެރެއަށް އިތުރު ކޮށް ކައުންސިލަށް އާމްދަނީ އިތުރު ކުރެވޭނެ ގޮތަށް ހަވާލު ކޮށްދެއްވުމަށް ސަރުކާރަށް ދަންނަވައި މި މައްސަލަ މަޖިލީހުގެ ސަމާލު ކަމަށް ގެނެސް އަވަސް ހައްލެއް ހޯދައި ދިނުމަށް މަސައްކަތް ކޮށްދެއްވުމަށް ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމަށް ގޮވާލަން" ގަރާރުގައިވެއެވެ.
ވޭވަށަކީ މިވަގުތު ބެލެހެއްޓެމުން ނުދާ ހަލާކުވެ ފަނާވަމުންދާ ރަށަކަށްވެފައި ރަށުގެ ފެހިކަން ވެސް އިހުމާލުގެ ސަބަބުން ނެތިގެންދާ ރަށަކަށްވާއިރު، ކައުންސިލާއި ހަވާލުވި ކޮށްފިނަމަ އެރަށް އެންމެ އެދެވޭ ގޮތެއްގައި ބެލެހެއްޓި އިހުމާލުގެ ސަބަބުން ލިބެމުންދާ ގެއްލުމަށް ހައްލެއް ލިބިގެންދާނެ ކަމަށް ގަރާރުގައި ވަނީ ބުނެފައެވެ.
މީގެ އިތުރުން އެރަށް ހަވާލު ކޮށްފިނަމަ ނައިފަރުގެ ތަރައްގީ އަށް ކުރެވޭ މަސައްކަތްތައް އިތުރުވެ ރަށާއި ރައްޔިތުންގެ ކުރިއެރުމަށް ކުރެވޭ މަސައްކަތްތައް އިތުރުވެގެން ދާނެ ކަމަށާއި އަތޮޅު ރައްޔިތުންނަށް ވެސް މޫދަށް އެރި އުޅެވޭނެ ފަދަ ގޮތަކަށް އެތަން ތަރައްގީ ކުރެވޭނެ ކަމަށް ގަރާރުގައި ވަނީ ފާހަގް ކޮށްފައެވެ.
ޔާމީން ސަރުކާރުގައި ތިޔަ ވޭވަށް ވަނީ ސިންގަޕޫރު ބަޔަކަށް ވިއްކާލާފަ އެޑީލްއިން މެމްބަރު ޝިޔާމަށް ވަނީ ބަޔެއް އަޅާފަ.
ޗަގޮތަކަށް ޗަކަމެއް ނުވާނެ ކޮއިފުޅުމެންނޭ
އެރަން އަތުލޭފައި ރިޒޯކަޓަށް ހަޑަން ގަރާނެރެބަޅޭ
މަވެސް ބޭނުން ތަގޮވާ ކޭރި އޮތް ގަބުރުސްތާނު މި ގޯތި (ނާޒުކުގެ) އިހުތިސޯސް ތެރެއަށް ވައްޓޭއިލާން އޭރުން މަށަށް ލަކުޑި ކޮޅުވެސް ބަހައްޓޭލާނެ ޖާގަ ޗަ ލިބުނީ ހުވޭ
ވޭވަށާ މަޑިވަރާ ދެން ވައްޥަރުވެސް ޖަޙޭލިއްޔާ އަދި ތާހިރު ވާނީ
މިމީހުންނަށް ހިޔޮ ތަނެއް ބައްކުރެވެންޏާ، ގައިމު ކިޔެއްވާނީ މި މިސްކިތުގޭ ކުލަކޮޅެއް ލޭ ދިނިއްޔާ މިއޮއް އަންނަ މާތް ރޯދަމަހުގެ ކުރިން
(އައްޔައް ޕެ)
ހާދީ މުދިންބެ
ރަަށުގޭ މަގުތައް އޮއްވަޅު ގޮނޑިއެކޭ އެއްވަރޭ މަގޭ ރަންނަ ވެސް ބުނި
އެސޮރަށް ސޭކަލުވެސް ދުއްވޭ ނުލެވެޔޯލަ
ޗާއްޗިހިންނަށް ފެންނަނީ ވޭވަށް ދުއްތަ؟
މީއްޗިހިން އަހަރެމެން ހޮވޭފޭ މިތިބީ އަޅެފަހެ ވޭވަށް ތަރަށްގުއި ކުރާންތަ؟
ޤާނޫނުގަ އޮވޭ އިޙްތިސާސްގަ ރަށެއް ހިމެނޭގޮތް ވަރަށް ސާފުކޮށް ކަޅާހުދުން ލިޔެފަ..އެންމެ ފުރަތަމަކަމަކީ 700 މީޓަރު ނުވަތަ އެއަށްވުރެއް ކައިރި ވާނއޖެހޭނެ.. ތޮތަ ރަށާ ނައިފަރާ ދެމެދު 1.5 ކިލޯ މީޓަރު އެބަހުރި..ޤާނޫނާ ޚިލާފަށް ނެރޭ ޤަރާރަކީ އުފެދުމުގަ ވެސް ބާތިލު އެއްޗެއް.. ކިތަންމެ ޤަރާރެއް ނެތުނަސް ޤާނޫނާ ޚިލާފަށް ކަނޑައެއް ނޭޅޭނެ ސަރުކާރަކަށްވެސް..
މަޑިވަރު އަތުލޭ
މަަޑިމަރު މާ މުހިއްމު
މަށިވަރު މާ ބޮޑު
މަފިވަތު މާ ތަރައްގީ ވެޖެއް
ނަޑިވަތުން މާ ބޮޑަ އިހުތިސޯސީ ފޭދާ ލިބޭ
-ނައިފަރު ރައްޔިތުން ދޯކާދިން ބާސް-
ދެރަށް ބުރިޖަކުން ގުލޭލެބަލޭ އޭރުން މަގޭ ނިހާދަށާ ވިސާޑާ އަސާ އަތުލާލަށް ވެސް ލައްކަ ފަސީހަ ވާނެ
× ސާއިދު×
ޗަ ތެޅެނީ އަޑެއް ގޮއްވާން..؟؟؟؟؟؟؟
ދެން އަންނަ ފަސް އަހަރަށް ނޫނެކޭ ނުބުނާ ވަރު ކުރާތި
ސާބަހޭ ބޮނޑު ކައްކާ
ސާބަހޭ ރ. ޔާމީން
=އަދުރޭ=
ނަރުދަމާ އަވަސް ކޮށްބަދީ
ވޭވަށް ޗަތާ ބާއްވޭ
މަ އޭރުވެސް ބުނިން ނައިފަރު ރައްޔިތުން ގާތު ކަމުދާ ބަޔެއް ނޫނޭ ޗަ ހޮވަނީ އެއް.. ދެން ޗައުޅެނީ ކުޅަށް ވުރެސް ބިޝް ދޮރިވާން
މިތާކުން ލާހިކެއް ނޫން ލޯނެއް ދޭކަށް ޗަރަށް ހަދާކަށް
ވޭވަށަަށް ދަތުރު ނުދެވޭނަމަ ބަދްލޭކީ އެހެން ރަށެއް ހަމަޖައްސާ ދޭންވާނެ!
ނަމެއްގޭ ހުންނަ ހޮސްޕިޓަލެއް މީ، ކޮވިޑް ބަލި މިހިރަ ރަތް ވަނީ، ރަށެއްތަ ބަށް ނުކުރެވެ އޮތީ ކަލޭމެން ކުދިންނަށް؟!!!
ވަރަށް ސަލާން
ވޯޓުން ނުވިއްޔާ ކޯޓުން އެހެން ނޫންތޯ؟
ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގާ ތިޔަ ތިންރަށް ވައްވޭފަރު (ނައިފަރުވައްވަރުވޭވަށް) ބުރުޖަކުން ގުޅާލަދޭނަން
الله اكبر އިންޝާﷲ
އަންތިރީސް ވެގެން ހަމަ ނުދެމުނީ ކިރިޔާ😨
ދެން ދަތުރުވެސް ޗަ ދެވުނީ ޗޯއްޗެއް