ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރިޒޯޓުތަކުގައި ބަހައްޓާ ވޯޓު ފޮށިތައް އިލެކްޝަންސް ކޮމިޝަނުން މަދު ކުރަން ނިންމި ނިންމުމާ ގުޅިގެން އެކަމާ ދެކޮޅަށް ބޮޑު މުޒާހަރާއަކަށް ގޮވާލަން ޖެހޭ ކަމަށް ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދު ވިދާޅުވެއްޖެއެވެ.
ދިޔާނާ ކުރެވި ޓްވީޓެއްގައި ވިދާޅުވީ މިދިޔަ ރިޔާސީ އިންތިހާބުގައި ރާއްޖޭގެ 42 ރިޒޯޓެއްގައި ވޯޓު ފޮށި ބަހައްޓާފައިވާ އިރު އަންނަ ސެޕްޓެމްބަރު 23 ގައި އޮންނަ ރިޔާސީ އިންތިޚާބުގައި ވޯޓު ފޮށި ބަހައްޓަން ހަމަޖެހިފައި ވަނީ އެންމެ ހަތް ރިޒޯޓުގައި ކަމަށެވެ.
In 2008, I was able to challenge the Elections Act that disenfranchised prisoners & have their voting rights reinstated. Today, anyone holding the govt to task is unlikely to get a fair day in court. And that’s why the right to strike & mass action becomes essential. pic.twitter.com/jgT2IE2gW8
— Dhiyana ?🌹 (@dhiyanasaid) July 17, 2018
"އެއީ ހިސާބުޖަހައިގެން، ސަރުކާރާ އިދިކޮޅު ފަރާތްތަކުގެ ސަޕޯޓު ބޭސް އިން އެތައް ހާސް ބައެއްގެ ވޯޓުލުމުގެ ހައްގު ނިގުޅައިގަނެ ރިޔާސީ އިންޚާބަށް ނުފޫޒު ފޯރުވުމަށް ކުރާ ކަމެއް މިކަންކަން މިހެން ކުރީތީ މިކަމާ ދެކޮޅަށް ބޮޑު މުޒާހަރާއަކަށް ގޮވާލަން ޖެހޭ" ދިޔާނާ ވިދާޅުވިއެވެ.
ރިޔާސީ އިންތިހާބުގައި އެންމެ ހަތް ރިސޯޓުގައި ވޯޓު ފޮށި ބަހައްޓަން އިލެކްޝަން ކޮމިޝަނުން ނިންމުން އެއީ ވޯޓުލުމުގެ ހައްގު ނިގުޅައިގަތުމަށް ކުރާ ކަމެއް ކަމަށް އިދިކޮޅު ފަރާތް ތަކުން ވަނީ ބުނެފައެވެ.
އިންތިޚާބުތަކާބެހޭ ގާނޫނުތަކަށް ދާދި މިދާކަށްދުވަހު ގެނައި ބަދަލަކާ އެކު، އަމިއްލައަށް ވޯޓް ކަރުދާހުގައި ފާހަގަ ނުޖެހޭ މިންވަރަށް ޖިސްމާނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވޯޓް ކަރުދާހުގައި ފާހަގަ ޖަހައި، ވޯޓް ލައިދޭނީ ވޯޓްލާ މަރުކަޒުގެ ވެރިޔާ ކަނޑައަޅާ އިލެކްޝަންސް ކޮމިޝަންގެ އޮފިސަލެއް ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅަފައެވެ.
އިއްޔެ އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް، އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)ގެ ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ ވިދާޅުވެފައި ވަނީ ދިވެހިން އެތައް ބައިވަރު ރިސޯޓުތަކެއްގައި ވަޒީފާ އަދާކުރަމުން އަންނައިރު، މި އަހަރު ބާއްވާ އިންތިހާބުގައި އެންމެ ހަތް ރިސޯޓުގައި ވޯޓު ފޮށި ބަހައްޓަން ނިންމުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ. މާރިއާ ވިދާޅުވީ މިއަދު މި ފެންނަނީ ރިޒޯޓުތަކުގައި މަސައްކަތް ކުރާ މުވައްޒިފުންނަން ވޯޓުލުމުގެ ހައްގު ރައީސް ޔާމީންގެ ސަރުކާރުން ނިގުޅައި ގަންނަމުން ދާތަން ކަމަށެވެ.
އަދ ިވާނެ މޫދުގެ ދިޔަވަރު އަޑިވެ އުސްވާތީވެސްމުޒާހަރާކުރަން! ޤަވްމަށް ހަމަޖެހުމެއް އަޔަ ނުދޭތި!
ރިސޯޓް މުވައްޒަފުންގެ ވޯޓް ނުލިބޭނެތީ ބިރުން.
ދިޔާނާއަށް ވެރިން ހަވާލުކުރަންވީދޯ އޭރުން ރާއްޖޭގެ ހުރިހާ ރައްޔިތުން ބުނާގޮތް ހަދާނެދޯ ،ކީއްވެ ވެރިކަމާތިއުޅެނީ އެއަށްވުރެ ތިމާ އިސްލާމްދީނަށްޓަކައި މަސައްކަތް ކޮށްބަލަ، މިހާރުވެސް ތިމާ ތިހުރީ އޮރިޔާން ހާލުގައި ކޮންވެރިކަމެއް ލިބޭނީ އިރާދަކުރެއްވިއްޔާ ތިކަމެއްނުވާނެ ދެންލަލަަލަލަލަލަ
ދިވެހިރާއްޖޭގެ ކޮންމެ ގެއެއްގަ ވޯޓު ފޮއްޓެއް ބަހައްޓަންވީނު!
ކުދިންނޭ ދެން ބަލަން ތިބޭ މުޒާހަރާ ޕާޓީގެ ކަންތަކައި ލައިގަންނަން މިއުޅެނީ. ހޮވިއްޖިއްޔާ އަމުދުން ދިރިއުޅުމަށް ނުފޮރުއްޕާން ކުރާނެ.
ދިޔާނާގެ ހެދުން ދަށުގަވެސް.ފޮއްޓެއް ބަހައްޓާ
ލޮލީ އަޅަންވެސް ފޮއްޓެއް
ހޮނޑާފުށީގަވެސް ފޮއްޓެއް ބަހައްޓަންވާނެ . ޢޭރުން ތި ދެމަފިރިންނައް ވޯޓުލެވޭނީ
ރިސޯޓް ތަކުގައި މަސަތްކަށް ކުރާ ބައެއް މުވައްޒަފުންގެ އަޙްލާގު ރަނގަޅު ކުރަން މަސަތްކަތް ކޮތްބަލަ. ކޮން ވޯޓެކެ ކިޔާކަށް. ކުރުންވެސް ތިހެންއުޅު މީހެއް. އެނާ ބޭނުންވީ މަޖްލީސް ގޮނޑި. މިހާރު އެނާކޮބާ.
ރިސޯޓް ތަކުގައި ފޮށިބެހެއްޓޮޔަސް ނުބެހެއްޓިޔަސް މިވައްޒަފުން ބޭނުން ތާނކަށް ގޮސް ބޭނުން މީހަކަށް ވޯޓް ލެވޭނެ. މޮޔަނުގޮވަ. ތިކަމުގައި ބައިވެރިއެއް ނުވާނަން.
ރިސޯޓް މުއައްޒަފުން އެންމެ ފުރަތަމަ މުޒާހަރާ ކުރަންވީ ދޭންޖެހޭ މުސާރަ އާއި ސާވިސް ޗާރޖް ދޭންޖެހޭ ދުވަހށް ނުދޭތީ. ޖުލައި މަހުގެ މުސާރަ އާއި ބޭރުމީޖުންނަށް ސޭޓް އަދިވެސްނުދޭ. ހަތަރުމަހުގެ ސާވިސްޗާޖް އަދިވެސް ސޭޓްގެ އެއްވެސް ރިސޯޓްގަނުދޭ ދެން ކޮންކަމަކާ ދަރިންނަށް ކާންނުދީ މުޒާހިރާ ކުރަންމިގޮވަނީ. ފިރިސޮރު ރިސޯޓް ކިތައްމަސް ވެއްްްްޖެ މުސާރަކޮޅިނުދަެތާ ތާހިރުތަ އަހަރެމެން މަގުމައްޗައް ނެރެން.
މި މީހުންގެ ކެނޑިޑޭޓް ފާޚާނާއަށް ވަންނަޖެހުނަސް އެކަމަށްވެސް ކުރަނީ މުޒާހަރާ!!!!!!