ސަރުކާރާއި އިދިކޮޅު ޕާޓީއެއް މިހާރު ނެތް ކަމަށާއި މިހާރު އޮތީ ގައުމާއި އިދިކޮޅު ޕާޓީއެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ ރަނިންމޭޓް ކަމަށް ކަނޑައަޅަން ނިންމާފައިވާ ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ޑރ.ޝަހީމް މިހެން ވިދާޅުވީ އޭނާ ނިސްބަތްވެ ވަޑައިގަންނަވާ ހުވަދު އަތޮޅުގެ ރައްޔިތުންނާއި ބައްދަލުކުރައްވަން މިރޭ ޕީޕީއެމް "ރުމާލު-2" ޖަގަހައިގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ހުވަދޫ ބަހުން ވަރަށް ފޯރިއާއި އެކު ވާހަކަފުޅު ކުރިއަށް ގެންދަވަމުން ޝަހީމް ވިދާޅުވީ ހުވަދު އަތޮޅުގެ ދެކުނު ބުރިއާއި ހުވަދު އަތޮޅުގެ އުތުރުބުރި ގުޅިގެން ރިޔާސީ އިންތިޚާބު ކާމިޔާބު ކުރަން ޖެހޭ ކަމަށެވެ.
ޝަހީމް ވަނީ އޭނާ ރައީސް ޔާމިންގެ ރަނިންމޭޓްގެ މަގާމު ގަބޫލު ކުރެއްވީ ކީއްވެކަން މިރޭ ވެސް ތަފްސީލްކޮށް ވިދާޅުވެދެއްވާފައެވެ.
"ރައީސް ޔާމިންގެ ރަނިންމޭޓްކަން ގަބޫލު ކުރީ ދީނަށް ޚިދުމަތް ކުރަން. އިސްލާމްދީނަށް ޚިދުމަތް ކުރަން ހުށަހެޅުމުން އެކަމަށް ދެކޮޅު ހެދުމަކީ ކޮންފަދަ ބޮޑު ފާފައެއްތޯ. އެހެންވީމާ އެއްވެސް ޝަރުތަކާއި ނުލާ އަޅުގަނޑު ރަނިންމޭޓްކަން ގަބޫލު ކުރީ. މިމަގާމަށް އަޅުގަނޑު އަމާނާތްތެރިވާނަން." ޝަހީމް ވިދާޅުވިއެވެ.
ޝަހީމް ވިދާޅުވީ ރައީސް ޔާމީން އޭނާ އެއްލާނުލާނެ ކަމަށާއި އެއީ އެއްލާލާނެ ގޮތައް އޭނާ ނޫޅޭނެތީކަމަށެވެ.
ޝަހީމް ވިދާޅުވީ އޭނާ އަށް އަމިއްލަ ރަށުން ވެސް 30 ވޯޓް ވެސް ނުލިބޭނެ ކަމަށް އެމްޑީޕީ މީހުން ބުނާ ކަމަށެވެ.
"އެކަމަކު އެމީހުންނަކަށް ނޭނގޭ އަޅުގަނޑުގެ ކާފަ ވެސް އެބަހުންނެވި ދުނިޔޭގައި. ކާފަ އަށް މިހާރު 100 އަހަރު ވެއްޖެ. ކާފަ އަށް މުނިކާފަ ކިޔާ 100 އަށް ވުރެ ގިނަ ކުދިން އެބަތިބި. އަޅުގަނޑުގެ މައިންބަފައިންނަކީ ސިޔާސީ ކަންތައްތަކުގައި ބައިވެރިވާ ބައެއް ނޫން. ނަމަވެސް މިރޭ މިޖަލްސާގައި އަޅުގަނޑުގެ މަންމަ ވެސް އެބައިންނެވި. މައިންބަފައިން ނިކުމެއްޖެއްޔާ އެއީ ކާމިޔާބުގެ ފެށުން." ޝަހީމް ވިދާޅުވިއެވެ.
ޝަހީމް ވިދާޅުވީ އިދިކޮޅު ފަރާތްތަކުގެ ރަނިންމޭޓަކަށް ވުމަށް ވެސް އޭނާ އަށް ފުރުސަތު ލިބިވަޑައިގެންނެވި ކަމަށާއި ނަމަވެސް އެމަގާމު ގަބޫލު ނުކުރެއްވީ ކަމަށެވެ.
"އެއީ އިސްލާމްދީނާއި ދެކޮޅު ބައެއް. އިސްލާމްދީން މިގައުމުން ނައްތާލަން ޖެހޭނީ އަޅުގަނޑުގެ ކަރުގެ ހިމަ ނާރު ބުރިކޮށްލާފައި." ޝަހީމް ވިދާޅުވިއެވެ.
ޝަހީމް މިރޭ ހުވަދުއަތޮޅުގެ ރައްޔިތުންނާއި ބައްދަލުކުރައްވާފައި ވާއިރު ހުވަދު އަތޮޅަށް ކުރައްވާ ދަތުރުފުޅެއް އޭނާ މިހަފްތާގައި ފެއްޓެވުމަށް ވަނީ ނިންމަވާފައެވެ.
ޝަހީމް ތިއީ ސިޔާސީ މަގާމަށް ހާއްސަކޮށް ރައްޔިތުން އިންތިހާބު ކުރާ މަގާމަކަށް ގެންނަން ކަމުދާ މީހެއް ނޫން ރައްޔިތުންނާއި ބައްދަލުކުރާ ކޮންމެ ފަހަރަކު ގަޅިޖެހިފ ހުންނަނީ
ސަރުބަތު ބޮއިގެން ހަމައިންނެއްޓިފަ ތާއްޔާޖެހިޖެހި ސޮނިވެއްޓިވެއްޓި ހުންނަ ބޮޑުނުލަފާ ނަޝީދު ވަރުގެ މީހަކުނެތޯ މިމީހުންނަކަށް.
އިސްލާމްދީނަކީ މީހެއްނޫން. އަދި މީހަކާ ބެހޭކަމެއްވެސްނޫން އެއީ ﷲ އާއި އެކަލާނގެ އަޅާއާއި ދެމެދު އޮތް ކަމެއް. އެކަމަކަށް ނަޝީދަކަށްވެސް ޝަހީމަކަށްވެސް ކުރެވޭނެކަމެއްނެތް. މުޅިގައުމުގަ ވެރިޔަކަށް ޝޭހަކު، ފުލުހުންނަށް ޝޭހުން، މަޖުލިހުގަޝޭހުންތިއްބަސް، ކަލެއާ ސުވަރުގޭގެ ރަހުމަތާ ދެެމެދު އެހެންބައެއްގެ ހުރި އީމާންކަމަކުން ނުވަދަ މަގުފުރެދުމަކުން ހުރި މޮޅެއްވެސް އަދި ދެރައެއްވެސްނެތް. ނަމާދުގާއިމްކޮށް ﷲގެ މަގުގައި މަސައްކަތްކުރާ މީހާއީ ދެދުނިޔޭގެ ބާއްޖަވެރިކަން ލިބިގެންވާމީހާ. ވީއިރު ދީން ސިޔާސީ ނުކޮށް ދުއާކުރުން ގިނަކުރައްވާ.
މިއާ ހިލާފަށް ރައްޔިތުންގެ މުދާ ވަގަށް ނަގާ ހާކިމާގެ މައްސަލައިގަ ރައްޔިތުންނަށް ވާހަކަދެކެވޭނެ.
ޙަގީގަތް އޮޅުންފިލުވާދޭތީ ހަޖަމު ނުވަނީތަ.....؟؟؟ އިދިކޮޅު ބައިގަނޑަކީ މާތްވެގެންވާ އިސްލާމް ދީނާވެސް އިދިކޮޅު ބައެއް.
ކަލޯ ރޭގަ ފަތިސް ނަމާދު ކުރިންތަ؟
ސިޔާސީ ދާއިރާ ބޭފުޅާަ އަށް ކަމު ނުދާ ވާހަކަ ދަންނަ ވަން. ވަރަށް ސަލާން...
ހޫން!!! އަދިކިރިޔާ މިއެނގުނީ އެމްޑީޕީންތަށް އިލްމުވެރިންނަށް ފާޑުކިޔާކަން އަދި ހާއްސަކޮށް ނަށީދު ޝަހީމް އާދިމާލަށް އެއްޗިހިގޮވާކަން. އެއީ ރަނިންމޭޓް ކަން ގަބޫލުނުކުރީމަދޯ. އާނ! އެހެންތާ ވާނީވެސް މަދަރުސާގެ ތުއްތު ކުދިންނަށް ވެސް އެނގޭ އަންނިއޭ ބުނީމަ އެއީ ޝައިތާނެއްކަން. އޭނާގެ ވަރިކަމުގައި އަރަބިއްޔާ ބަންދުކޮށް އިސްލާމް މާއްދާ އެއީ އިހްތުޔާރީ އެއްޗަކަށް ހަދައިގެން އުޅުނު ފަރަންޖީ އެއްވިއްޔަ.. މިކަން އޮޅުވައެއް ނުލެވޭނެ.! މިއަދު އަހަރެމެން ހިތާމަކުރަނީ ފާލުގައި ލާދީނީ ކަންކަމަށް ގޮވާއިރު ގޮތްދޫނުކުރަން ނަމަވެސް މިކަންކަމަށް އަޑު ނުއުފުލާތީ.
ގަންޖާ ރާޖާ ސްކޫލަކަށް ކިޔަވައިދޭން ދިޔަ!! ގޮސްފައި ބުނަނީ ކޭމަ ވާނީ ކޭކަމަށް ނުކޭމަ ވާނީ ނުކާކަމަށް. ގިނަ ވީމާ ވާނީ ގިނަ މަދުވީމަ ވާނީ މަދު. ސަތޭކަވާނީ ސަތޭކަ އަށް ސުމެއްވާނީ ސުމަކަށް. މީ ގަންޖާބެ ގެ ހާލަތު.
އީޔޫ މީހުން ގާތު ބުނާނަން
ތީ ހަމަ ސަތޭކައިގެ ވާހަކައެއް.
ރާއްޖޭގައި ނެތް އިދިކޮޅު ޕާރޓީތަކެއް ކޮންމެ ޕާރޓީ އަކީ ވެސް ވެރިކަމަށް އަންނަ ޕާރޓީތައް ރައްޔިތުންގެ ޕާރޓީ ގައުމުގެ ރައްޔިތުން ވެރިކަން އެހެން މީހަކަށް 17 ނުވަތަ 11 ނޮވެމްބަރ 2018 އިން ފެށިގެން ފުރޮޅިގެންދާނެ.
ދީނާ އިދިކޮޅު ޕާޓީ އެކޭ ނުބުނީ ކީއްވެ
ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! އަޅުގަނޑުމެންގެ ދީނާއި، ޤައުމު އަދި އަޅަމެންގެ ވެރިކަން ކާފިރު ޤައުމުތަކާއި އެއުރެންގެ އެހީތެރިންގެ ކިބައިން ސަލާމަތްކޮށްދެއްވާނދޭވެ! އަޅަމެންގެ ތެރޭގައި ތިބި އަޅަމެންގެ ދީނާއި ޤައުމިއްޔަތަށް ލޯތްބެއް ނެތް މީހުންނާއި އެއުރެންގެ އެހީތެރިންކަމުގައި ހަދައިގެން އުޅޭ ކާފިރުވި ޤައުމުތަކާއި މީހުންގެ ރޭވުންތައް މޮޅަށް ދެނެވޮޑިންގެވަނީ އިބަ ﷲއެވެ. އަޅަމެންނީ ނިކަމެތި ބަޔަކީމެވެ. ޔާﷲ! އެއުރެންގެ ނުބައި ރޭވުންތަކާއި ކެހިވެރިކަމުން އަޅަމެން ސަލާމަތްކޮށްދެވޭ އެއްވެސް އެހެން ފަރާތެއް ނުވެއެވެ. ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! އަޅުގަނޑުމެންގެ ދީނާއި، ޤައުމު އަދި އަޅަމެންގެ ވެރިކަން ކާފިރު ޤައުމުތަކާއި އެއުރެންގެ އެހީތެރިންގެ ކިބައިން ސަލާމަތްކޮށްދެއްވާނދޭވެ! އާމީން!
އަގައަން ދީނާ ގައުމު ކުރަނީ ވައްކަން ހަދަނީ ދޮގު ނަމާދެއް ނުކުރޭ އެކަމަކު ދީނޯ
މިކަލޭގެ ކަމަކު ނުދޭ ނައިބު ރައީސަކަށް. ކަލޭ ރަގަޅުވާނީ ދީނީ ދަރުސްދީ ދީނާއިގެން އުޅުނިއްޔާ. ސިޔާސީ ދާއިރާއަށް ވަދެގެން ބޮޑިއެއް ބޯން ޖެހިދާނެ. ނަސޭހަތެއް މިދިނީ.
އަހަރުމެން ދެރަޔަކަސް ނަސޭޙަތެއް ދެވިދާނެދޯ!
އަސަރުކުރީދޯ!