ރާއްޖޭގެ ރަސްމީ ފުޓުބޯޅަ ދަނޑު ތަޅާލައި އެތަން ތަރައްގީ ކުރަން ސަރުކާރުން ނިންމި އިރު، ރައްޔިތުންނާއި މަޝްވަރާ ކުރަން ގަސްތު ކުރައްވަނީ ކޮން އިރަކުތޯ ބެލުމަށް ޔޫތް މިނިސްޓަރ އަހްމަދު މަހްލޫފާއި، ސުވާލު ކުރަން ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމް ހުށަހަޅުއްވައިފިއެވެ.

ގަލޮޅު ދަނޑު ތަރައްގީ ކުރާނެ ގޮތުގެ ކުރެހުންތަކާއެކު ޔޫތް މިނިސްޓަރު އަހުމަދު މަހްލޫފް ވަނީ ޓްވީޓް ކުރައްވާފައެވެ.މިގޮތުން ކުރެހުންތަކުން ދަނޑު ފެންނަނީ ވަރަށް ވެސް ހިތްގައިމުކޮށެވެ.

ބާވެ، ހަލާކުވެފައިވާ ގަލޮޅު ދަނޑުގެ ބަދަލުގައި އާ ދަނޑެއް ލިބިގެން ދިއުމަކީ ރާއްޖޭގެ ފުޓުބޯޅައަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެކެވެ.

ރާއްޖޭގެ ކުޅިވަރު ތަރައްގީ ކުރުމަށް އިންޑިއާ އިން ދޭ 40 މިލިއަން ޑޮލަރުގެ ލޯން އެހީގެ ތެެރެއިން ގަލޮޅު ދަނޑުގެ ތަރައްގީ އަށް ހަރަދުކުރަން އަންނަ އަހަރުގެ ބަޖެޓްގައި 45،494،505 ރުފިޔާ ވަނީ ހިމަނާފައެވެ. އަދި 2023 ވަނަ އަހަރުގެ ބަޖެޓްގައި 10 މިލިއަން ރުފިޔާ ވަނީ ގަލޮޅު ދަނޑުގެ ތަރައްގީ އަށް ހިމަނައިފައެވެ. މިއީ އިންޑިއާގެ އެގްޒިމް ބޭންކް މެދުވެރިކޮށް ދޭ ލޯނުން ހިންގަން ނިންމާފައިވާ ޕްރޮޖެކްޓެކެވެ.

އެހެން ނަމަވެސް ރައްޔިތުންގެ ކަންބޮޑުވުމަކަށް ވެފައި ވަނީ އެތަން އަލުން ތަރައްގީކުރާއިރު ރައްޔިތުންނާއި މަޝްވަރާ ނުކުރާތީއެވެ. އަދި ރައްޔިތުންް އެތަނުގައި އަލުން ދަނޑު ތަރައްގީ ކުރަން ބޭނުންވޭތޯ ނުވަތަ ނޫންތޯ ބަލާފައެއް ނުވެއެވެ.

އެކަމާއި ގުޅިގެން މީކާއިލް ވަނީ މަހްލޫފްއާ ސުވާލު ކުރަން މަޖިލީހަށް ހުށަހަޅުއްވާފައެވެ. މީކާއިލް ވިދާޅުވީ، އެ ދަނޑު ތަރައްގީ ކުރަން އިއުލާނުކޮށްފައިވާއިރު، މާލޭގެ ރައްޔިތުންނާއި އަދި ވަކިން ހާއްސަކޮށް އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނާއި އެކަމާއި ގުޅޭގޮތުން އެއްވެސް މަޝްވަރާއެއް ކޮށްފައިނުވާ ކަމުގެ ޝަކުވާ ލިބެމުންދާ ކަަމަށެވެ.

އެހެންކަމުން މި މަޝްރޫއު ކުރިއަށްދާއިރު، އާއްމުންނާއި މަޝްވަރާ ކުރަން ގަސްތު ކުރަނީ ކޮން އިރަކުތޯ އާއި މާލޭގެ މެދުގައި މިދަނޑު ތަރައްގީ ކުރުމުގެ ބަދަލުގައި މި ދަނޑު ހުޅުމާލެއަށް ބަދަލުކޮށް މާލޭގެ ޖާގައިގެ ދަތިކަމަށް ލުުޔެއް ގެންނަން ނުވިސްނަންތޯ ބެލުމަށް މީކާއިލްގެ ސުވާލު ކުރުމުގެ ނޯޓިސްގައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ބީތާ

    މަޖިލީހުގެ މެންބަރުންގެ މުސާރަ އަމިއްލައަށް ބޮޑުކޮށް ދުޅައަރުވާލިއިރު ރައްޔިތުންނާއި ސުވާލުނުކުރީ ކީއްވެ.މާދެން އާޓް ދައްކަނީއޭ.

    29
    2
  2. އައްޓަމަސް

    ކޮންމެކަމެއްގައި ރައްޔިތުންނާއި މަޝްވަރާކޮއްގެން ކަންކުރަން ވެއްޖެނަމަ ދުވަހަކުވެސް އެއްކަމެއްވެސް ނުވާނެ ރާއްޖެއަކު ހުސް ރޯނުއެދުރުން އުޅޭތަނެއް މީ!

  3. މުޛު

    މީކާއިލް ތި ގޮޑިއަށް ހޮވުނީ ކާކު މަސައްކަތް ކޮށްދީގެންތޯ ވެސް ސުވާލު ކޮށްލުން މުހިންމު.

  4. ސަމްސިއްޔާ

    ކޭލޭމެން ބޭނުންގޮތަކަށް ބޭނުން ވާހަކައެއް މަޖުލީހުގައި ދައްކަނީ. ކޮބައި ރައްޔިތުން؟؟

  5. Anonymous

    ކަހާތަން ހިރުވާވެސް ނުލާނެ / 80000 ރުފިޔާ ނަގައިގެން ސުވާލުކޮއްލަން / ގައުމަށް ކިހާބޮޑު ގެއްލުމެއް