ސްރީލަންކާގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މާލީ ކާރިސާއާ ހަނގުރާމަ ކުރަމުންދާ ދަނޑިވަޅެއްގައި އެގައުމުގައި ހާލުގައި ޖެހިފައިތިބި ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން އެގައުމުގައި ދިރިއުޅޭ ދިވެހި މަންމައެއްގެ އިސްނެގުމާއެކު އެތައް ބަޔަކަށް ކާނާ ފޯރުކޮށްދީފިއެވެ.

1948 ވަނަ އަހަރު ލަންކާއަށް މިނިވަންކަން ލިބުނުފަހުން އެ ގައުމުގައި އިގުތިސޯދީ ގޮތުން އެންމެ ބޮޑު ހީނަރުކަން އައިސްފައި ވަނީ މި ފަހަރުއެވެ. ކޮވިޑާއިއެކު ދަށަށް ދިޔަ ލަންކާގެ އިގްތިސާދު ވަނީ އެއްކޮށް ހަރާބުވެފައެވެ. ގިނަ ވަގުތު އެ ގައުމުގެ ބައެއް ސަރަހައްދުތަކުގައި ކަރަންޓުވެސް ނުހުންނައިރު، ތަކެތީގެ އަގުތައް ވެސް ވަނީ ގޮސް ގައުމުގައި އުޅެން އުނދަގޫވާހާ މައްޗަށް ގޮސްފައެވެ.

ލަންކާގެ ހާލަތު ދުވަހަކު ނުދާހާ ދަށަށް ގޮސްފައިވާއިރު ލަންކާގައި ދިރިއުޅޭ ދިވެހި އާބާދީ، ކޮލަމްބޯގައި ހުންނަ ދިވެހި އެމްބަސީން ލަފާކުރާ ގޮތުގައި، 10،000 އަށް އަރާނެއެވެ. ތައުލީމަށާއި ދާއިމީކޮށް ބޭސްފަރުވާ ހޯދުން ފަދަ ބޭނުންތަކަށް އެ ގައުމުގައި ވަޒަންވެރިވެގެން އެތައް ހާސް ދިވެހިންނެއް އުޅެއެވެ.

މަރިޔަމް ސަމާ ޝަރީފަކީ ވެސް މިގޮތަށް ލަންކާގައި ވަޒަންވެރި ވެގެން އުޅެމުން އަންނަ ދިވެހި މަންމައެކެވެ. އޭނާ ވަނީ، އިންސްޓަގްރާމް މެދުވެރިކޮށް ފައިސާ އެއްކޮށްގެން، ހާލުގައި ޖެހިފައިވާ ލަންކާ މީހުންނަށް ކާނާ ފޯރުކޮށްދޭން ފަށައިފައެވެ.

ވަރަށް އުނދަގޫ ދުވަސްވަރެއް ތަހައްމަލްކުރަމުންދާ ލަންކާއަކީ ދިވެހިންނަށް އަަބަދުވެސް މަރުހަބާ ކިޔާ ގައުމެއްކަން ފާހަގަކޮށް ސަމާ ބުނެފައިވަނީ މިއީ ލަންކާގެ ރައްޔިތުންނަށް ދިވެހިން އެއްޗެއް އަނބުރާ ދޭންވީ ވަގުތު ކަމަށެވެ.

"އަހަރެންގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް މެދުވެރިކޮށް ވީހާ ވެސް ގިނަ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ބައިވެރިކުރެވޭތޯ މި މަސައްކަތް ކުރަނީ. ސޯޝަލް މީޑިއާ މެދުވެރިކޮށް ވީހާ ވެސް ގިނަ ބަޔަކަށް އެހީތެރިވާން ފުރުސަތު މި ހުޅުވާލަނީ" އެހީ ދިނުމުގެ ފުރުސަތު އިންސްޓަގްރާމް މެދުވެރިކޮށް ހުޅުވާލުމަށް ފަހު އޭނާ ބުނެފައިވެއެވެ.

އޭނާގެ އިންސްޓަގްރާމް ފޮލޯވަރުންގެ ކިބައިން އެދުނު އެދުމާއިއެކު 8،713 ރުފިޔާ ޖަމާވި ކަމަށް އޭނާ ވަނީ ބުނެފައެވެ. މި ފައިސާ ބޭނުންކޮށްގެން 100 މީލް ޕެކް (ޗިކަން ރައިސް ވިތު ކަރީ) އޭނާ ވަނީ ބަހާފައެވެ. މިއާއެކު ގިނަ ބަޔަކު އަންނަނީ އޭނާއަށް ތައުރީފުގެ ބަސްތަށް ރައްދުކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ވިސްނާ

    1970ގެ އަހަރުތައް ފެށުނުތަނާހެން ދިވެހިރާއްޖެޔަށް އޭރު ކާޑުގެ ބާވަތްތައް ހޯދަން އޮތް މަދު ވަސީލަތްތަކުގެ ތެރެއިން އެއް ވަސީލަތްކަމުގައިވާ ލަންކާޔަށް ހިކިކަނޑުމަސް ވިއްކުމުގައި އަތްއަޅައި، ދިވހި ހިކިމަސް ލަންކާޔަށް އެތެރެކުރުން މަނާކޮށް ހެދީމާ ދިވެހީން ކިރިޔާ ބަނޑަށްނުޖެހި ޒުވާރިބަތް ކައިގެން އުޅުނު ހަނދާން މިއަދު ނެތުނީތަ؟؟؟؟؟

    13
    4
    • ރަސް

      އަހަރެމެން ވެސް އެގޮތައް ކަންތައް ކުރީމަ ހަމަ އެމީހުންނެކޭ ވަކި ތަފާތެއް ނެތެއްނުން ބަދަލު ހިފުމުގެ ރޫހު އަހަރެމެން މުސްލިމުން ބަހައްޓާކައް ނުވާނެ.

      16
      1
  2. ރަން ރީނދޫ

    އަދިވެސް މުސްލިމުންގެ ހަށިތައް ގަދަކަމުން އެންދި ހަނދާން އަހަރުމެން ނުނެތޭ. ކޮބާ ކޮވިޑުން ފިލާވަޅެއް ލިބިއްޖެތަ.

    25
    4
  3. މޯލްޑިވިއަން

    ތާރީހުގެތެރެއިން ލިބިފައިވާ އުނދަގޫތަކުގެ ވާހަކަ ބާއްވާފައި ޒަމާުއްސުރެ ދިވެހިން އެކަމަކަށް މަޝްހޫރު ޙެހޮކަން ދައްކަވާށެވެ، މީމުސްލިމުންނެވެ. އަދި މި މާތްމައްސަރުގައި ހެޔޮކަމެއް ކޮށްގެން ލިބޭނެ ސަވާބު ދޫކޮށްނުލައްވާ. އެތާނގައި ދިރިއުޅޭ ދިވެހިންނާއި މެދު ވިސްނަވާލައްވާ.

    12
    1
  4. ހަންޑިދިވެހި

    އަހަރެންގެ ތާއީދު 'ވިސްނާ' މިނަމުގަ ކޮމެންޓުކުރި މީހާޔަށް

    2
    1