ރާއްޖޭގައި 2023 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް އެމްޑީޕީން ނެރޭ ކެންޑިޑޭޓަކު ހޮވަން ބާއްވާ ޕްރައިމަރީގެ ކުރިން 2012 ވަނަ އަހަރު އެމްޑީޕީން ފާސްކުރި ޤަރާރު ބާތިލް ކުރަން ޖެހޭނެ ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

ރީކޯ މޫސަ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ 2023 ގައި ބާއްވާ ރިޔާސީ އިންތިޚާބަށް އެމްޑީޕީ ކެންޑިޑޭޓަކު ނެރުމަށް ޕްރައިމަރީއެއް ބޭއްވޭނީ 2012 ގައި އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިއްތިފާޤުން ނިންމާފައިވާ ނިންމުން (ޕާޓީގެ ރައީސަކުވެރިކަމުގައި ހުރިނަމަ އަދި އޭނާ ރައީސް ކަމަށް ކުރިމަތިލާނަމަ ޕްރައިމަރީއަކާއި ނުލާ ޓިކެޓް ދޭން ޖެހޭ) ޤަރާރު ބާތިލް ކޮށްގެން ކަމަށެވެ.

އެމްޑީޕީގެ ކެންޑިޑޭޓެއްގެ ގޮތުގައި 2008 ވަނަ އަހަރުން ފެށިގެން ވެރިކަމުގައި ހުންނެވި ރައީސް ނަޝީދުގެ ވެރިކަން ބަދަލުކުރީ ބަޣާވާތަކުން ކަމަށް ނިންމައި އެމްޑީޕީން އޭރު ފާސްކުރީ ރައީސް ނަޝީދަށް ޕްރައިމަރީ އަކާއި ނުލައި ރިޔާސީ ޓިކެޓް ދިނުމަށެވެ.

މިހާރު އަނެއްކާވެސް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ބަހުސް ހޫނުވަމުން އަންނައިރު ރައީސް ސޯލިހަށް ތާއިދު ކުރައްވާ ފަރާތްތަކުން ބުނާ ގޮތުގައި އަންނަ އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ޕްރައިމަރީއަކާއި ނުލައި ރައީސް ސޯލިހަށް ރިޔާސީ ޓިކެޓް ދޭން ޖެހެއެވެ.

ނަމަވެސް ރައީސް ނަޝީދު ގެންދަވަނީ ރިޔާސީ ޕްރައިމަރީއެއް ބާއްވާ، އެއިންތިހާބުގައި ވާދަވެސް ކުރައްވާނެ ކަމަށް ވިދާޅުވަމުންނެވެ.

ބެލެވޭ ގޮތުގައި އެކަމުގައި އެންމެ ފަހުގެ ނިންމުން ނިންމާނީ އެމްޑީޕީގެ ގައުމީ މަޖިލީހުންނެވެ. އެމްޑީޕީގެ ގައުމީ މަޖިލީީހުގެ އަޣުލަބިއްޔަތު މިހާރު އޮތީ ރައީސް ސޯލިހަށް ތާއިދު ކުރައްވާ ފަރާތްތަކަށެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ލަފާ

    ނަސީ ދު ނެރުނުގަރާރު ބޭނުންކޮށްގެން ރ ސޯލިހަށް
    ޓިކެޓް ލިބޭނީ ޕްރައިމަރީއަކާ ނުލައެވެ އެހެންވީމާ މިފަހުރު
    ޕްރައިމަރީ ނޯއްނާނެއެވެ މޑޕގެ ރިޔާސީ ކެނޑިޑޭޓަކީ
    ރ ސޯލިހެވެ.

  2. އައުކަމަށް

    ކާކު ތީ؟؟؟

  3. ައާންމުން

    ނަސީދު ބޮނޑި ބޮއެފި، ފެހި ކޯޓު ހެޔޮވަރުވީ އެހެން މީހަކަށް

  4. އަލީ

    ޕުރައިމަރީ އެއް ބޭއްވިޔަސް ޗޮކުންދާނީ، ނަޝީދަކީ އެމްޑީޕީގެ މާޒީ.

  5. ކޮއްޔާ

    އިންސާފު އެންމެކައިރިން ފެނުނު އެކަކީ މޫސަ //

  6. ބޮޑުބެ

    މޫސާ އެބުނީ ހެޔޮކޮށް

  7. ލޮލް

    ހޫނ، ޕާޓީގެ ނަންފިލާގަނޑުގައި ޑިމޮކުރަސީ އޮންނަކަން އެކަނި، ޕާޓީ ބޮޑުމީހާއާ ޖެހުނީމަ ޕާޓީގެ ހުރިހާ ކަމެއް ޑިމޮކުރަސީއާ ފުށޫއަރާނެ. ޕާޓީ ބޮޑުމީހާ ބުނެފިއްޔާ ކިތަންމެ ހުދު މުޚުތާރު ކަމެއްވެސް ޑިމޮކުރަސީގެ ތެރެއަށް ވަދެގެންދާނެ. ސަބަބަކީ ޕާޓީގެ ނަންފިލާގަނޑުގައި "ޑިމޮކުރަޓިކް" ލިޔެފައި އޮތީމާ.

  8. ވިކިލީކްސް

    މީދެން ކާކުތަ؟ މަގުމަތީ ކޯޓެއް ހަދާފައި މައުމޫނުގެ ކިނބިގަސްދޮށުގެ ނެގި މޮޔަސޮރެއް..