މި ސަރުކާރާ މެދު ބަޔަކު ނުރުހުން ވަނީ ސަރުކާރުގެ ދުވެލި ބާރުވުމުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.

ޝަރީފް މިހެން ވިދާޅުވީ އަންނަ މަހުގެ 14 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބުގެ ވާދަވެރިކަން ބޮޑުވެ އެމްޑީޕީ ތެރެއިން ސަރުކާރަށް ކިޔަމުންދާ ފާޑުކިޔުންތަކާ ގުޅިންކަމަށް ބެލެވެއެވެ.

މި އިންތިޚާބުގެ ވާދަ ވެރިކަމުގައި ސަރުކާރަށް އެންމެ ބޮޑަށް ފާޑުވިދާޅުވަނީ، ވެރިކަން ކުރާ މައި ޕާޓީގެ ރައީސް މުހައްމަދު ނަޝީދުއެވެ. ނަޝީދު ވަނީ މިސަރުކާރުން ވެފައިވާ ވައުދުތައް ފުއްދުމަށާއި، އަދި މިހާރު ކުރިއަށްދާ ގޮތުން މިސަރުކާރަށް ވެރިކަމަށް ނާދެވޭނެކަމަށް ވިދާޅުވެފައެވެ.

ނަޝީދުގެ ފާޑުކިޔުންތަކަށް ސަރުކާރަށް ތާއީދު ކުރާ މެމްބަރުން މަޖިލީހުގައި އާއި، މަޖިލީހުން ބޭރުގައިވެސް ދަނީ ރައްދު ދެއްވަމުންނެވެ. ޝަރީފް ވިދާޅުވީ މި ސަރުކާރާ މެދު ނުރުހުންވާ މީހުން ނުރުހުންވަނީ ސަރުކާރުން ހޯދަމުންދާ ކާމިޔާބީތަކާ ގުޅިގެން ކަމަށެވެ. އަދި ރައްޔިތުންގެ ޚިދުމަތުގައި ކުރަމުންދާ މަސައްކަތުގެ ދުވެލި ބާރު ވުމަކީވެސް މިސަރުކާރާމެދު ނުރުހުންވާ އެއް ސަބަބު ކަމަށް އޭނާ ވިދާޅުވިއެވެ.

"މިސަރުކާރާ ނުރުހުން ވަނީ ސަރުކާރު ހޯދަމުންގެންދާ ކާމިޔާބީ، ސަރުކާރު ބޭނުންކޮށްގެން، އަމިއްލަ ފައިދާ ނުނެގޭތީވެ، ސަރުކާރުގެ ދުވެލިބާރުކަން، ރައްޔިތުންނާ އަޅާލާލެއް ބޮޑުކަން، އޯގާތެރިވެރިއެއެ ދުރުވިސްނުންފުޅު، 2023 ޔަގީންވާތީވެ." އިބްރާހިމް ޝަރީފް ވިދާޅުވިއެވެ.

ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވައުދުތައް ނުފުއްދާ ވާހަތަކާއި، މަސްވެރިންނާއި، މަސައްކަތްތެރިންނަށް މިސަރުކާރުން ވެފައިވާ އެތައް ވައުދެއް އަދިވެސް ނުފުއްދާކަމަށް އެމްޑީޕީގެ މިކެމްޕެއިންގައި އެތައް ޕޯޑިއަމެއްގައި މަޖިލީހުގެ އެމްޑީޕީ މެމްބަރުންނާއި އާންމު މެމްބަރުން ދަނީ ވިދާޅުވަމުންނެވެ. އަދި ވަކިވަކި ދާއިރާތަކަށް ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދުމައި ނުކުޅެދިފައިވާކަމަށް ދަނީ ބުނަމުންނެވެ.

ވާދަވެރިކަން ބޮޑުވެފައިވާ އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބުގައި މިހާރު އެންމެ ގަދަޔަށް އަޑުއިވޭ ވާހަކައަކީ، ރައީސް ނަޝީދު 2023 ގައި ކުރިމަތިލާ ވާހަކައެވެ.

އެޕާޓީގެ ޗެއާޕާސަންގެ އިންތިހާބުގައި ދެ ރައީސުންގެ ފަރާތުން ވެސް ކެނޑިޑޭޓުން ވާދަ ކުރައްވާއިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ފަރާތުން ވާދަ ކުރައްވަނީ އިކޮނަމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލެވެ. ނަޝީދުގެ ފަރާތުން ވާދަކުރައްވަނީ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީއެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. ޑައެލޯގް

    ، ދުވެލިބާރުކަމުން އިންޑިޔާއެންބަސީން ހިންގަނީ

    29
  2. ކުޅިރިހާކުރު

    ފިނިހަކަ ދުވެލި ..ސާބަހޭ މެމްބަރޫ

    29
    1
  3. ބޯދިގުޒައީމް

    މީއީ އިންޑިއާއިން ހަދާފޯއްކޮށާ މެޝިނެއްގެ ސްޕީޑް ދުވެލި އާރްޕީއެމް ހުރިސަރުކާރެއް 24 ގަޑިން 2 ނާޅިކޮށާނުލެވޭ މިހާރު މާލެ އަދިރަށް ރަޝުގަ ޢުޅޭރައްޔިތުންނައްއެގޭނެ ދުވެލި ސްޕީޑް އާރްޕީއެމް ލޯޑް ނަގާލެވޭ އުޅަނދުތައް ޔާމިންގެ ވެރިކަމުގަވަނީ ރަންވޭތަކާ ބުރިޖް ހައިވޭތައްހަދާފާ އެކަންއެގޭނެ ގިނަރައްތަކުގެ މަގުމަތީ ޖަހާފަހުރިބޯޑްތަކުންވެސް ދުވެލިމަޑުކުރަންޖަހާފަހުރި މީނައިޓް ޕިށިން ސަރުކާރެއް ބޭނިއެއްޗެއް އެނގޭނީވެސް ފަތިސްވީމަ ގިނަފަހަރު މިވަރައްދުވެލި ހުއްނާނީ އީދުތެރޭ ރަނގަޅު ދުވެލިދައްކާލަން ހެލްތުގެ ވަޒީރުންއާއިއިބޫގެ އަބަދު އޯވަހޯލްކުރާއެއްޗެއްގަ ކޮންދުވެލިއެއްސުޕީޑެއް ހުއްނާނީ 2023 ވޯޓްއިން މިސަރުކާރު ރައިސްއޮފީ ކުރިމަތީ ނެރުން ބޭރުކުރާނެ ބާރުދުވެލީގެ

    21
  4. ހުސޭނުބޭ

    ފިނިހަކަވެސް ދައުވާކުރޭ އެސޮރަށްވުރެ ދުވެލިބާރު އެހެން

    19
  5. ހުސޭނުބޭ

    ފިނިހަކަވެސް ދަޢުވާކުރޭ އެސޮރަށްވުރެ ދުވެލިބާރު އެހެން މަޚްލޫޤެއް ނުވާކަމަށް. ފިނިހަކަޔަށް ފެންނާނީ އެސޮރުގެ އަމިއްލަ ދުވެލިތާ!

    23
  6. ގައުމުދެކެލޯބިވާ ދަރިއެއް

    ދުވެލިބާރުކަމުން ނޮޅިވަރަންފަރުގައި ރައީސް ޔާމީނުގެ ދައުރުގައި އަމަލީ މަސައްކަތްފަށާފާވާ ފެނުގެނިޒާމު ގާއިމުކުރުމުގެ މަސައްކަތް ތިންއަހަރުވެ ހަތަރުއަހަރު ވާއިރުވެސް ފެންގުޅާ ރައްޔިތުންނަށް ފެނުގެހިދުމަތް ނުދެވިގެންއުޅެނީ. އޮޑިހަނެއްގައި އަދި ވަސްނުދޮވާ ކެލާގަނޑެއް ގޭނިއަކަސް ކަމަކުނުދާނެ.

    24
  7. ޕޮގުބާ

    ނެތް ތާއީދެއް ރަށްޔިތުން ތިބީ ހޭލާ

    26
  8. ނަޒީ

    ވައްކަންކުރުމާ ތިޖޫރީ ގިރާލުމުގައި ވަރަށް ދުވެލި ބާރު! ބިތުފަންގި ނަގާނޭދުވަސް އިންޝާއަﷲ ކައިރިވެއްޖެ!

    25
  9. ރަން ރީނދޫ

    އެއީ ހަމަ ތެދު ވާހަކައެއް. އަޅާފަ އެހެރަ ދިގު ބުރިޖްތަކާއި،ކޮޅަށް ނަގާފަ އެހެރަ އުސް ޓަވަރު ތަކެއް ދޯ. ވާވާ.ހުވަފެނީ ދުނިޔޭގައި ވެސް މީހުން އުޅޭ. އެހެވެދާނެ. ސޯލިހް ދިން ލާރި ފުނި ބޮޑީ ހަމަ.

    17
  10. އ އައުޓް

    ޙެއްހެއް އަޅެ މިމަޖިލީހުގަ ނެތީތަ ބޯހަމަޖެހޭ ލޮލަށް މިރުސް ނޭޅޭ އެކަކުވެސް؟؟؟؟

    19
  11. އެޑިޓް

    ދުވެލި ބާރު ކަމުން .. ދުވެލި އަންނާނެ 2023 ގަ ( ހަތަރު ފަރާތުން އިއްޒަތް އެރުވީމަ ތި ގޮވަނީ އައުގުރާނަ..) ބޯހަލާކު،،

  12. ހަގީގައް

    ސަރުކާރު ދެކެ ނުރުހުން ވަނީ ސަރުކާރުގެ އެއްމެ އިސް ސަފުގަ ތިބީ މުނާފިގުންނައް ވީތީ ޔަހޫދީންނައް ވީތީ

  13. އިސްލާހު

    ސަރުކާރާ މެދު ނުރުހުންްވާސަބަބަު 2023 ގައި އަަހަރެމެން ކިޔާދޭނަމެވެ. މައިތިރިވެގެން ތިބޭށެވެ.

  14. ލީލީ

    ރަނގަޅަށް ތިބުނީ ފަހަތައް ދާ ދުވެލިބާރުކަމުން

  15. ޚަރީރާ

    ދުވެލި އަވަސް ކަމުން އަހަރެމެން ދެފައި އެއްތާކު ހަރުނުލައިން މިއުޅެނީ. ފިނިހަކަ އަކީ މިހާ ބާރަށް ދުވާ އެއްޗެއް ކަމެއް ނޭނގޭޔޭ މަށަކަށް. ކިކިކި