މާދަމާއަކީ މި ހިނގާ ބަރަކާތްތެރި ރަމަޞާން މަހުގެ 30 ވަނަ ދުވަސް ކަމަށް އިތުބާރުހުރި ފަލަކީ ހިސާބުތަކުން ދައްކާފައިވާ ކަމަށް ފަލަކީ އިލްމުވެރިން ވިދާޅުވެއްޖެއެވެ.

މިގޮތުން ގިނަ އަދަދެއްގެ ފަލަކީ އިލްމުވެރިން އިއްތިފާގުވާ ގޮތުގައި މިއަދު އިރުއޮއްސުމުގެ ކުރިން އިސްލާމީ ހުރިހާ ގައުމަކަށް ވެސް ހަނދު އޮއްސޭނެއެވެ. އަދި ރާއްޖެއަށް ވެސް އިރުއޮއްސުމުގެ 17 މިނަޓު ކުރިން ހަނދު އޮއްސޭނެ ކަމަށް ލަފާކުރެއެވެ.

މީގެ އިތުރުން، މައްކާއާއި މިސްރަށް ބަލާއިރު އިރުއޮއްސުމުގެ 15 މިނަޓު ކުރިން ހަނދު އޮއްސޭނެއެވެ. އަދި ތުރުކީ އަށް އިރުއޮއްސުމުގެ 17 މިނެޓު ކުރިން ހަނދު އޮއްސޭއިރު މޮރޮކޯއަށް އިރު އޮއްސުމުގެ ދިހަ މިނަޓުކުރިން ހަނދު އޮއްސޭނެއެވެ.

މިގޮތުން ފަލަކީ ހިސާބުތައް ދައްކާ ގޮތުން އެއްވެސް އިސްލާމީ ގައުމަކަށް މިރޭ ހަނދު ފެނުމުގެ ފުރުސަތު ނެތް ކަމުން މާދަމާއަކީ ރަމަޞާން މަހުގެ 30 ވަނަ ދުވަހަށް ވާނެ ކަމަށް ފަލަކީ ހިސާބުތައް ދައްކައެވެ.

އެއާއެކު އަރަބި އިސްލާމީ ހުރިހާ ގައުމަކަށް ވެސް ފިތުރު އީދު ދުވަސް ކަމުގައި ވާނީ ހޯމަ ދުވަހެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    ތިވާހަކަ ތޮއްތޮން އޮތީ މާކުރީގަ ބުނެފަ.

  2. ޚ

    ތި ބާވަރެއް އާ ފަހުން ހަނދު ފެއްނަށް ކަމަކަށް ނުވޭ
    އަތް ބަލާ މީހުން ނެކޭ ތިމީހުން ނެކޭ ނެތް ތަފާތެއް