ފިތުރު އީދު ދުވަހު ހިނގާފައި އުޅޭ ވަގުތުތަކުގައި ކޮންމެހެން ކުރަންޖެހޭ ދަތުރުތަކަށް ޚާއްސަ ހުއްދައެއް ދޫކުރުމަށް މާލެ ސޓީ ކައުންސިލުން ނިންމައިފިއެވެ.

ސިޓީ ކައުންސިލުން ބުނީ އީދު ދުވަހު ހިނގާފައި އުޅޭ ވަގުތު ތަކުގައި ދުއްވާ އުޅަނދުތަކަށް ދޫކުރާ ސްޓިކާ ދޫކުރުމަށް ހަމަޖެހިފައިވަނީ މާދަމާ ހެނދުނު 09:00 އިން ހަވީރު 15:00 ގެ ނިޔަލަށް ކަމަށެވެ. އަދި ރޭގަނޑު 21:00 އިން 23:00 އަށް ސިޓިކާ ދޫކުރާނެ ކަމަށް ކައުންސިލުން ބުންޏެވެ.

މި ހުއްދަ ދޫކުރުމަށް ނިންމާފައިވަނީ ހަތަރު ފުރޮޅުލީ އުޅަނދުތަކަށް އެކަންޏެވެ.

ފިތުރު އީދު ދުވަހު ހަތަރު ގަޑިއިރަށް މާލޭގައި ވެހިކަލް ދުއްވުން މަނާ ކުރުމަށް ނިންމާފައިވަނީ މާލެ ސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގެ 50 ވަނަ ރަސްމީ އާންމު ޖަލްސާގައެވެ.

ފައިމަގުގައި އުޅޭ ގަޑިއެއް ގޮތުގައި ކަނޑައަޅާފައިވަނީ އަންނަ ހޯމަ ދުވަހުގެ ހަވީރު 16:00 އިން ރޭގަނޑު 20:00 އަށެވެ.