އެމްޑީޕީ އަށް ހިދުމަތް ކުރެއްވުމުގައި އާ ގާތަށް ވެސް އެ ޕާޓީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ އިގްތިސާދީ ވަޒީރު ފައްޔާޒު އިސްމާއިލަށް ހިދުމަތް ކުރެވިފައި ނޯންނާނެ ކަމަށް މާފަންނު އުތުރު ދާއިރާގެ މެންބަރު އަދި ޗެއާޕާސަން ކަމަށް ވާދަކުރައްވާ އިމްތިޔާޒު ފަހުމީ (އިންތި) އާއި ވިދާޅުވެއްޖެއެވެ.

މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ އެތެރޭގެ އިންތިހާބާ ގުޅިގެން "ވަގުތު"އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި އިންތި ވިދާޅުވީ އެމްޑީޕީއަށް ހިދުމަތް ކޮށްދިނުމުގައި މިނިސްޓަރު ފައްޔާޒަށް އޭނާއާ ގާތަށް ވެސް ނާދެވޭނެ ކަމަށާއި އޭނާ އަކީ އަބަދުވެސް ވީހާލެއްގައި ވާން އެމްޑީޕީގެ ލަޝްކަރާއެކު އެންމެ ކުރީގެ ދެގޮތެއް ނުވެ ހުންނެވި ބޭފުޅެއް ކަމަށެވެ.

"އަޅުގަނޑު މިއީ ފެށުނީއްސުރެ މިޕާޓީގައި ދެމިހުރި މީހެއް. މުޒާހަރާތައް މެދު ކެނޑުމެއްނެތި. މިޕާޓީ އަލުން އަނބުރާ ވެއްޓޭ ހާލަތުގައި ވެސް އަރައިގަތުމަށްޓަކައި، ފެށުނީއްސުރެ ދެމިހުރި މީހެއް. ޕާޓީގެ މެންބަރުންނާއެކު ދެގޮތެއް ނުވެ، ޕާޓީގެ މެންބަރުންނާ ދުރެއް ނުވަން ދުވަހަކުވެސް. ހުރިހާ ހާލަތެއްގައި ފެންނަން ހުރީ. އެހިދުމަތް އަޅުގަނޑުގެ ވާދަވެރި ކެނޑިޑޭޓަށް އަޅުގަނޑާ ގާތަށް ވެސް ދެވިފައެއް ނޯންނާނެ." އިމްތިޔާޒް ވިދާޅުވިއެވެ.

އެމްޑީޕީއަށް އެންމެ ފުރަތަމަ ވެރިކަން ހޯދައިދިނުމުން ފެށިގެން ވެރިކަން ވެއްޓި ޕާޓީ މަގުމަތިވި ހާލަތުގައި ވެސް ދެގޮތަށް ނުވެ ހުންނެވި ކަމަށާއި ޕާޓީއަށް ދިމާވި އެންމެ އަނިޔާވެރި ދަތި ދުވަސްވަރު ފެންނަން ހުރީ އޭނާ ކަމަށް އިންތި ވިދާޅުވިއެވެ. އަދި އޭރު ފައްޔާޒު ފެންނަން ނެތްކަން ފާހަގަ ކުރައްވާ އިންތި ވިދާޅުވީ އެއްވެސް މީހަކާއި ޒާތީ ކަމެއް ނެތް ކަމަށާއި ނަމަވެސް ހިދުމަތުގެ ގޮތުން ފައްޔާޒަށް އޭނާއާއި ވާދަކުރެވެން ނޯންނާނެ ކަމަށެވެ.

އިންތި ވަނީ މިނިސްޓަރުކަމުގެ ހައިސިއްޔަތުން ފައްޔާޒު އަދާ ކުރައްވަން ޖެހޭ މަސްއޫލިއްޔަތުތައް އެންމެ ރަނގަޅަށް އަދާ ނުކުރައްވާ ކަމަށް ވިދާޅުވެ އޭނާއަށް ބަހުގެ ހަމަލާތަކެއް ރައްދު ކުރައްވައިފައެވެ.

އެގޮތުން މިނިސްޓަރު ކަމުގެ ޒިންމާ އަދާނުކުރެވޭ މީހަކަށް ޕާޓީ ހިންގޭނީ ކިހިނަކުންތޯ އޭނާ ވަނީ ސުވާލު އުފައްދަވާފައެވެ.

"މިފަހަރު އަޅުގަނޑުމެން އެމްޑީޕީގެ ވައުދުތައް ފުއްދުމަށް ފައްޔާޒުގެ މިނިސްޓްރީ އާއި ވަޒީރާ ހަވާލު ކުރެވިފައި ސަރުކާރުގެ އެކްޝަން ޕްލޭންގައި ވާނެ ގާތްގަނޑަކަށް އަޅުގަނޑު ހިތުން 23 ވަނަ ސްފާހައިން 96 ވަނަ ސަފްހާއާ ދެމެދުގައި ހުންނާނީ ހުސް ފައްޔާޒާއި ހަވާލުކުރެވިފައިހުރި މަސްއޫލިއްޔަތުތައް. އެކި ކަންކަން ނުކުރެވި ފަސްވެ، ލަސްވެ ފަހަށް ޖެހިފައިވާ ކަންކަން. އެކަންކަން ނުކުރެވުނީމާ އަޅުގަނޑުމެން އެވާހަކަތައް ދައްކަން ޖެހޭނެ." އޭނާ ވިދާޅުވިއެވެ.

ހަމައެހެންމެ އެމްޑީޕީގެ ގަމު ދާއިރާގެ ރައީސްގެ ހައިސިއްޔަތުން ބާއްވަން ޖެހޭ ބައްދުލުވުންތަކާއި އަދި ޕާޓީގެ އިގްތިސާދީ ކޮމެޓީގެ ޗެއާގެ ހައިސިއްޔަތުން އަދާކުރައްވަން ޖެހޭ މަސްއޫލިއްޔަތުތައް ވެސް އަދާ ނުކުރައްވާ ކަމަށް ވިދާޅުވެ އިންތި ވަނީ ފައްޔާޒަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ކުރިޔަށް

    އެމްޑީޕީގެ ކަންކަން ކުރިޔަތް ނުގޮސް މަޑުޖެހިފަ އޮންނަތާ ކިތަންމެ އަހަރެއް. ހިންގާލަން ފައްޔާޒު ހޮވަން ޖެހޭ

    16
    1
  2. ސސ

    ބޭނުންވަނީ ގައުމަށް ޚިދުމަތްކޮއްފަހުރި ތަޖުރިބައާއި ތައުލީމު ހުރި މީހެެއް. ހުސް އަނގައިން ކަންކަން ކުރާމީހެއް ނޫން.

    13
  3. ކަންނައްނޫރު އަލީރާޖާ

    ވާހަކަ ދައްކާއިރު ކޮންޙިދުމަތެއްތޯ ކުރެވުނީ ޕާޓީ ހަދައިގެން ރައްޔިތުންނައް ޑިމޮކްރަސީގެ ހުވަފެންދައްކައިގެން ކޮންކަމެއްތޯ ކުރެވުނީ އެންމެ ކުޑަމިހުން ތިމާމީހާޔައް ގާނޫނީގޮތުންލިބިފައިވާ ހައްގެއްހޯދާނުދީ ދެންކޮންރައްޔިތެއްގެ ކޮންޕާޓީއަކައްތޯ ޙިދުމަތްކޮއްދެވޭނީ ގޯތިގެދޮރަކީ އަސާސީ ހައްގެއްގެކޭކިޔާ ރައްޔިތުންވާވައްދަން މޮޅުވާހަކަދެއްކުންނޫންކަމެއް ކޮއްދެވިފައިވޭތޯ ގާނޫނުއަސާސީގައިވާ ހަމަހަމަކަން ދިވެހިރައްޔިތަކައްވީތީ ވަކިމީހަކައް ވަކިކުލަޔަކައް ވަކިރަށަކައް ތަފާތްކުރުމެއް ނެތި ހަމަހަމަކަމާއެކު ދޭންވާނޭ އޮއްއިރު މަޖިލީހުގައި ދައުރުތަކެއްގައި އިނދެ ރައްޔިތަކައް އަމިއްލަނަފްސަށައި ތިމާގެ އާއިލާޔައްވެސް ހޯދާނުދެވުނު މީހަކައް ކޮންޕާޓީއަކައްތޯ ޙިދުމަތެއް ކޮއްދެވޭނީ ރައްރަށުގައި ހިލޭގޯޓިލިބިފައި މާލޭގެ ރައްޔިތުން މިއަސާސީ ޙިދުމަތުން މަހުރޫމްކޮއްފަ އޮންނަތާ ކިތައް އަހަރުތޯ އެކިޔާ ދިގުރާސްތާ 30 އަހަރުންފެށިގެން ގެންގުޅޭ ނަސްލީ ތަފާތުކުރުމެއް އަދިވެސް ތިޔަގެންދަނީ އިޙުލާސްތެރިކަމާއެކު ހިންގަމުން ވޯޓްހޯދަންވީމަ ރައްޔިތުމީހާލޮބުވެތި ވެގެން ގޭގެޔައް ސަލަންޖަހަން ދިޔަދުވަނީ ލަދެއްނެތީމަ

  4. ޙާލަތު

    މިއަދު ދެން އެނގޭނެ ތިދައްކާ ވާހަކަ ޕާޓީން ބަލައިގަންނަވަރެއް ދޯ!