ޑްރަގް ނެޓްވޯކެއްގެ ދަށުގައި ރަހުނުކުރެވިގެން ރާއްޖެ އިން ބޭރުގައި ހުރުމަށްފަހު ރާއްޖެ އައިތަނުން ހައްޔަރުކުރި ހދ. ނޮޅިވަރަންފަރު، މޯނިންވިއު، މިސްބާހު މުހައްމަދު ޖަލުން ފިލައިގެން އުޅެނިކޮށް ހައްޔަރުކޮށްފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މިސްބާހު ފިލާފައި ވަނީ ހިއްމަފުށީގައި ހުންނަ އައްސޭރި ޖަލުގައި ހައްޔަރުކޮށްފައި ހުއްޓައެވެ.
ކަރެކްޝަންސް އިން ބުނީ އެ ޖަލުގައި ހުކުމް ތަންފީޒުކުރަމުންދިޔަ ގައިދީއެއް ފިލުމާއި ގުޅިގެން ފުލުހުންގެ އެހީތެރިކަމާއެކު އޭނާ ހޯދާ ކަރެކްޝަންސްގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށެވެ.
މިސްބާހްއަކީ މީގެ ކުރިން ގެއްލިގެން ހޯދަން ފުލުހުން އިއުލާނު ކުރި މީހެކެވެ. އޭނާ އެފަހަރު ގެއްލިގެން ފުލުހުންނަށް ހުށަހެޅީ މިދިޔަ އަހަރުގެ މެއި 14 ވަނަ ދުވަހުއެވެ. ފުލުހުން ހާމަކޮށްފައިވާ މައުލޫމާތުތަކުން އެނގޭ ގޮތުން 2020 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހުގެ ރޭ މިސްބާހު ވަނީ ދުބާއީ އަށް ގޮސްފައެވެ. އޭގެ ފަހުން މިސްބާހު ޕާކިސްތާނަށް ދިޔަކަން ވަނީ އެނގިފައެވެ. ވިސާ ހަމަވެގެން މާޗް މަހުގެ ތެރޭގައި މިސްބާހު ޕާކިސްތާނު އެމްބަސީ އަށް ގޮސްފައިވާ ކަމަށް ފޮރިން މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.
މިސްބާހު ފުރުވަން އެހީތެރިވެފައިވަނީ ފުޅާ ދާއިރާއެއްގައި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތީގެ ވިޔަފާރި ކުރާ ނެޓްވޯކްތައް ރާއްޖޭގައި ހިންގި، ސ. ހުޅުދޫ، ދޭލިޔާގެ، އިރުފާން ތަގިއްޔުއެވެ. ތުހުމަތު ކުރެވޭ ގޮތުގައި މިސްބާހު ދިޔައީ އިރުފާން ރާއްޖެ އެތެރެކުރި މަސްތުވާތަކެތީގެ ބަދަލުގައި ރަހުނުވާށެވެ.
އިރުފާން އަކީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ އަށް ވަނަ ދުވަހު 'މަސްޖަރީ-2" ނަމަކަށް ކިޔާ ދޯނީގައި ކަނޑުމަގުން ރާއްޖެއަށް 72 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރި ކަމުގެ ތުހުމަތުގައި ފުލުހުންގެ ހައްޔަރު ކުރި މީހެކެވެ.
Jareemaa hingaa meehunnah mauge adabu nudheyna mama gaumuge agu vettigendhaane
އަޖައިބުވާވަރުވޭ ، ބޮޑުމުސާރަދީފަ ތިބޭ ގާރޑުންގެ ބޭނުމެއްކޮބާތަ!
Alhe rashehge vaa tha e ee . Ehaafaseyhain filen. Drugs ge kanthakuga thiya jail onnanee foogosfa dho abadhuves
ޖަލުން ފިލަންވެސް ބަޔަކު އެހީ ވީކަމައްވާނީ،،ބޯހަލާކު..