ކުޅުދުއްފުށި ސިޓީގައި ފުޓްބޯޅަ ކުޅެން ހުރި ދިވެހި ފިރިހެނަކު ކުއްލިއަކަށް ނިޔާވެއްޖެއެވެ.

އެނގިފައިވާ ގޮތުގައި ނިޔާވެފައިވަނީ އެ ކުޅުދުއްފުށި، ހަހަކަ، މުޙައްމަދު ޙަސަން، 49 އަހަރެވެ.

އޭނާ ނިޔާވެފައިވަނީ ހިރަފުސް ދަނޑެއްގައި މިއަދު ހަވީރު ކުޅެން ހުއްޓައި ގޯލަށް އަމާޒުވި ބޯޅައެއް ދިފާއު ކުރުމަށްފަހު ވެއްޓިގެން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާ ދެމުންދަނިކޮށް މިރޭގެ ވަގުތެއްގައެވެ.

މުހައްމަދު ހަސަންއަށް ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދީފައިވާއިރު، ވެއްޓުނު ފަހުން އޭނާގެ ވިންދެއް ނެތް ކަމަށާއި ހޮސްޕިޓަލަށް ގެންދިއަ އިރުވެސް ސީޕީއާރު ދެމުންދިޔަ ކަމަށް މައުލޫމާތު ވަނީ ލިބިފައެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ މެނޭޖަރު އަހުމަދު ދާވޫދު "ވަގުތަށް" މިރޭ ވިދާޅުވީ، ނިޔާވެފައިވަނީ ހޮސްޕިޓަލުގައި މަސައްކަތް ކުރައްވަމުން އަންނަ ބޭފުޅެއް ކަމަށާއި އޭނާ ހޮސްޕިޓަލުގައި އުޅޭތާ 25 އަހަރަށްވުރެ ގިނަ ދުވަސް ވެދާނެ ކަމަށެވެ.

މުހައްމަދު ނިޔާވީ ދަނޑުމަތީ ހުއްޓާކަން ފާހަގަ ކުރައްވަމުން ދާވޫދު ވިދާޅުވީ، ދަނޑުމައްޗަށް ވެއްޓުމުން އެތަނަށް ކުޅެން ގޮސް ހުރި ހޮސްޕިޓަލުގެ ޑޮކްޓަރު މުހައްމަދަށް އެތަނުން ދެވެން އޮތް ފަރުވާ ދިން ކަމަށާއި ނަމަވެސް ހޮސްޕިޓަލަށް ގެނައިއިރު ވެސް ވިންދެއް ނެތް ކަމަށެވެ.

މުހައްމަދު ހަސަން ނިޔާވިއިރު، އޭނާގެ އަންބަކާއި ފިރިހެން ދެ ކުދިން ދުނިޔޭގައި އެބަތިއްބެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ދކ

    މަރަކީ، އެންމެކައިރީގައިވާ ފާރަވެރިޔާ މަރަކީ އާރިރަތުގެ ފުރަތަމަ ދޮރު

  2. ކިނބޫ

    ވެކްސިނޭ ކިޔާފަ މީހުންގެ ގަޔަށް ގަދަކަމުން ޖެހި ގޮތް ނޭނގޭ ވިހައިގެ ނަތީޖާ ނޫންބާ ހިނގަ ހިނގާ ތިއްބާ ކޮންމެ ދުވަހަކު ހަތަރު ފަސް މީހުން މަރުވެގެން ވެއްޓެނީ. ހަމަ ހިތަށް ވަންނަ ސުވާލެއް. ޔަގީން ކަމާއެކު ނޫނެކޭ ބުނަން ކެރޭނެ؟

  3. މަރީ

    މަރަކީ، އެންމެކައިރީގައިވާ ފާރަވެރިޔާ. މަރަކީ، އާހިރަތުގެ ދޮރު. މަރަކީ، ނިމުމެއް ނުވާ ފެށުމަކަށް ދިއުން. މަރަކީ، ދުނިޔޭގައި އުޅުނުގޮތާއި މެދު ޖަވާބުދާރިވުން