ރާއްޖެއިން ބޭރަށް ދަތުރުނުކޮށް ބަލިމީހުންނަށް ލުއިފަސޭހަވާނޭހެން ރާއްޖޭގައި ތިބެގެން ޑޮކްޓަރަށް ދެއްކޭނެ އިންތިޒާމް ހަމަޖެހޭނެ ގޮތަށް އައިޖީއެމްއެޗް އިން ގްލެންއީގަލްސް ގްލޯބަލް ހެލްތު ސިޓީ އާއިއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

އެ އެއްބަސްވުމުގައި ވާ އިތުރު ކަންކަމުގެ ތެރޭގައި އެ ހޮސްޕިޓަލް ތަރައްގީ ކުރުމަށާއި މީހުން ބިނާކުރުމަށާއި ތަމްރީނު ކުރުންވެސް ހިމެނެއެވެ.

އައިޖީއެމްއެޗްއިން ބުނީ އެ އެއްބަސްވުމުގެ ދަށުން އެ ހޮސްޕިޓަލުގެ ޑޮކްޓަރުންނާއި ނަރުހުންނަށް ތަމްރީނާއި އޮބްޒާވާޝިޕް އާއި ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތަކާއި ހޮސްޕިޓަލުގެ އެކި ޑިޕާޓްމަންޓުތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެވޭނެ ކަމަށެވެ.

އެ ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަށްޓަކައި ވޯލްޑައިވްސްގެ ފަރާތުން ޖީޖީއެޗްސީއިން ރާއްޖޭގެ ރެޕްރެޒެންޓޭޓިވްގެ އެއްބާރުލުން ލިބިގެންދާނެ ކަމަށް އައިޖީއެމްއެޗްއިން ބުނެފައި ވެއެވެ.

އަދި އެކި ބަލިތަކަށް ފަރުވާދޭ ހާއްސަ މަރުކަޒުތައް ގާއިމް ކުރެވިފައިވާ އެ ހޮސްޕިޓަލް ޗެއިންގައި ތަފާތުއެކި ދާއިރާތަކުން އޮބްޒާވަރޝިޕް ހެދުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އައިޖީއެމްއެޗްއިން ބުނެ އެވެ.

"ވަކިން ހާއްސަކޮށް ގޭސްޓްރޮސައިންސްއާއި ނިއުރޯސާޖަރީގެ އިތުރުން ތަފާތު ސްޕެޝަލިސްޓް ދާއިރާތަކުން އިތުރު އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައި. މި އެއްބަސްވުމުގެ ދަށުން ހޮސްޕިޓަލުން ހިދުމަތް ނުލިބޭ ދާއިރާތަކަށް ހާއްސަ ޑޮކްޓަރުން ބަލިމީހުންބެލުމާއި ސާރޖަރީކުރަން ވަނީ ހަމަޖެހިފައި." އައިޖީއެމްއެޗްއިން ބުނެފައި ވެއެވެ.

އައިޖީއެމްއެޗްއިން ބުނީ އެ އެއްބަސްވުމުގެ ދަށުން ފަރުވާ ހޯދުމަށް ރާއްޖެއިން ބޭރަށް ދަތުރުނުކޮށް ބަލިމީހުންނަށް ލުއިފަސޭހަވާނޭހެން ރާއްޖޭގައި ތިބެގެން ޑޮކްޓަރަށް ދެއްކޭނެ އިންތިޒާމް ހަމަޖެހިގެންދާނެ ކަމަށެވެ.

އެއްބަސްވުމުގެ އެންމެ މުހިންމު މަގްސަދަކީ އައިޖީއެމްއެޗް އިން ދޭ ފަރުވާއަކީ ޒަމާނީ އަދި އެންމެފުރިހަމަ ފަރުވާކަމުގައި ކަށަވަރުކުރުން ކަމަށް ވެސް އެ ހޮސްޕިޓަލުން ބުނެ އެވެ.

ގްލެންއީގަލްސް ގްލޯބަލް ހޮސްޕިޓަލްސް އަކީ އައިއެޗްއެޗް ހެލްތުކެއާގެ ދަށުން ހިންގޭ ހޮސްޕިޓަލުތަކެކެވެ.

މުޅި ޖުމްލަ 84 ހޮސްޕިޓަލް ހިންގާ އެ ގުރޫޕުގެ ހޮސްޕިޓަލްތައް ސިންގަޕޫރު، މެލޭޝިޔާ. ތުރުކީ އަދި އިންޑިއާގައި ވަނީ ގާއިމްކޮށްފައެވެ.

ގްލެންއީގަލްސް ގްލޯބަލް ހޮސްޕިޓަލްސް އަކީ ދުނިއޭގެ ފެންވަރުގައިވެސް ފާހަގަކޮށްލެވޭ އެންމެ މަތީ ފެންވަރުގެ ޒަމާނީ ފަރުވާދެވޭ ހޮސްޕިޓަލްތަކެކެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ހަވާސާ ހާދިސާ

    ތިޔަ ހޮސްޕިޓަލުގެ ނާސިންކެއަރ މިހާރު ހަމަ 0000000000000ސުމެއް މިކަން ރަގަޅުކޮށްގެން ކަމެއް ރަގަޅުވާނީ! ހޮސްޕިޓަލުގައި އެޑުމިޓުކޮށްފައި އޮންނަ ހިރިނުލެވޭ މީހާގެ
    ނެޕީ ބަދަލުކުރަންޖެހެނީވެސް ބަލިމީހާގެ އެހީތެރިޔާ ފެންވަރުވަން ޖެހެނީވެސް ....... މީދެން ބޮޑުވަރު!

    • އަހްމަދު

      މިހާރު މާލޭގެ ހުރިހާ ހޮސްޕިޓްލެއްގާވެސް ހުރިހާކަމެއް ކުރަންޖެހެނީ ބަލިމީހާގެ އެހީތެރިޔާ. ވިހައިގެން އޮންނަ މީހާގެ ކުޑަ ދަރިފުޅު ފެންވަރުވަން ޖެހެނީވެސް އެމީހާ ނުނީ އެހީތެރިޔާ. މިހާރު ނަރުހުން ކުރާ ކަމަކީ ބީޕީ ބެލުމާ ހުންބެލުމާ ބޭސްދިނުން. ބޭސް ވެސް މިހާރު ދޭގޮތަކީ ބޭސްދޭގަޑީގައިވެސް ބަލިމީހާ ނިދިފައި އޮތިއްޔާ އެހީތެރިޔާ އަތަށް ބޭސްދީފާ ދަނީ. އެ ކޭކަމެއް ނުކާކަމެއްވެސް ބަލައެއްނުލާ. އަހަރެމެން ކުޑާވަރު އިރު ހޮސްޕިޓަލުގައި މީހަކު އެޑްމިޓްކޮށްފިނަމަ އެމީހާގެ ހުރިހާކަމެއް ކުރާނީ ނަރުހުން. ލޯތްބާ އަޅާލުމާ ހިތްހެޔޮކަމާއެކު. މިހާރު ތިބޭ ނަރުހުން ތިބެނީ ފެންނައިރުވެސް ރުޅި އައިސްފައިހުންނަ ކުޅަނދުރެއްހެން.

  2. ޗަކޮޔަ

    އަސްތާ ! ތިަޔަކަން ކިހިނެއް ދިވެހިން އަތުން އިންޑިއާ ގެ ހޮސްޕިޓަލްތަކަށް ލިބޭ ޑޮލަރުކޮޅު ހުއްޓީގެންވާނެތަ.! ތިޔައީ ދައްކާ ދަޅައެއް. އަހަރަކު އެތައަސަތޭކަ ދިވެހިން އިންޑިއާ އަށް ބޭސްކުރަންދޭ. އެމީހުންނަށް މިވެރިން އަތުން މިލިބޭލާކޮޅު ހުއްޓުވާފިޔާ އެއްކަލަ މަންޖެ ބުނި 2 ބިސް ނުލިބި ހުއްޓިދާނެ.

  3. Anonymous

    ރައީސް ޔާމީންުގެ ވެރިކަން ބަދަލުކޮއްލަން އިންޑިއާއިން ބޭނުނުވި އެއްކަންތީ ލިބިލިބި ހުރި ލާރިގަޑު އެމީހުންނަށް ހުއްޓިދާނެތީ. ރައީސް ޔާމިން މަސައްކަތް ކުރެއްވީ ދަރުމަވަންތަ ހުޅުވާ ރާއްޖޭން ބޭރަށް ބޭރަށް ބޭސްފަރުވާއަށް ދާ މީހުން ހުއްޓުވުމަށް އެ ހޮސްޕިޓަލް އެވަރަށް ތަރައްގީކުރަން. އެގޮތުން ރައީސް ޔާމީންގެ ވެރިކަން ނިމުނު އިރު ކުރިން ދަރުމަވަންތ ހޮސްޕިޓަލްގަ ވަނީ ހިތުގެ ބަލީގެ ޑިޕާރޓްމަންޓްއެއް އުފައްދައި ހިތުގެ ބަލިޔަށް ފަރުވާލިބޭގޮތް ހަމަޖައްސާފަ. އެކަމުގެ ސަބަބުން ހތުގެ ބަލިތަކަށް ރާއްޖޭން ބޭރަށް ދާ އެތައް ބަލިމީހުން މަޑުޖައްލެވުނު. މިއީވެސް އިންޑިއާ އަށް ލިބުނު ވަރަށް ބޮޑު ގެއްލުމެއް.

  4. ޕީޓާ

    ނަރުކެނޑި ގަނޑެއްހާ މިނުންވެސް އޮތްތާކުތާ ފަރުވާއެއް ދެވޭނީ.

  5. މަރީ

    ތިކަމުންވެސް ގެންލުން ލިބޭނީ ރާއްޖެތެރޭ މީހުނަށް. ތިމާލެއިން ހިދުމަތް ހޯދުމަށްވުރެ މާ އަގުހެޔޮވެފަ ހިދުމަތްވެސް ރަނގަޅުވެފަ އިތުބާރު ހިދުމަތެއް ލިބޭނެ ބޭރުން. މާލެގޮސް ދުވަހުކުއްޔަށް ކޮޓަރިއެއް ހިފައިގެން ޑޮކްޓަރަށް ދައްކައިގެން އާދެވޭއިރު އޮންްނާނީ ދަރަނިން ބޯނުހިކޭވަރުވެފަ. މާލެއިން ތި ހިދުމަތްތައް ހޯދުމެކޭ ރަނުން ފެންވެރުމެކޭއެއްވަރު.

  6. މަބޭ

    ޖީއެމްއާރްއާއެކު އެއާޕޯޓްޑީލްގަ ސޮއެކުރީވެސް ބަންދޭ އައިޖީއެމްއެޗް ޑީލްގެ ފަހަތުގަ ފޮރުވިފަވާކަންތައްތައް އަދި ފަޅާއަރާނެ