މާލޭ ރަށްޔިތުންނަށް ހާއްސަކޮށްގެން ހުޅުވާލާފައިވާ ފްލެޓް އަދި ގޯތި ސްކީމަށް ފޯމު ފުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ހެލްޕް ޑެކްސްތައް ބަހައްޓަން ނިންމާފައިވާ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފި އެވެ.

މާލޭ ސިޓީގެ ރަށްޔިތުންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މާލޭ ސިޓީ ކައުންސިލްގެ މެޔަރު ޑރ.މުހައްމަދު މުއިއްޒު ވިދާޅުވީ މާލޭ ރަށްޔިތުންގެ ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމަށް ސަރުކާރުގެ އިދާރާތަކާއި އެކުގައި ގިނަ މަޝްވަރާތަކެއް ކޮށްފައިވާނެ ކަމަށެެވެ.

ގެދޮރުވެރިޔާ ސްކީމްގެ 3000 ގޯތި މާލޭ ރަށްޔިތުނަށް ދިނުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. އެ ގޯތިތައް ހިލޭ ދިނުމަށް ކައުންސިލުން ވަނީ ސަރުކާރުގައި ކުރިން އެދިފައެވެ. އޭގެ ނަތީޖާއެއްގެ ގޮތުން "ނޫސްތަކުން" ފެންނަ ގޮތުގައި ގޯތިތައް ހިލޭދޭނެ ހެން ހީވާ ކަމަށް މިރޭ މޭޔަރު މުއިއްޒު ވިދާޅުވިއެވެ.

"އަޅުގަނޑު ނޫސްތަކުން ފެންނަގޮތުގައި ހީވެއޭ މި ބުނަނީ އެއީ ކައުންސިލާއި އެކުގައި ސަރުކާރުން އެއްވެސް މަޝްވަރާއެއް ނުކުރާތީ. މިހާތަނަށް އައި އިރުގައި އެއްވެސް މަސައްކަތެއްގައި ކައުންސިލް ބައިވެރިކޮށްފައިނުވާ ސަރުކާރުން. ހާއްސަކޮށް ގެދޮރުގެ ކަންކަމުގައި އެއްވެސް މަޝްވަރާއެއް ނުކުރޭ." މޭޔަރު މުއިއްޒު ވިދާޅުވި އެވެ.

މޭޔަރު ވިދާޅުވީ ކައުންސިލުން ބޭނުން ވަނީ ސަރުކާރުން މިހާރު ހުޅުވާފައިވާ ގޯށްޗަށާއި ފްލެޓްތައް އެންމެ ނިކަމެތި ރަށްޔިތުންނަށް ލިބުން ކަމަށެވެ. އެކަމަށް އެދި ރައީސް އަދި ޕްލޭނިން މިނިސްޓްރީއަށް ހުށަހަޅާފައިވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ގޯށްޗަށާއި ފްލެޓަށް ހުށަހެޅަން ޖެހެނީ އޮންލައިންކޮށް ކަމަށްވުމުން އެކަމަށް ރަށްޔިތުންނަށް އެހީވުމަށް ކައުންސިލުން ސަރުކާރަށް ހުށަހެޅި ކަމަށާއި ނަމަވެސް އެއްވެސް ޖަވާބެއް ނުލިބޭ ކަމަށް މޭޔަރު ވިދާޅުވި އެވެ.

މޭޔަރު ވިދާޅުވީ ސަރުކާރުން އެއްވެސް ޖަވާބެއް ނުލިބުނަސް ރަށްޔިތުންނަށް ފޯމް ހުށަހެޅުމަށް އެހީވުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން އޮގަސްޓް މަހުގެ ތިން ވަނަ ދުވަހުން ފެށިގެން މާލޭގެ އެކި ސަރަހައްދުތަކުގައި ފޯމް ހުށަހެޅުމަށް ހެލްޕް ޑެސްކްތައް ބަހައްޓަން ނިންމާފައިވާ ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުމެން މި ތިބީ ސަރުކާރުން ފުރުސަތު ނުދިނަސް ރަށްޔިތުންނަށް އެހީވާން. މަސައްކަތް މި ކުރަނީ ފްލެޓް އަދި ގޯތި ސްކީމްގެ ދަށުން އެންމެ އައުލާކަން ބޮޑު މީހުނަށް ފްލެޓާއި ގޯތި ލިބޭތޯ." މޭޔަރު މުއިއްޒު ވިދާޅުވި އެވެ.

އޭގެ އިތުރުން މޭޔަރު ވިދާޅުވީ ގުޅީފަޅުގެ މައްސަލައިގައި ވެސް ސަރުކާރާއިއެކުގައި މަޝްވަރާތައް ކޮށްފައިވާނެ ކަމަށެވެ. ސަރުކާރުން ބޭނުންވަނީ އެތަނުގައި ޕޯޓެއް އަޅަން ކަމަށާއި ޕޯޓެއް އަޅާފައިވެސް ހުޅުމާލޭގެ ފުރަތަމަ ފިޔަވަހިހާތަން ހިއްކޭނެ ކަމަށް ވިދާޅުވި އެވެ. ގުޅީފަޅު އިތުރަށް ހިއްކަން ސަރުކާރުން އުޅޭ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ވެސް މޭޔަރު ވިދާޅުވި އެވެ.

މޭޔަރު ވިދާޅުވީ ސަރުކާރުން ކައުންސިލާއި ގުޅިގެން މަސައްކަތް ނުކުރި ނަމަވެސް ކައުންސިލުން ކުރާ މަސައްކަތުގެ ކޮންމެވެސް ނަތީޖާތަކެއް ފެންނަމުންދާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޗޮކުންބެ

    ދަލުބޭރުންޖެހެނީ….

    2
    1
  2. މައުލުމަ

    އަޑު އިވޭ ގޮތުގައި ހުޅުމާލެ އިން ބުނި 1000 ގޯތި ޔަގީނުންވެސް ދޭނެ، އެކަމު މާލެ މީހުނެއް އެކައްނެއް ނޫން، ޕާޓީ ހާޑްކޯ ބޮޑުންނަށް، ދެންތިބި މީހުނަށް ލިޔުމެއް ދީފަ ދައުރު ނިންމާލާނެ، ސޯލިހުއަށް އެނގޭ ނުހޮވޭނެކަން، ދެން އަންނަ ސަރުކާރުން އެ ލިޔުންތައް ބާތިލު ކޮއްލާނެ. ރައްޔިތުން ހޭލަ ތިބޭ!

  3. ވގ ޔ

    މުއިޒު މިހާރު ހުންނާމީ ރާކަނިމަސް ކެވިފަ

    2
    1
  4. އާތިކާ

    ތީ ހަމަ ގިނަ މީހުން ލައްވާ އެޕްލައި ކުރުވަން ޖައްސާ ސްޓަންޓެއް. ގިނަ ވޯޓު ހޯދަން ވެގެން.

    1
    1
  5. Happy 123

    މިމުއިއްޒަކީ ރައްޔިތުންނަށް ޖެއްސުމާށް އުޅޭމީހެއް😡😡

    1
    2