ރާއްޖޭގައި އޮތް ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސް އެޅިދާނެފަދަ އެއްވެސް ކަމެއް ދިވެހި ފުލުހުންގެ ޚިދުމަތުން ނުކުރާނެކަމުގެ ޔަގީންކަންދޭ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން މިހެން ވިދާޅުވީ "ދިޔަރެސް"ގެ ނޫސްވެރިޔާ އަޙްމަދު އަޒާން މަރުޒޫޤް ފުލުސް އޮފީހަށް ހާޒިރުވާން އެންގުމުން ކުރިމަތިވެފައިވާ ފާޑުކިޔުންތަކަށް ޖަވާބުދާރީ ވާން ދެންމެ ނެރުނު ބަޔާނެއްގައެވެ.

ނޫސްވެރިން ހިމެނޭ ވަޓްސްއެޕް ގްރޫޕަކަށް ފުލުހުން ފޮނުވި ބަޔާނެއްގައި ވިދާޅުވީ އެބަޔާން ނެރުނީ ނޫސްވެރިއެއް ފުލުހަށް ހާޒިރު ކުރާކަމަށް ބުނެ ބައެއް މީޑިއާ ތަކުގައި ފެތުރެމުންދާ ޚަބަރާ ގުޅިގެން ކަމަށެވެ.

ފުލުހުން ވިދާޅުވީ އަޒާން ފުލުސް އޮފީހަށް ހާޒިރުވުމަށް އަންގާފައިވަނީ، އައިޖީއެމް ހޮސްޕިޓަލްގެ ޕޯޓަލްއިން އާންމު ރައްޔިތުންނާއި ދައުލަތުގެ އިސްފަރާތްތަކުގެ ޒާތީ މައުލޫމާތަށް ހުއްދަނެތި އެކްސެސްވިގޮތާ ގުޅޭގޮތުން ފުލުހުން ހިންގާ ޖިނާއީ ތަހުގީގުގައި ސުވާލު ކުރުމަށް ކަމަށެވެ.

މިއީ ފުލުހުން ފެބްރުއަރީ 2022 ން ފެށިގެން ތަހުގީގު ކުރަމުން އަންނަ މައްސަލައެއް ކަމަށާއި މިމައްސަލައިގެ ތަހުގީގުގައި އިތުރު ފަރާތްތަކާވެސް ސުވާލުކުރެވިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

އަޒާން ފުލުހަށް ހާޒިރު ކުރަނީ ނޫސްވެރިއެއްގެ ހައިސިއްޔަތުން ލިޔެފައިވާ ލިޔުމެއް ނުވަތަ ނޫސްވެރިކަމާ ގުޅުންހުރި ކަމަކާ ގުޅިގެން ނޫންކަން އެންމެހައި ފަރާތްތަކުގެ މައުލޫމާތައްޓަކައި ދަންނަވާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން އެހެން ވިދާޅުވި ނަމަވެސް އައިޖީއެމްއެޗްގެ ޕޯޓަލް އިން މީހުންގެ ޒާތީ މައުލޫމާތުތަކަށް އެކްސެސް ވެވެން އިންކަން އައިޖީއެމްއެޗްގެ ސަމާލުކަމަށް ގެނައީ ވެސް އަޒާން އެވެ. އޭނާ ވަނީ އައިޖީއެމްއެޗްގެ ކަމާބެހޭ ފަރާތްތަކަށް އެމައުލޫމާތު ފޯރުކޮށްދީ އަދި އޭގެފަހުން އެމައުލޫމާތު ނޫހުގައި ރިޕޯޓް ކޮށްފައެވެ.

މިމައްސަލައިގައި އަޒާން ފުލުހަށް ހާޒިރު ކުރަނީ ބުރާސްފަތި ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. މޕ

    އެއްގޮތަކަށް ވެސް ނާޅާނެ ކަން އިނގޭނެ ރައްޔިތުންނަށް

  2. ގިލަންވރިކަން

    ތީނޫސްވެރިއެއްތަ އަހަރެން ހީކުރީ ޕޕޕ ކައުންސިލް މެމްބަރެއް ކަމަށް

    3
    11
  3. ބަދަންއަލީ

    ނޫހަކީ ހަބަރު ގެނެސްދޭ އެއްޗެއް އެކަމަކު ދިޔަރެސް އަކީ ފިތުނަފަސާދަ އުފެއްދުމާ ޒާތީގޮތުން މީހުންނާ ދިމާކުރާ ނޫހެއް އެހެންކަމެއް ނުކުރޭ

    3
    16
  4. ރަދީފްއޮފިޝަލް

    ފުލުހުންނަށް ބުނެލަން އޮތީ 5 ގުނަ 5 . އިފް ޔޫ ނޯ ވަޓް އައި މީން.

  5. ހަވާސާ ހާދިސާ

    މިގައުމުގެ ރައްޔަތުންގެ 3% މީހުން ފުލުހުންގެ ވާހަކަ މިއަދު ގަބޫލުކުރަނީ، ޔޯގާގެ ކަންތަކަކީވެސް ފުލުހުންގެ ވެރިންނާއި ސަރުކާރުން ބަޔަކުމީހުން ހައްޔަރުކުރަން ޖެހިމަޅިއެއް މިކަން މިއަދު ސްކޫލުގައި އުޅޭ 7 އަހަރުގެ ކުއްޖާ (ގުރޭޑު 1 ) ކުއްޖާއަށް އެންނޭ މިއީޯބޮޑުވަރު!

    10
  6. ސސސ

    ނޫސް ވެރިންނެއް ކަމަކު ގާނޫނާ ގަވައިދަށް ވުރެއް މަތީގަ ނުތިބެވޭނެ. ބޭނުންހާ އެއްޗެއް ޔަޤީންވެސް ނުކޮށް ކަމުގެ ދެކޮޅުނުބަލާ ލިޔެފަ އެކަމަށް އެކައުންޓަބަލް ނުކުރެވޭނެ ކަމަށް ދެކުމަކީ "ބަލި" ވިސްނުމެއް.
    ފޮޓޯއިން ތިޔަ ފެންނަ މީހާ އަކީ އަހަރެން ބެލި ވަރަށް ގިނަ އިންޓަރވިއުގައި ވަރަށް ޖެއްސުމަށް ވަރަށް ނާތަހުޒީބީ ބަހރުވައިން ބޮޑާ ފާޑަކަށް ބަހާއި އަމަލު ގެންގުޅެފައިވާ މީހެއް! އިންޓަރވިއުއަށް ތިމާގެ "ޕްރެޑިޖަސް" ހިފައިގެން ނިކުތުމަކީ މީހާގެ ދާއިރާގައި ކޮލިޓީއެއް ނެތްކަން

    2
    10
  7. ފޫހި

    ތީ ނޫސްވެރިޔަކައްވުރެން ސިޔާސީ އެކްޓިވިސްތަކާވައްތަރީ އެހެރީ ހުރި ވައްތަރު

  8. ޙަސަންޓޭ

    ތިޔައީ ނޫސްވެރިއެއް ނޫން! ފިތުނަވެރިއެއް، ދިވެހި ރައްޔިތުންގެ ސިއްހީ މައުލޫމާތު ވަގަށް ނަގާގެން، ނަހަމަ ގޮތުގަ އެ ބޭނުންކުރާ މީހެއް! ބައެއް މީހުންގެ ސިއްހީ ސިއްރުތައް ލީކުކޮށްލާނެ ކަމަށް ބުނެ ބިރުދައްކާ، ލާރި އަށް ޑިމާންޑް ކޮށްފަ އެބަހުރި!

    1
    6
    • ޫތުރި

      ހަސަންޓޭ ހާދަވަރެއް. ތި ކޮމެންޓް ހަމައެކަކުވެސް ބަލައެއްނުގަތް. ސަބަބަކީ ފައިސާއޭކިޔާ މާބޮޑަށް ވާހަކަ ހަދާލީމަ.

  9. ރަން ރީނދޫ

    ސަރުކާރުގެ ގޯސް ތައް ހާމަކުރުމަކީ ކުށެއް ނޫން. ތަންމިނަށް މިނިވަންކަން މިދެވުނީ ލިވާތު ކުޅިއަށް. ގާނޫނު ވެސް އޮންނަނީ ސަރުކާރަށް ފާޑު ކިޔާ މީހުން އަނދަގޮނޑި ޖަހަން. ލިވާތު ވީމާ ގާނޫނަށް ވުރެވެސް މަތި

  10. ރަސް

    ރާއްޖެޓީވީ އަކީ ޓީވީ ޗެނަލެއްތަ؟ އަހަރެން ހީކުރަނީ ރާއްޖެޓީވީ އަކީ އެމްޑީޕީ ގެ ސްޕޯކްސް ޕާރޝަން ގެ މީޓިންގ ރޫމް ކަމަށް