ބަންގްލަދޭޝްގެ ފިރިހެނެއް ކަމަށްވާ އަލަމްގީރްއާ އެކު މާލޭގެ ކޮޓަރިއެއްގެ ތެރޭގައި އެއްޖިންސުން ގުޅުން ހިންގި މީހުންގެ މައްސަލަ ތަހުގީގު ކުރަމުން ގެންދަނިކޮށް ރާއްޖެ އިން ބޭރަށް ފުރި މީހުން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަަމަށް ފުލުހުން ބުނެފިއެވެ.

މި މައްސަލަ ތަހުގީގުކުރަމުން އަންނަނިކޮށް އެމައްސަލާގައި ހިމެނޭ ކީރިތި ގުރުއާނާ ބެހޭ މަރުކަޒުގެ ސީނިއާ އެގްޒެކްޓިވް ޑިރެކްޓަރުގެ މަގާމުގައި ކުރިން ހުރި އިބްރާހިމް ރާފިއު އާއި އަދި އިތުރު ބަޔަކު ރާއްޖެއިން ބޭރަށް ގޮސްފައިވާކަމަށް ވެއެވެ.

ފުލުހުން ވިދާޅުވީ، އެ މައްސަލައިގައި ހިމެނޭ މީހުން އައިޑެންޓިފައި ކުރުމުގެ މަސައްކަތް ނިމުމުގެ ކުރިން ބައެއް މީހުން ވަނީ ފުރައިގެން ގޮސްފައި ކަމަށެވެ. އަދި އެމީހުން ހޯދުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް ފުލުހުން ވަނީ ވިިދާޅުވެފައެވެ.

މިދިޔަ ހޯމަ ދުވަހުގެ ނިޔަލަށް މި މައްސަލައިގައި ފުލުހުން ވަނީ 18 މީހެއްގެ ޕާސްޕޯޓު ހިފަހައްޓާފައެވެ. މި މައްސަލައިގައި ގާތްގަނޑަކަށް 41 މީހަކު ހިމެނޭ ކަމަށް ވެއެވެ.

ފުލުހުން އަންނަނީ އެއް ޖިންސުން ގުޅުން ހިންގި ވީޑިއޯތަކުގައި ހިމެނޭ މީހުން ދެނެގަނެ، ސަރުކާރުގެ އެކި މަގާމްތަކުގައި އުޅޭ ނަމަ މުއައްސަސާތަކަށް ތަހުގީގު ހިނގާކަން އަންގަމުންނެވެ.

މިހާތަނަށް މުދިމަކާއި، ގުރުއާނާއި ބެހޭ މަރުކަޒުގެ އިސްވެރިޔަކާއި، ސިފައިންގެ ބޭކަލަކާއި، ކަސްޓަމްސްގައި މަސައްކަތް ކުރާ ދެ އޮފިސަރެއްގެ އިތުރުން ޓީޗަރެއްވެސް ވަނީ ސަސްޕެންޑްކޮށްފައެވެ. އެ މީހުން ސަސްޕެންޑް ކޮށްފައިވަނީ ތަހުގީގަށް ލިބިފައިވާ ވީޑިއޯތަކުގެ އެނަލަސިސް ހެދުމަށް ފަހުގައި އެމީހުންނަށް އެފަދަ ތުހުމަތުތަކެއް ކުރެވޭތީ އެކަން ފުލުހުންގެ ފަރާތުން އެ އިދާރާތަކަށް ހިއްސާ ކުރުމުންނެވެ.

 

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. އަހުމަދު

    ފުލުހުން ތިބުނާ ވާހަކަވެސް އެންމެރަގަޅޫ!އައިޑެންޓީފައި ކުރަންޖެހޭނެ! ނަމަވެސް ފެންނަނީ ކުއްކުރާއިރުވެސް ފުލުހުން އަޅައިނުލާ ތިބޭތަން!ފަހުންބުނަނީ ތަހުގީގުކުރާ ވާހަކަ ދެކޮޅެއް ނުޖެހޭދޯ!

    13
  2. ޢ

    ޢަލި ވަހީދު ގެންނާނަމޭ ކިޔައިގެން ރައްޔިތުން މޮޔަ ހެއްދި....ކޮބާ މިހާރު ގެނެވިއްޖެތަ

    16
  3. ކޮބަޑި

    ސަރުކާރުން އެމީހުން ފިއްލުވާލީ ދެންކޯއްޗެއް ތިޔާކިޔަނީ.

    18
  4. ޅަބޭ

    ސުރުހީ ކަމަކުނުދޭ. ރަގަޅު ގޮތަކީ "މޯކުޅިކުޅުނު މައްސަލަ ބަލަނިކޮށް ރާއްޖެ އިން ފުރި މޯކުޅި ފުރޭތަތައް ހޯދަނީ"

    14
  5. ކާފަބޭ2020

    އިންޓަރޕޯލްމެދުވެރިކޮށްހޯދިމީހާފެނުނީ ރާއްޖޭގެހިމާޔަތުގައިހުރެ ހެކިބަސްދޭންހުއްޓާ ނަމަވެސް ނަމަވެސްނަމަވެސް....... އަދިވެސްނުފެނޭދޯހޯދާއެއްވެސްމީހަކު؟!

    13
  6. ދޯހަޅި

    ފުރުވާލަން ބޭނުންވާ ހުރިހާ އެންމެން ފުރުވާލާފަ ނޫނީ ތިޔަ ކުރާ ދިރާސާ ނިންމާ ނުލާތި، ޔުނީފޯރމް ލައިގެން ތިބެ ތިޔަ ކުރައްވާ އިޚްލާސްތެރި މަސައްކަތަށް ހަމަ ސާބަސް.

    17
  7. އަޙްމަދު

    "ކީރިތި ގުރުއާނާ ބެހޭ މަރުކަޒުގެ ސީނިއާ އެގްޒެކްޓިވް ޑިރެކްޓަރުގެ މަގާމުގައި ކުރިން ހުރި" އޭ ބުނީ ކީއްކުރަންބާވައޭ ހިތައްއަރާ !. ކީއްވެތަ ހަމައެކަނި ނަމާއި އެޑްރެސް ނުކީ؟

    10
    1
  8. ސަމްސިއްޔާ

    ދެން ކީއްކުރަން ހޯދަނީ؟ އެމީހުންނަށް އިނގޭދޯ ކީއްވެގެންކަން ވަޒީފާއިން ސަސްޕެންޑް ކުރީވެސް. ކީއްވް ޕާސްޕޯޓް ނުހިފެހެއްޓެންވީ؟ މިގައުމުގައި މިއޮންނަނީ ކުއްވެރިންނަށް މޮޅޮގޮތް.

  9. ނައިބް ތުއްތު

    މީ ޑުރަގަށްވުރެ ނުބައި ބައްޔެއް ... މިކަމުން ސަލާމަތްކުރަން ސެންޓަރު އަޅައި ފަރުވާދިނުމަށް ފެނޭ

  10. ނަސީރު..

    ކުކުޅު ދޮންބެއާއި ހާދަ ވައްތަރޭ.

  11. އަހްމަދު

    ތިޔަމީހުންވެސްހޯދަނީ އޮއިއްޓޭހޯދިގޮތައްތޯ؟ ރެޑްނޯޓިސްނެރެގެންވެސްނުފެނުނު އެކަމު ރައީސް ޔާމިންއާ ދެކޮޅައް ހެކިބަސްދޭން އެއްބަސްވީމަ ދިވެހިއެންބަސީގަ

  12. ަސދަސ

    އަލަމްގިރީގެ ވާހަކަ ކެފޭތަކުގައި ދެއްކީމާ ރުޅިއަންނަމީހުން އެބަ އިތުރުވޭ.
    މިއީވެސް ބަލަންޖެހޭކަމެއް.
    އެކަހަލަ ވާހަކަދެއްކީމަ އެދައްކަނީ ތިމަންނަގެ ވާހަކަހެން ހީވާކަމަށް ވަންޏާ އެއީވެސް ކުޑަމައްސައްލައެއްނޫން.

  13. ލަބީބާ12

    ނަޝީދު ބުނި އެތި އަތަށް ގޮވީ އެގޭތެރެއިން ފާޅުވީވެސް
    https://vaguthu.mv/news/171829

  14. ސަކެން12

    https://vaguthu.mv/news/171829 އަންނި ބުނިއެތި އެގެއިން ނުކުތީ

  15. ކަޅު ހުއްތު

    ޢެންމެ ފަހުން ހޯދަންޖެހި ބޮޑުކަރާ އިންގިރޭވިލާތުގަ ފުޓުބޯލަ ކޯޗުކަންކުރަނީ، އިންޓަޕޯލުގަވެސް އޭނަގެންނަން ޖެހީމޯ، އެނޯޓިސް ފެނުމު އިންސާނަކުނެތް. ދެންތީބީ އެސްއޯއެފްގެ މީހުން އެމީހުން ރާއްޖޭންބޭރުގަ އުފަލުގަތެޅިބާލަނީ ހަމައެކަނި އެންގުންވަނީ ރ.ޔާމިންއާއި ޮ. ދެކޮޅައް މިސަރުކާރުން ހެއްކެއްއުފައްދަންވީމަ. މިކަންތައްވެސް ނިމޭނީ ހަމައެގޮތައް.

  16. ހުސައިން

    އާތިފް ސަރ ގެ އަގުވައްޓާލަން ކުރާކަމެއް