އެމްޑީޕީއަކީ އަބަދު ބަދަލުތަކުގެ ތެރޭގައި ތިބޭ ބަޔަކަށް ވުމުގެ ބަދަލުގައި ބަދަލުތަކުގެ ފޮނި މީރުކަން ލިބިގަތުން ބުއްދިވެރީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދެވަނަ ދައުރެއް ދިނުން ކަމަށް އެޕާޓީގެ ޕާލަމެންޓް ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް ރޭ ވިދާޅުވެއްޖެއެވެ.

އަސްލަމް މިގޮތަށް ވިދާޅުވެފައި ވަނީ އެ ޕާޓީގެ ތެރޭގައި ބަރުލަމާނީ އަދި ރިޔާސީ ނިޒާމުގެ ބަހުސް ކުރިއަށްދާ ދަނޑިވަޅެއްގައެވެ. ބަރުލަމާނީ ނިޒާމު ގެނައުމަށް މަސައްކަތް ކުރައްވަމުން ގެންދަވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުއެވެ. ރައީސް އިބްރާހިމް މުހައްމަދު ސާލިިހް ވަނީ ނިޒާމު ބަދަލު ނުކޮށް 2023 ވަނަ އަހަރުގެ އިންތިހާބުގައި ވާދަކުރެއްވުމަށް ތައްޔާރަށް ހުންނެވިކަން ހާމަކޮށްފައެވެ.

އެމްޑީޕީގެ ކޮންގްރެސް ފެށުމަށް ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އަސްލަމް ވިދާޅުވީ، ރާއްޖޭގައި މިހާތަނަށް ގެނައި ދުސްތޫރީ ބަދަލުތަކުގެ ބޮޑު ބައެއް އެމްޑީޕީގެ ހިއްސާ އޮންނާނެ ކަމަށެވެ. އެގޮތުން ގާނޫނީ ނިޒާމުގެ ތެރޭގައިވާ 41 އިންސައްތަ ގާނޫނަކީ ހުދު އެޕާޓީން ގެނައި ގާނޫނުތައް ކަމަށާއި އޭގެ ތެރޭގައި ޓެކުހުގެ ނިޒާމާއި ލާމަރުކަޒީ ގާނޫނުވެސް ހިމެނޭކަން އަސްލަމް ފާހަގަކުރެއްވިއެވެ.

އަސްލަމް ވިދާޅުވި ބަދަލަކީ އެމްޑީޕީއަށް މުހިންމު އެއްޗެއްކަމަކު އަބަދު ބަަދަލުތަކުގެ ތެރޭގައި ތިބުމުގެ ބަދަލުގައި ބަދަލުތަކުގެ ފޮނި މީރުކަން ލިބިގަތުން މުހިންމު ކަމަށެވެ.

"އަޅުގަނޑުމެން ޕާޓީއަށް އެންމެ ރަނގަޅު ގޮތަކީ އަޅުގަނޑުމެން އަބަދުވެސް ބަދަލުތަކުގެ ތެރޭގަ ތިބުންތޯ ނުވަތަ އަޅުގަނޑުމެންނަށް ގެނެވިފައި މިވާ މުހިންމު ބަދަލު އޭގެ ފޮނި ނަތީޖާ ރައްޔިތުންނާ ހަމައަށް ފޯރުކޮށްދިނުމުގައި އަޅުގަނޑުމެން އެންމެން ގުޅިގެން އެކުގައި މަސައްކަތް ކުރަންވީހޭ, އެ ބޮޑު ސުވާލު," އަސްލަމް ވިދާޅުވިއެވެ.

އެ ސުވާލަށް ކޮންގްރެސްގެ ތެރެއިން ޖަވާބު ލިބިގެންދާނެކަން ފާހަގަކުރައްވާ އަސްލަމް ވިދާޅުވީ ހިޔާލު ތަފާތު ވުމަކީ އެކުގައި މަސައްކަތް ނުކުރެވޭނެ ސަބަބެއް ނޫން ކަމަށެވެ. އަސްލަމް ވަނީ ރައީސް ސާލިހަށް އާދައުރެއް ހޯދައިދިނުމަށް މަސައްކަތް ކުރުން މުހިންމުކަން ފާހަގަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. Anonymous

    އަމިއްލަ އެދުން ބޮޑު ކަމައް ފާހަގަ ކުރެވޭ، މިހެން މިބުނީ ކުރިން ހުރި މީހާ އައް އެ ފުރުސަތު ނުދީ ވާތީ. ކީއްކުރާނީ ދޯ އަންގަ އޮތިއްޔާ ތަޅުވާނެ.

  2. ލަވް

    އަސްލަމް ދުވަން ދޭބަލަ ކޮންފާޑަކަށް ތި އުޅެނީ!!

  3. Anonymous

    ޢަސްލަމޭ، ކަލޭ ހަމަހެއިގަ ހުރެގެންތަ ތިފަދަވާހަކައެއް ދައްކަނީ؟؟ ިއަދު ތި ވިދާޅުވަނީ "އަބަދު ބަދަލު ގެނައުމަށްވުރެ ރަނގަޅީ ހުރި ރައީސަށް ދެވަނަ ދައުރެއް ދިނުންކަމަށް" މިއަދު ތހެންބުނަނީ ހަގީގަތެއްނަމަ ފާއިތުވި ދައުރުގައި މިގައުމުގެ ވެރިކަންކުރި ރ ޔާމީން ދައުރަށް ،5އަހަރު ހަމަނުވަނީސްވެސް އެ ރައީސު ވައްޓާލަން ކަލޭމެން ލޮލަށް ނިދިނައިސް ހިބަރުވަދުގައި ޖެހިގެންހެން ތެޅި ފޮޅެމުންދިޔައީ، ރައްޔިތުން ޕްރަޝަރކުރަން ފެން ސިސްޓަމްވެސް ހަލާކުކުރި ބައިގަނޑު ތިޔައީ، ދެން މިއަދު ތިކިޔަނީ ކޮންލަވައެއްތަ؟؟

  4. ހުސެން.

    ބަދަލި، ބަދަލު، ބަދަލި، ބަދަލު،ބަދަލި، ބަދަލު، ހޯ ހޯ ވައްސަލާމް ލިވާތު ޕާރޓީ އަށް.

  5. Anonymous

    އިސްތިއުފާ.

  6. 2023

    2023ޔާން..އިންޝާﷲ..އާމީން

  7. އައްޑޫ ލެއި

    ތިހެން ދެވަނަ ފުރުސަތު އަސްލަމް އަށް ހިތަދޫ އުތުރު ދާއިރާއިން ކިތަށްފަހަރުތަ ދިނީ؟؟؟ ކޮންކަމެއްތަ ވީ؟؟؟