މި އަހަރު ނޮވެމްބަރުގައި ބާއްވަން ނިންމާފައި އޮތް ބާ އިމްތިހާނުގައި ބައިވެރިވާ ދަރިވަރުންނަށް ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ބާ ކައުންސިލުން ކުރި އިއުލާނެއްގައި ބުނެފައި ވަނީ މިދިޔަ ޖޫން މަހުގެ 25 ވަނަ ދުވަހު ބޭއްވުމަށް ތާވަލުކުރެވުނު އިމްތިހާނުގެ އެންމެހާ ކަންކަން ބާތިލުކުރެވިފައިވާތީ، ބާ އިމްތިޙާނުގައި ބައިވެރިވުމަށް އެދޭ އެންމެހާ ފަރާތްތަކުން އަލުން ރަޖިސްޓަރީވާންޖެހޭނެ ކަމަށެވެ.

އެ އިމްތިހާނުގެ ބައިވެރިނަށް ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށާއި އެ ފުރުސަތު ހަމަވާނީ އަންނަ ސެޕްޓެމްބަރު މަހުގެ 20 ވަނަ ދުވަހުގެ މެންދުރު 12:00 އަށް ކަމަށް އިއުލާނުގައި ބުނެފައި ވެއެވެ.

އިމްތިހާނުގެ ރަޖިސްޓްރޭޝަނަށް ބޭނުންވާ ލިޔެކިޔުންތަކަކީ

  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ކޮޕީ
  • ޕާސްޕޯޓު ސައިޒުގެ ފޮޓޯ
  • ގާނޫނީ ރޮނގުން ފުރިހަމަ ކޮށްފައިވާ ފުރަތަމަ ޑިގްރީގެ އެކްރެޑިޓެޑް ސެޓްފިކެޓްގެ
  • ކޯސް ފުރިހަމަ ކޮށްފައިވާކަން އެނގޭގޮތަށް އެ ކޯހެއް ފުރިހަމަކުރި މަރުކަޒަކުން ދޫކޮށްފައިވާ ލިޔުން
  • ޑިގްރީ ކޯހުގެ ޓްރާންސްކްރިޕްޓް

ބާ ކައުންސިލުން ބުނީ އިމްތިހާނުގެ ފީ އަކީ 6,500 ރުފިޔާ ކަމަށާއި އެއީ ނޮން-ރިފަންޑަބަލް ފީ އެއް ކަމަށެެވެ.

އިމްތިޙާނު އޮންނާނީ ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހުގައި ކަމަށް ވެސް އިއުލާނުގައި ބުނެފައި ވެއެފެ. އަދި އިމްތިޙާނު ހިނގާނީ 2 ސެޝަންއަކަށް ބަހާލައިގެން އެއް ދުވަހެއްގެ މަތިން ކަމަށް ކައުންސިލުން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މަޒް

    މިވެސް ދެން އަޖައިބެއް ކަހަލަ އިންތިހާބެއް ބާއްވާ ބައެއް. އަހަރަކު ދެކޮޅު އިންތިހާބު.. ފުކެއް ބޮޑު ވަރު

  2. ހުސެއިން

    ކީއްުކުރަން!؟ ތިޔަތަނުންދެނީ ފިރިގެނުންނާއެޅޭނޭނެ ގޮތުގެ އިންތިހާނުތައްކަން ރައްޔިތުންނަށް އެގިއްޖެ، ބާކައުންސިލުގަ އުޅެނީނީ މުޅިންވެސަ ފިރިހެންކުޅީގެ މީހުންކަން ރައްޔިތުންނަށް އެގިއްޖެ، ނާޒިމްގެ މައްސަލައިގަ ކަންތައްކުރިގޮތުން!