45 މޭލަށް ވައިގަދަވާނެ ކަަމަށް ލަފާކޮށް ރާއްޖޭގެ 14 އަތޮޅަކަށް ރީނދޫ ސަމާލު ނެރެފިއެވެ.

މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން ރާއްޖޭގެ މޫސުން ވަނީ ގޯސްވެފައެވެ. އަދި މި ހަފްތާގެ ނިޔަލަށް މޫސުން ގޯސްވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން މިއަދު މެންދުރު ފަހު ނެރުނު ރީނދޫ ސަމާލުގައި ބުނެފައި ވަނީ ހދ. އަތޮޅުން ފެށިގެން ފ. އަތޮޅާއި ދެމެދުގެ ރަށްތަކަށް ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހި، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެ ކަމަށެވެ.

އަދި ކަނޑުތައްް ގަދަވާނެ ކަމަށްވެސް ލަފާކޮށްފައި ވެއެވެ.

މި ސަމާލުގެ މުއްދަތު ހަމަވާނީ މިރޭ 21:30 އަށެވެ.