އަނެއްކާވެސް ދިވެހި ޒުވާނަކު ކުއްލި ގޮތަކަށް ނިޔާވެއްޖެއެވެ.

މައުލޫމާތު ލިބޭގޮތުގައި ދިވެހި ޒުވާން ފިރިހެނަކު ކުއްލި ގޮތަކަށް ނިޔާވެފައި ވަނީ މިރޭގެ ވަގުތެއްގައި ހުޅުމާލޭގައެވެ.

"ވަގުތު"އަށް މައުލޫމާތު ލިބިފައިވާގޮތުގައި އެ ޒުވާނާ ނިޔާވެފައި އޮއްވާ ފެނިފައި ވަނީ މިރޭގެ ވަގުތެއްގައި އޭނާ ދިރިއުޅޭ ގެއިންނެވެ.

އޭނާ ނިޔާވީ ކިހިނެއް ވެގެންކަން އަދި ސާފެއް ނުވެއެވެ.

އެ ޒުވާނާގެ ހަށިގަނޑު މިވަގުތު ހުޅުމާލެ ހޮސްޕިޓަލްގައި އޮތްއިރު، އޭނާގެ މަރާއި ގުޅޭ ރިޕޯޓް އަދި ނުލިބޭ ކަމަށް މައުލޫމާތު ލިބެއެވެ.

"ކުއްލި މަރެއް އެއީ، އަދި ރިޕޯޓެއް ނުލިބޭ މަރާއި ގުޅޭ"، މައުލޫމާތު އެނގޭ މީހަކު ކިޔާދިނެވެ.

މިރޭގެ ވަގުތެއްގައި ރާއްޖޭގައި ޒުވާން ފިރިހެނަކު ނިޔާވިއިރު، މިއީ ފާއިތުވި ތިން ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ރާއްޖޭގައި ކުއްލި ގޮތަކަށް ނިޔާވި ހަތަރު ވަނަ ޒުވާނާ އެވެ.

އެގޮތުން ދާދި ފަހުން ތ. އަތޮޅު ތިމަރަފުށީގައިވެސް ޒުވާނަކު ވަނީ ކުއްލި ގޮތަކަށް ނިޔާވެފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ވާނުވާ

    އަދިވެސް ތާކުން ގެންނަހާ ވެކްސިނެއް މަޖުބޫރުކޮށްގެން މީހުން ގަޔަށޤ ޖެހޭތޯ ބަލާތި

    45
    10
    • ކުޑޭ

      ވެކްސިންގެ ސައިޑް އެފެކްޓްގެ ސަބަބުން ކުއްލިމަރު ގިނަ ވެއްޖެ ކަމަށް ބޭރުގެ ސިއްހީ އެނަލިސްޓުން ބުނަމުންދަނިކޮށް ރާއްޖޭގައިވެސް ޒުވާނުން ކުއްލި މަރުން މަރުވީމާ ހައިރާނެއް ނުވޭ! އަދި 06 ވަނަ ޑޯޒުވެސް ޖަހާ މަޖުބޫރުކޮށްގެން

  2. ޟަޒް

    ޥޭޕް ކުރުން، ސިގްރެޓް، ސުޕާރީ..ކިއްލި... އެނަޖީ ޑުރިންކް.. ކަސްރަތު ނުކުރެވުން...

    39
    3
  3. Anonymous

    ވެކްސިންގެ ކަންތައް

    44
    8
  4. ރަބަރޭ

    މަޖުބޫރު ކޮށްގެން 5 ވަނަ ޑޯޒް 6 ވަނަ ޑޯޒް ވެސް ޖަހުވާތި ރަގަޅަށް ވެކުސިން ޖަހާ އިންސާނާ ޓެސްޓް ކުރެވިއްޖެ އެއްނުން

    20
    1
  5. ޙަސަނާ

    އައްޑޫގެޒުވާނަކުވެސް ވަނީ ހަމަ ރޭގަ ކުއްލިގޮތަކަށް ނިޔާވެފަ.

    19
    1
  6. ޏަމްޏަމް

    ވެކްސިން މަޖުބޫރު ކުރުވުމުގެ ހިތިނަތީޖާ

    23
    3