ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ އަލީ ޒައިދު ކައިވެނި ހަފުލާތަކަށް ހާއްސަ މަދަހަ އަލްބަމެއް ނެރުއްވަން ނިންމަވައިފިއެވެ.

ޒައިދު ވިދާޅުވީ "ކައިވެނި މަދަހަ" ގެ ނަން ދީފައިވާ މި އަލްބަމްގެ ހުރިހާ މަދަހައެއްގެ ރެކޯޑިން ވެސް މިހާރު ނިމިފައިވާ ކަމަށެވެ. އޭނަ ވިދާޅުވި ގޮތުގައި މި އަލްބަމްގައި ޖުމްލަ 16 މަދަހަ ހިމެނޭނެއެވެ.

މުޅިން އަމިއްލަ ރާގުގެ މަދަހަތައް ހިމެނޭ މި އަލްބަމުން ރާއްޖޭގެ އެކިއެކި ފަންނާނުންގެ އަޑު އިވިގެން ދާނެ ކަމަށް ވެސް ޒައިދު ވިދާޅުވިއެވެ.

ޒައިދު ވިދާޅުވި ގޮތުގައި ކައިވެނި ހަފުލާތަކަށް ހާއްސަ މަދަހަ އަލްބަމެއް ނެރުމަކީ އަބަދު ވެސް ހުވަފެނެކެވެ. މި ހުވަފެން ހަގީގަތަކަށް ހަދައި ދިން އެންމެންނަށް ޒައިދު ވަނީ ޝުކުރު އަދާކުރައްވައިފައެވެ.

"އަޅުގަނޑުގެ ވަރަށް ބޮޑު ތަސައްވުރެއް ކައިވެނި ހަފުލާތަކުގައި ޖަހަން ހާއްސަ ތާރަ ޖަހާފައިވާ އިސްލާމީ ހުދޫދުގެ ކައިވެނި މަދަހަ އަލްބަމެއް ނެރުން،" ޒައިދު ވިދާޅުވިއެވެ.

މިއީ ރާއްޖޭގެ ދީނީ އިލްމުވެރިޔަކު ނެރުއްވާ މިފަދަ ފުރަތަމަ އަލްބަމެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. އާތިކާ

    އަހަރެމެންނަކަށް ތިކަހަލަ އުފާވެރިކަމެއް ނުލިބޭ!! ކައިވެނީގެ ހަފްލާޔާ، ހުކުރު ދުވަހާ އުފާވެރިކަން އަހަރެން ދަންނަ އެއްޗެއް ނޫން!!

    4
    16
    • Anonymous

      ނޭގެ އެއްޗެހި ދަންނަމީހުން ކައިރީ އަހައި ގެން ދަސްކުރޭ. ދެން އެނގެން ބޭނުންނުވާ މީހުން އެއީ ވަކިކަމެއް

      16
      2
      • އާތިކާ

        އަހަރެން އިނގެން ބޭނުން!! އުފާވެރިކަންވެސް ބޭނުން!!އެކަމަކު ނަސީބުގަ ނެތް އެއްޗެއް ނުލިބޭނެ!! ނޭގޭނެ!!

        6
        2
        • އާތިކާކާ

          ކަލޭ ނަސީބުގަ ނެތްކަމެއް ކިހިނެތް އިނގޭނީ. އަމިއްލައަށް ކުރާ ކަންތައް ތީ

  2. ގާދިރު

    މީވާ ސައިންސް ވެރިއެއް

    6
    12
    • Anonymous

      ސައިސްވެރިއަކައްނުވިޔަސް ހެވޭ ކަލެއަށް ނޭގޭ ބައިވަރު އޭނާއަށް އެނގޭނެ ކަލޭ ތީ ބަދަލުގައިވެސް މިސްކިތެއް ގައި ނަމާދުކުރަންނޭގޭ ނަމުން މުސްލިމު ކަމުން މުނާފިގު ގާދިރެއް

      12
      7
  3. ގުދުގުދާ ބެއްޔާ

    އީސާގެފާނު ގެނެސްދިން އިސްލާމްދީން ވެސް ހަލާކުވެ ކުރިސްޓިއަން ދީނޭ ކިއީ އީސާގެ ފާނަށް ފަހު ދީނުގެ އިމާމުން ކަމުގައިވާ ރާހިބުން ދީން ބަދަލުކޮށް މާތްރަސްކަލާންގެ އަށް ދަރިކަލަކު ވާހަކަމަށް ބުނެ އެއަޤީދާ އެމީހުން ގަބޫލުކުރީމަ! އެކަން އެހެންވީ މިދެންނެވި ރާހިބުން ބުނާހާ ހުރިހާކަމެއް އެމީހުން ބުނިގޮތައް ކުރީމައި! އަހަރުމެންގެ ކާފައިން ބުނެ އުޅޭ ފަހުގެ ދަންނަ ބޭކަލުންގެ ބަހަށް ތަބާވާނެ ބަޔަކު އަންނާނޭ ފަހުޒަމާނުގައި، އެމީހުން ބަކައްޓަކަށް ހިމާރެކޭ ބުނިކަމުގައި ވިނަމަވެސް ގަބޫލު ކުރާނެ ބަޔަކު އަންނާނޭ!

    13
  4. ދިވެހި ޒުވާނުން

    ވަރަށް އަޑިން ކިޔާފަ ތިހުރީ ނުބައި ވަހުށީ ކަންކަމަށް ދެވިހިފާ މާނަ އެކުލެވޭ އައުގުރާނަ ކިޔާފަ. ތީތި މަދަހަކަށް ނުވޭ. އަލުން ވިސްނާ ތި ބަސްމަގާމެދު

    10
    1
  5. ޑައެލޯގް

    މިޒައިދުވަރުގެ ހަޔާތްކުޑަ ޝޭހަކުމަދުވާނެއެވެ. މީނައަކީ ސްކޫލަށް ކުދިންބަލާދާއިރު އެތަނުންދިމާވި ވަރަށް ބޮޑާމީހެކެވެ.

    9
    1
  6. ޔާމީން

    އިންތިހާބާއި ދިމާކޮށް އަދި މީނަ ނެރޭނެ ލަވަ އަލްބަމެއްވެސް..

  7. ސޭކު

    މި ގައުމުގައި ދީނަށް ދައުވަތުދީ ދީން ހިމާޔަތްކޮށް މުސްލިމުންގެ ޢަޤީދާއާއި އީމާންތެރިކަން ވަރުގަދަކޮށްދީ އިސްލާމްދީނަށާއި އިސްލާމީ ދައުލަތަކަށް މިއަދު މިވަނީ ވަރަށް ބޮޑަށް ދުރުވިސްނޭ ވިސްނުންތެރި ދީނީ ވަރުގަދަ ދެދުނިޔެއެނޭ ޢިލްމުވެރިޔަކަށް ބޭނުންވެފައި. މިމީސްމީހުން އެއްހޮރުން ވައިބާއާއި މީޑިޔާތަކުގައި މެސެޖެއްކޮށްލާފައި މިމީހުންގެ މާރީތިއަޑެއް ކޮންމެވެސް ޙަޔާތުގެ ކަމަކާއި ގުޅުވާ ނޫންނަ،މަ އަންހެންވަންތަ ކަމަކާ ގުޅުވާ މަދަޙަކިޔުމުގައި ގްރޫޕްހަދާލާފާ، މީ ޝޭޚުންބާ އަނެއްކާ؟ ނޫނީ އަންހެންކުދިން ނުވަތަ މީހުން ގެ ތަޢުރީފާ ސަނާ ކިޔުއްވަންވެގެން މީ ކޮންގަނޑެއް ގަންނަބައެއްދެން! މީ ކޮންފޮތަކުން މި ޝޭޚު ބަލާގެން ނެރެން އުޅޭ ފަތުވާއެއްބާ! ޔަހޫދީން ކުރާ ކަމެއްމީ! ކައިވެންޏާއި އެވެރިންގެ އެކިއެކި ބާތުޑޭޕާާޓީތަކަށް ލަވައެޅުން! އެކި އެކި އަޑުއަޑުން! 2023 ގައި ތި ނެރެންވާނެ! މަޤާމާ ފައިސާ ދީފައި އެމްޑީޕީން ޝޭޚު މެން މިތިބެނީ ރަނގަޅުޝަރުބަތެއް ބޯންދީފަައި ނިންދަވާފައިކަަމަށް ބޮޑަށް ލަފާކުރެވެނީ!

  8. ސިންދުބާދު

    މަދަޙަ އަކީ ނަބިއްޔާއަށް ތަޢުރީފުކޮށް ލިޔެފައި ހުންނަ ޅެމަށް ދިވެހިން ކިޔާ އެއްޗެއް. އަޑުން ފޮނުވާ މަދަޙަ ޕްރޮގްރާމަށް މަދަޙަ ސަނާއާއި ދުޢާ މި ނަން ކިޔަނީ ވެސް އޭގައި ފޮނުވާ ހުރިހާ ލަވައެއް މަދަހައަށް ނުވާތީ. ތިޔަ ނެރެނީ ކާވެނި ޕާޓީ ލަވައޭ ނުބުނީ ކީއްވެ؟ ލަވައޭ ބުނެފިެއްޔާ ހަރާމް ވަނީތަ؟