ރާއްޖޭގެ އުތުރާއި މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް ވައިބާރުވެ، ކަނޑުތައް ވަރަށް ގަދަވުމާއެކު, ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް)އިން ރީނދޫ ސަމާލު ނެރެފިއެެވެ.

ފާއިތުވެދިޔަ ދެތިން ދުވަހު ރާއްޖޭގެ އެކި ހިސާބުތަަކަށް ވަނީ މޫސުން ގޯސްވެފައެވެ. އަދި މޫސުން ގޯސްވެ ބައެއް ހިސާބުތަކަށް މި ދުވަސްތަކުގައި ސަމާލުވެސް ނެރެފައި ވެއެވެ.

މިއަދު މެންދުރު މެޓް އޮފީހުން ނެރުނު ރީނދޫ ސަމާލުގައި ވަނީ، ހއ. އަތޮޅުން ފެށިގެން އދ. އަތޮޅާއި ދެމެދުގައި ހިމެނޭ ރަށްތަކަށް ގަޑިއަކު 25 މޭލާއި 30 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވާނެ ކަަމަށް ލަފާކޮށްފައެވެ.

އަދި ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާކޮށްފައި ވެއެވެ.

މި ސަމާލުގެ މުއްދަތު ހަމަވާނެ ކަމަށް ބުނެފައި ވަނީ އިރުއޮއްސި 6:00 އަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ބު ރިގާ ޑިއަރސް

    ވައިބަރ އަށް ބާރު ވާނެ ދާ ދޯ! މުޅި ގައުމު މި ހިންގަނީ ވައިބަރ އިން

  2. ޝަޒީމާ ސޯލިހު / މަނަދޫ

    ކަލޯ ކީކޭތަ ތިޔާ ގޮއްވަނީ، އޭގައި އެއޮތޫ ވައި ބާރު ވާ ވާހަކަ... ވައިބަރ އެކޭ ނޫން... ގަމަރު ވިޔަސް ބޮޑުވަރު ދެން....

  3. މޫންޓީ ސޯލިހު / މަނަދޫ ކައުންސިލަރ

    ވައިބަރ މިއަދު ވަރަށް މައްސަލަ ބޮޑު... ކަނެކުޓިންގ އަރައަރާ އިންނަނޫ