ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އަލްމަގީރް އާއި އެކީ އެއްޖިންސުން ގުޅުން ހިންގި މީހުންގެ ވީޑިއޯ ބޭނުން ކޮށްގެން ބެލްކްމެއިލް ކުރި މައްސަލައިގައި ހައްޔަރު ކުރި މީހުން ދޫކޮށްލާފައި ނުވާ ކަން ފުލުހުން ކަށަވަރުކޮށްދީފިއެވެ.

އެއް ޖިންސުން ގުޅުން ހިންގާ މަންޒަރު ރެކޯޑްކޮށް، އެ ވީޑިއޯތައް ލީކު ކޮށްލާނެކަމަށް ބުނެ ބިރުދައްކައި، ބުލެކްމެއިލްކޮށްގެން ބޮޑެތި އަދަދުތަކުން ފައިސާ ދިނުމަށް ޑިމާންޑް ކުރި މައްސަލައިގައި ފަސް މީހަކު ހައްޔަރު ކުރިއެވެ.

އޭގެ ތެރެއިން ދެ މީހަކު ދޫކޮށްލާފައިވާ ކަަމަށް ފުލުހުން ކުރިން ވަނީ ވިދާޅުވެފައެވެ.

މިމައްސަލައާއި ގުޅިގެން ދެން ހައްޔަރުކޮށް ބަންދު ކޮށްފައި ވަނީ ބ. ދަރަވަންދޫ، އަކިރި، ޙަމްދޫން ޢަބްދުﷲ (37އ) އާއި ބ. ދަރަވަންދޫ، ހީމަ، މުޙައްމަދު މިހާދު މުޞްޠަފާ (24އ) އަދި ށ. ފުނަދޫ، ސީސްޓަރ، މައުމޫން މޫސާ (41އ) އެވެ.

އެމީހުންގެ ތެރެއިން ހަމްދޫން އާއި މިހާދު މި މަހުގެ 18 ވަނަ ދުވަހު ހައްޔަރުކޮށް ހަމްދޫންގެ ބަންދަށް 15 ދުވަސް ވަނީ ޖަހާފައެވެ. އަދި މިހާދުގެ ބަންދަށް ހަތް ދުވަސް ވަނީ ޖަހާފައެވެ. މައުމޫން 20 ވަނަ ދުވަހު ހައްޔަރު ކުރިއިރު، އޭނާގެ ބަންދަށް 10 ދުވަސް ވަނީ ޖަހާފައެވެ.

އޮފިޝަލް ވިދާޅުވީ، މިހާދުގެ ބަންދަށް ޖެހި ހަތް ދުވަސް ހަމަވުމުން އިތުރު ހަތް ދުވަސް އޭނާގެ ބަންދަށް ޖަހާފައިވާ ކަމަށެވެ.

"ތިން މީހުންވެސް ތިބީ ފުލުހުންގެ ބަންދުގައި". އޮފިޝަލް ވިދާޅުވިއެވެ.

މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ކަކުނިބޯ

    ޢެމީހުން ދޫކުރާހިތްވަރު ޑިފެންސް މިނިސްޓަރ ގަޔަކު ނުހުންނާނެ އަދި ލިވާތުކުރާމީހުމް ދޫކުރާހިތްވަރު ހުންނާނެ މުޅި ދައުލަތުގައި

  2. ފިނިޝް

    ﷲ ހަރާން ކުރެއްވެ ބޮޑު ފާފައެއް ކުތި މީހުން ސަލާމަތްވެ އެކުށުގެ ވަށައިގެން ކަން ކަން ކުރި ބަޔަކަށް ހުރިހާ އަދަބެއް.

  3. އަތީ

    40 ވޑއ އަށް ހުކުމް ކުރީ ، ފުލުހުން ބުނީ 38 މީހުނޭ.. 2 ވޑއ އިތުރުވޭ އެބަ..އެ ކޮންބައެއްތަ؟