ޅ. ހިންނަވަރުގައި ފުޓްބޯޅަ ކުޅެން ހުރި ޒުވާން ފިރިހެނަކު ކުއްލި ގޮތަަކަށް ނިޔާވެއްޖެއެވެ.

ނިޔާވެފައި ވަނީ އެރަށު ޒުވާނެއް ކަމަށްވާ އަބްދުﷲ މުބްތަދާ އެވެ.

އޭނާ ނިޔާވެފައި ވަނީ، ރަށުގައި މިއަދު ހަވީރު ހިންނަވަރު ސްކޫލްގެ ފުޓްސަލް ދަނޑުގައި ކުރިއަށްދިޔަ ހިންނަވަރު ޕޮލިސް އާއި ފެލިވަރު މެޗް ތެރެއިންނެވެ. މުބްތަދާ ކުޅެނީ ފެލިވަރު ޓީމަށެވެ.

އެރަށުން ވާހަކަދެއްކި މީހަކު ބުނީ، އެ ޒުވާނާ ނިޔާވީ ކުޅެން ހުއްޓާ ކުއްލިއަކަށް ކަަމަށެވެ. އަދި އޭނާ ނިޔާވީ ހާފް ޓައިމްގައި ކަމަށް އެރަށުން ވާހަކަ ދެއްކި މީހާ ބުންޏެވެ.

"ފުޓްސެލް މެޗެއް ކުރިއަށް ދަނިކޮށް، ހާފް ޓައިމްގައި ބެންޗްގައި އިންދާ ކުއްލިއަކަށް އޭނާ ހުއްޓުނީ، ބޮޑަށް ހީވަނީ ހާޓް އެޓޭކެއް ޖެހުނީހެން". އެރަށުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

މިހާރު އޭނާގެ ހަށިގަނޑު އޮތީ އެރަށު ހިނަވާ ގޭގައެވެ.

އެރަށުގައި ލޯޑް ސްޕީކަރުން މިހާރު ދަނީ އެ ޒުވާނާ ނިޔާވިކަން އަންގަމުންނެވެ. އެގޮތުން އޭނާގެ ކަށުނަމާދު މިރޭ 10:00 ޖަހާއިރު އެރަށުގައި އޮންނާނެ ކަމަށްވެސް ދަނީ އަންގަމުންނެވެ.

މިއަދު ހަވީރު ޒުވާނަކު ކުއްލި ގޮތަކަށް ނިޔާވިިއިރު، ރޭގެ ވަގުތެއްގައި މާފުށި ޖަލުގައި ޑިއުޓީގައި ހުރި ޒުވާން ފިރިހެނަކުވެސް ވަނީ ކުއްލި ގޮތަކަށް ނިޔާވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ޝަޒީމާ ސޯލިހު / މަނަދޫ

    ކޮވި ސީލްޑް ޖެހި އިންޑިޔާގެ ގިނަ ޒުވާނުންވެސް ކުއްލިއަކަށް މަރުވާ ކަމަށް އެބައޮވޭ ނޫސްތަކުގައި..
    ގަނޑިޔަ ގަނޑިޔަ ފައިޒަރ ޖެހި މީހުން މަރެއް ނުވޭ...
    މިހާތަނަށް 2000 މީހުން މިގޮތައް މަރުގަޔޯ ސާއްލާ ހޯގަޔާ ބިލްކުލް ނެހީ

    21
    6
  2. މޫންޓީ ސޯލިހު / މަނަދޫ ކައުންސިލަރ

    އެހޮރު ކޮވިށީލްޑް ޖެހިތަ ކޮވިސީލްޑް؟
    އަޅައަޅަ ގަނޑިޔަ ގަނޑިޔަ
    ވަރަށް ހިތާމަވެރި ކަބަރޭ
    މަރްމޫހާއާ ސުވަރުގޭގެ ނިއުމާ ދެވާށި އާމީނ

    14
    2
  3. ބަދު ދުއާ

    ބަޔަކު ރުއްސަން އޮޅުވާލައި ފުރައްސާރަކޮށް ބިރުދައްކައިގެން ރައްޔިތުން ގަޔަށް ވިހަ އިންޖެކްސަން ޖެހުވި މީހުންނަށް ލައުނަތް ހުރި.

    54
    4
  4. ވިކިލީކްސް

    24 ގަޑިއިރުގެ ތެރޭގައި 2 ވަނަ ކުއްލި މަރު. ބޮޑެތި ސުވާލުތަކެއް. ވެކްސިންގެ މައްސަލަތޯ؟ ޔަގީންކަމެއް ނެތް ވެކްސިނެއް ކަމަށް ބަޔަކު ގޮވަގޮވާ ތިއްބާ ސަރުކާރުން މިވެކްސިން ޓެސްޓުކުރީ ކީއްވެތޯ؟

    45
    1
  5. ީިިިިިިިޮިިބަލާވެރި ވެރިކަން

    ކޮބާހޭ ގައުމުގެ އިބުރާހިމު. މި ވަރަަށް ކުއްލި މަރުތައް ގިނަވީމަ އެމް ޑީ ޕީ ބައިގަނޑު މުޒާހަރާ އަށް ނުނިކުންނަންތަ. މި ވެރިކަމެއް އައި ފަހުން މިނޫން އެއްޗެއް ކަންފަތަކަށް ނީވޭ

    43
    1
  6. ޢަބްދުﷲ

    ކުރިން އަހަންނަށް ވިއްސަކަށް މިނެޓް ކޮންޓިނިއުސްކޮށް ދުވެލެވޭ. ކޮވިޑް ވެކްސިން ޖެހިފަހުން މިހާރު 5 މިނެޓަށްވެސް ހިފަހައްޓާނުލެވޭ

  7. ނުރަބޯ

    انا للله وانا اليه راجعون

  8. ނާތެދު

    ޤައުމު ދެކެ ލޯބިވާ އިއްޒެތްތެރިން ކޮބައިތޯ؟ މިކަމަށް ސަރވޭ އެއް ހަދާނެ ބަޔަކުވެސް ނެތީތޯ؟ ކެއުމުގައި އަވަދި ނެތި އުޅެނީތޯ؟ އަޅުގަނޑު މެން އެންމެން ނުބަަައި ރޭވުންތަކުން ސަލާމަތް ކުރައްވާށި! އާމީން

    7
    1
  9. ދަރަނި ދަންތުރަ

    މުސީބާތުގެ ވެރިކަމެއް މިއީ ، މަރުތަކުގެ ހަގީގަތް ހޯދައި ދޭނަމޭ ކިޔާފައި ، ކުއްލި މަރު ގޮތްނޭގޭ މަރުތައް ހެސްކިޔާފަ ކިނަވީ ސޯލިބޭ އިސްތިއުފާ

    5
    1
  10. Anonymous

    ވެކްސިްން ޖެހިޔަސް ނުޖެހިޔަސް ﷲ ގެ އަމުރުފުޅު އައުމުން ލަސްކުރާކަށް ތަންވަޅެއް ނުލިބޭނެ. މިގޮތަށް އަޤީދާ ސީދާކުރައްވާ. މި ދުނިޔޭގައި ހިނގާ ހުރިހާ ކަމަކީ އެކަލާނގެ އަމުރުފުޅު ދަށުގައި ވާ ކަންތައްތައް. ވަގުތުގައި ކޮމެންޓުކުރައްވާ ރޯނުއެދުރު ބޭބޭކަލުން ފުރަތަމަ ﷲގެ އެއްކައުވަންތަކަމާއި ދީނުގެ އަޤީދާ އުނގެނިވަޑައިގަތުމަށް ގޮވާލަން.

    "މަރުގެ ޤާނޫނު ތަންދޭނެހޭ ލަސްކުރަން
    މަރުމަތިން ހެޔޮނުވާނޭ ހަނދާންނެތިކުރަން"

    8
    4
  11. Anonymous

    މަރަކީ ވެކްސިން ކުރާ ކަމެއްް ނޫން. އެއީ ﷲ އުފެއްދެވި އެއްޗެއް. މަރުގަންނަވަނީ އެކަލާނގެ. މިއީ މުސްލިމުންގެ އަޤީދާ. އެކަލާނގެ އަމުރުފުޅު އައުމުން ލަހެއް ފަހެއް ނެތި މަރުވާނެ. އެއްވެސް މީހަކަށް މަރާއި މިވެނިކަމަކާއި އަޅުވައެއް ނުކިޔޭނެ. ކޮންމެ ފަދަ ހާލަތަކުން މަރުވާ މީހާވެސް އެ މަރުވަނީ ﷲ އޭނާގެ އަޖަލުގައި ލައްވާފައިވާ ވަގުތައް ދުނިޔޭގައި އުޅުމަށް ފަހު އެކަލާނގެ އެމީހާގެ އަޖަލުގައިވާ ވަގުތަށް. އެ އަމުރުފުޅު އައުމުން. މަރުން ސަލާމަތްވެވޭނަމަ އިހަށް ދުވަހު އެއޮއް ހުރިހާ އެންމެން ގޮވައިގެން ރަނިކަންކުރަމުން ދިޔަ ރަނާއި ރިހީގެ ގަނޑުވަރުތަކުގައި އުޅުއްވި މުއްސަނދި ރާނީ އެލިޒަބަތައް ވެސް މަރުން ސަލާމަތް ނުވެވުނު.

    އެހެންވީމާ އިއްޔެ ޚުތުބާގައި ދެއްކި ވާހަކަވެސް ކިރިޔާ ހަނދާން ހުންނަ މީހަކު މަރަކީ ވެކްސިން ކުރާ ކަމަކަށް ނުނިންމާނެ. އެހެންހެދީމާ ވާގޮތަކީ ﷲ އަށް އެކަނި އޮތް ބާރެއް އެހެން އެއްޗަކަށް އަނބުރާދެވި އެކަލާނގެއާއި ޝަރީކުކުރެވުނީ.
    ވަގުތުގައި ކޮމެންޓުކުރާ ރޯނުއެދުރުންގެ ކޮމެންޓުތައް ނުޖެހުމަަކީ ދިވެހި ޤައުމިއްޔަތައްޓަކާ ވަގުތު ނޫހުން ކުރުން ވާޖިބު ކަމެއް.

    7
    5
  12. ދިރާސާ

    އިންސާނަކު މަރު އައިސް ޖެހުނީމަ މަރުވާނެކަން އަހަރުމެން އެންމެންވެސް ގަބޫލު ކުރަންޖެހޭ.. ހަމަ އެގޮތަށް ސައިންސްގެ އަލީ ގައި ހޯދިފައިވާ ހޯދުންތަކުން އެނގޭގޮތުގައި ހަށިގަނޑުގެ ކޮންމެވެސް ގުނަވަނަކަށް ، ނުވަތަ ކޮންމެވެސް ދިމާލަކަށް ސިއްޙީ މައްސަލައެއް ދިމާވެގެން އެހާ ކުއްލިޔަކަށް ދާނީ..

    4
    1
  13. Anonymous

    ތިޔަ ދިރާސާގައި ބުނާ ސިއްހީ މައްސަލަ ޖައްސަނީ ސައިންސްތޯ ނުވަތަ ﷲ ތޯ. ސައިންސް ކަމަށް ނިންމައިފިނަމަ ބޭފުޅާއަށް ތިޔަކުރެވުނީ ޝިރުކު. ބަލަގަ ބަލިޖައްސަވާ ފަރާތަކީ ﷲ އޭ.